Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސާލިހު އޮޅުވެލިފުއްޓަށް ވަޑައިގެންނެވުން

ކުރިއަށް އޮތް ތަނުގައި އޮޅުވެލިފުށީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ: ރައީސް

ރައީސް ވަނީ އެ ރަށު ރައްޔިތުން ބޭނުންވާ ކަންކަން ސާފުކުރައްވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 ފެބުރުއަރީ 2022 | އާދީއްތަ 08:35
ރައީސުލްޖުމްހޫރިއްޔާ އޮޅުވެލިފުއްޓަށް ވަޑައިގެންނެވުން

ރައީސުލްޖުމްހޫރިއްޔާ އޮޅުވެލިފުއްޓަށް ވަޑައިގެންނެވުން

ޅ. އޮޅުވެލިފުށީގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އޮޅުވެލިފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ބައްދަލުކުރައްވައި ރައީސް ސާލިހު ވަނީ އެރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އެގޮތުން ބަނދަރުގެ ޖާގައިގެ ދަތިކަމާއި ހެލްތު ސެންޓަރުގެ ޚިދުމަތް ރަނގަޅުކޮށް ލެބޯޓްރީގެ ޚިދުމަތް ބޭނުންވާކަމާއި، ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި ގޯތި ދޫކުރާނެ ބިންނެތުމުގެ މައްސަލައާއި ކައުންސިލު އިމާރާތުގެ ޖާގައިގެ ދަތިކަން އަދި އޭޓީއެމްގެ ޚިދުމަތާއި އަދި އެ ނޫންވެސް ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޮޅުވެލިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމެޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އައު އިމާރާތެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު އޮޅުވެލިފުށީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ އިތުރު ތަފްސީލުތައް ހާމަކުރައްވާފައެވެ. އެގޮތުން މިހާރު ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމާއި، ފުޓްބޯޅަ ދަނޑުގައި ޓާފްއަޅައި ނިމިފައިވާކަމަށާއި، ދަނޑު ފުރިހަމަކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަންވެސް ސަރުކާރުން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު އޮތް ބަނދަރު ބޭރަށް ޖައްސައި އައު ބަނދަރެއް ހެދުމަށް ކައުންސިލުން އެދިލެއްވި ކަމަށާއި އެކަމުގައި ކުރަންޖެހޭ ޓެކްނިކަލް ސާރވޭތައް ކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ކައުންސިލާއި ހިއްސާކުރައްވާ، އެ މަޝްރޫޢު ކުރިޔަށްގެންދަވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޮޅުވެލިފުށީގައި މިހާރުވެސް 80 ކިލޯވޮޓްގެ ސޯލާ ޕެނަލް ގާއިމުކޮށްފައިވާކަމަށާއި ސަރުކާރުގެ އަމާޒަކީ މުޅި ރަށުގެ ކަރަންޓް ސޯލާއަށް ބަދަލުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސްކޫލްގައި މިހާރު ގާއިމުކުރަން ހަމަޖެހިފައި އޮތް 8 ކްލާސްރޫމްގެ ބަދަލުގައި ދެން ކުރިޔަށްގެންދާނީ 10 ކްލާސްރޫމަށް ބަދަލުކޮށްގެންކަމަށާއި އޭގެ ބޭނުމަކީ ސްކޫލުގެ ކިޔެވުން ސިންގަލް ސެޝަނަށް ބަދަލުކުރެވޭގޮތް ހެދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތާއެކު އެ މަރުކަޒުގައި ރައްޔިތުންނަށް ބޭނުންވާ އިތުރު ޚިދުމަތްތައް ވެސް ތައާރަފު ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުގެ ބައްދަލުވުމުގައި އެދުނު ފަދައިން އެރަށުގައި ޖިމެއް ގާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މުސްތަގުބަލުގައި ފާދިއްޕޮޅުގެ ތަރައްގީވެގެންދާނެ ސަރަހައްދަކީ އޮޅުވެލިފުށި ހިމެނޭ ސަރަޙައްދުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ އެގޮތަށް އަމާޒުހިފައިގެންކަމާއި އެގޮތުން ބޭނުންވާ ވަސީލަތްތައްވެސް އެސަރަޙައްދުގައި ގާއިމުކޮށްދެއްވަމުން ގެންދަވާނެކަމުގައެވެ. ރައްޔިތުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ތެރެއިން ހުށަހެޅި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވަނީ ޖަވާބުދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އޮޅުވެލިފުށްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އޮޅުވެލިފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލުގެ ހާލަތު ބައްލަވާލައްވައި ސްކޫލަށް އެންމެ ދަތިވާކަންކަމާގުޅޭގޮތުން ސްކޫލްގެ އިސްވެރިންގެ ފަރާތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ދަތުރުފުޅުގައި އޮޅުވެލިފުށީ ސިއްހީ މަރުކަޒަށްވެސް ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ އެތަނުގެ ހާލަތު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އޮޅުވެލިފުށީގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްކަމުގައިވާ ކުރެންދޫއަށް މިއަދު ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޅ.އޮޅުވެލިފުށި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބަހާނީ ރައްޔިތުންނަށް ބޭނުންވާ އެހީގެ ގޮތުގައި: މުއިއްޒު

27 އޮކްޓޯބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބަހާނީ ރައްޔިތުންނަށް ބޭނުންވާ އެހީގެ ގޮތުގައި: މުއިއްޒު
27 އޮކްޓޯބަރު 2025

އެއްވެސް ވައުދެއް ނުފުއްދާ، ބާކީ ހުރި ވައުދުތައް ވެސް އަންނަ އަހަރުގެ ބަޖެޓު ގައި ހިމަނައިގެން ފުއްދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އެއްވެސް ވައުދެއް ނުފުއްދާ، ބާކީ ހުރި ވައުދުތައް ވެސް އަންނަ އަހަރުގެ ބަޖެޓު ގައި ހިމަނައިގެން ފުއްދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
31 އޯގަސްޓު 2023

އޮޅުވެލިފުށީގެ ބިން ހިއްކުމާއި ބޯހިޔާވަހިކަން އަދި ޕިކްނިކް އައިލެންޑެއްގެ ވައުދު

31 އޯގަސްޓު 2023
އޮޅުވެލިފުށީގެ ބިން ހިއްކުމާއި ބޯހިޔާވަހިކަން އަދި ޕިކްނިކް އައިލެންޑެއްގެ ވައުދު
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު