Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނާއި ނަރުދަމާގެ ގާނޫނުގެ އިސްލާހު

ފެނާއި ނަރުދަމާގެ ކަންކަމުގައި ދިމާވާ އިދާރީ ދަތިތައް ހައްލުކުރުމަށް ހުށަހެޅި ބިލްގެ ބަހުސް ފަށައިފި

ބިލްގައި ބޮޑަށް ހިމެނެނީ ޚިދުމަތް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުމަށް ގެންނަ އިސްލާހުތަކާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ގެންނަންޖެހޭ އިސްލާހުތައް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2022 | ހޯމަ 05:18
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު އަބްދުއްލަތީފު

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު އަބްދުއްލަތީފު

ފެނާއި ނަރުދަމާގެ ގާނޫނު ތަންފީޒުކުރުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔުޓިލިޓި ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ފެނާއި ނަރުދަމާގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ހުށަހަޅާ އެބިލުގެ ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ބިލް ހުށަހަޅުއްވަމުން ޔާސިރު ވިދާޅުވީ ފެނާއި ނަރުދަމާއަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅުމަށް އެމްޑީޕީން ކުރަމުންދިޔަ މަސައްކަތުގެ ދަށުން އެކަން މިއަދު ހާސިލުކުރެވިފައިވާކަމަށެވެ. 2020 ވަނަ އަހަރު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފެނާއި ނަރުދަމާގެ ގާނޫނަށް އެކުލަވާލާ މިއަސާސީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅިގެން ދިޔަކަމަށެވެ.

ޔާސިރު ވިދާޅުވީ އަސާސީ ހައްގުތައް ހޯދައިދިނުމަށް އެމްޑީޕީން ބުރަ މަސައްކަތެއްކުރަމުންދާއިރު މިހާތަނަށް އެމްޑީޕީން ވެރިކަމަށް އައި ދެ ފަހަރުވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ޔާސިރު ވިދާޅުވީ މިއިސްލާހުތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދިނުމުގައި އިތުރަށް ޚަރުދަނާވެގެންދާނެ ކަމަށެވެ. މިބިލްގައި ބޮޑަށް ހިމެނެނީ ޚިދުމަތް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުމަށް ގެންނަ އިސްލާހުތަކާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ގެންނަންޖެހޭ އިސްލާހުތައްކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި ޕްލޭންތައް ކަނޑައެޅުމާއި މިބިލްގައި ކަނޑައަަޅާފައިވާ ކަންކަމަށް ތަބާނުވާ ފަރާތްތަކަށް ދޭނެ އަދަބުތައް ކަނޑައެޅިފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.

ބިލަށް ގެނެސްފައިވާ އިސްލާހުތަކަށް ބަލާލާއިރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓްކޮށް ސެޓިފައިކުރާނެ ގަވާއިދުތައް އެކުލަވާލަންޖެހެއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ކޮންމެ ފަރާތަކުންވެސް ފެނާއި ނަރުދަމާގެ ގައުމީ ސިޔާސަތާ އެއްގޮތުގެ މަތިން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ކަނޑައަޅާ 5 އަހަރު ދުވަހުގެ މުއްދަތަކަށް ޕްލޭނެއް އެކުލަވާލައި މިނިސްޓްރީ އަށާއި އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ. އަދި ކޮންމެ 5 އަހަރަކުން މިޕްލޭން މުރާޖާކުރަމުން ގެންދަންޖެހެއެވެ.

އިޔާދަކުރަނިވި ހަކަތައާއި ބެހޭގޮތުން އިސްލާހުގައި ބުނެފައިވަނީ ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ގްރިޑް ސެޓެބިލިޓީއަށް ބުރުއަރާނެ އެންމެ މަތީ މިންވަރަކަށް އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަކަމުގައި ހަދަންވާނެއެވެ.

އަދި ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް އެއްވެސް އަމަލެއްކޮށްފިނަމަ އެކަން ކުރި ފަރާތެއް އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރަންވާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު