Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނާއި ނަރުދަމާ އިސްލާހުގެ ބިލްގެ ބަހުސް

މިދައުރު ނިމޭއިރު މިސަރަހައްދުގައި ރާއްޖެފިޔަވައި ފެނާއި ނަރުދަމާގެ ނިޒާމު ހުރިހާ ގެޔަކަށް ގުޅާލެވިފައިވާ ގައުމެއް ނޯންނާނެ: ސަލީމު

ދިވެހިރާއްޖެއަަކީ މިސަރަހައްދުގައި ފެނާއި ނަރުދަމާއަށް ޚާއްސަކޮށް ގާނޫނެއް އެކުލަވައިލި ފުރަތަމަ ގައުމު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2022 | ހޯމަ 12:22
ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް

ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް

މިރިޔާސީ ދައުރު ނިމޭއިރު ދެކުނު އޭޝިޔާ ސަރަހައްދުގައި ހުރިހާ ގެޔަކަށް ޒަމާނީ ފެންވަރުގެ ތަހުޒީބީ މުޖުތަމައެއްގައި ބޭނުންކުރާ ފަދަ ފެނާއި ނަރުދަމާ ނިޒާމު ގޭގެއަށް ގުޅާދެވިފައިވާ ގައުމެއް ރާއްޖެ ފިޔަވައި ނޯންނާނެކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެނާއި ނަރުދަމާގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ވާހަކަދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖެއަަކީ މިސަރަހައްދުގައި ފެނާއި ނަރުދަމާއަށް ޚާއްސަކޮށް ގާނޫނެއް އެކުލަވައިލި ފުރަތަމަ ގައުމުކަމަށެވެ. ރާއްޖޭގައި ފެނާއި ނަރުދަމާގެ ގާނޫނެއް އެކުލަވާލާ އެގާނޫނަށް އަމަލުކުރަން ފަށާފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2020 ވަނަ އަހަރުއެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ އެގާނޫނުގެ ދަށުން ރައްޔިތުންނަށް ލުއިތަކެއް ލިބިގެން ހިނގައްޖެކަމަށެވެ.

މީގެއިތުރުން ސަލީމް ވިދާޅުވީ ފެނާއި ނަރުދަމާގެ ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކަމަށެވެ. އެއީ ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެ ޒަމާނީ ފެންވަރަކަށް ދިނުމާ އަދި ކޮންމެ ގެޔަކަށް ކަނެކްޝަން ގުޅައިދިނުންކަމަށެވެ. އެކަމަށް ވައުދުވި ސަރުކާރެއް މީގެކުރިން ފެނިފައި ނުވާކަމަށް ސަލީމް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ހުށަހެޅުއްވި ބިލުގައިވެސް ވިސްނަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމު ވިދާޅުވީ ތަފްސީލުކޮށް މި އިސްލާހުގައި ހުރި ކަންކަމަށް ބަލާނަމަ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ. އެގޮތުން ގާނޫނުގެ 8 ވަނަ މާއްދާގެ މ އާއި ޔ އަށް ހުށަހަޅާފައިވާ އިސްލާހުން ހާސިލުވާ ނަތީޖާއެއް ނުފެންނަކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު ގާނޫނުގައި އޮންނަ ކޮންމެ އަހަރަކު ފެށޭއިރު ޚިދުމަތްދޭ ފަރާތުން ކުރިޔަށް އޮތް އަހަރު ޚިދުމަތްދޭނެ ގޮތުގެ ޕްލޭނެއް ޔުޓިލިޓީ ރެގިއުލޭޓަރީ އަށް ހުށަހަޅަން ޖެހޭގޮތަށް އޮންނައޮތުން ، މިހާރުގެ އިސްލާހުގައި ފަސް އަހަރުން އެކަންކުރަންޖެހޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއްކަމަށް ވިދާޅުވިއެވެ.

މިއީ ފެނާއި ނަރުދަމާގެ ގާނޫނު ތަންފީޒުކުރުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔުޓިލިޓި ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލެކެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު