Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީގެ މަޝްރޫއުތައް

ކޮވިޑާއެކު ބައެއް މަޝްރޫއުތައް ލަސްކޮށް، އިސްފަސްކުރަން ޖެހުނު – ރައީސް

ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ޑައިލިސިސް ހެދޭނެގޮތް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2022 | ހޮނިހިރު 18:37
ނައިފަރު 100 ހައުސިންގ ޔުނިޓް ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު ހައުސިންގ ޔުނިޓްތައް ބައްލަވާލައްވަނީ

ނައިފަރު 100 ހައުސިންގ ޔުނިޓް ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު ހައުސިންގ ޔުނިޓްތައް ބައްލަވާލައްވަނީ

ކޮވިޑް-19އާ ގުޅިގެން ބައެއް މަޝްރޫއުތައް ލަސްކޮށް، އިސްފަސްވެ, އަދި ޕްލޭނަށް ބައެއް ބަދަލުތައް ގެންނަން ޖެހުނު ނަމަވެސް ރައްޔިތުންނަށް ވީ ވައުދުފުޅުތައް ހަނދުމަފުޅު ހުރިކަމަށާއި، އެކަންކަން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރަށް ވަޑައިގެން, އެރަށުގައި ސަރުކާރުން ތަރައްގީކުރި ހައުސިންގ ޔުނިޓްތައް ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ކޮވިޑުގެ ދަތިކަމާ ގުޅިގެން، އެމްޑީޕީއިން ވީ ބައެއް ވައުދުތައް ފުއްދުން ފަސްޖެހިގެންދިޔަ ކަމަށެވެ. އެހެންނަމަވެސް، ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، ކޮވިޑާ ގުޅިގެން ބައެއް މަޝްރޫއުތައް ލަސްވުމާއި, އިސްފަސްވުމާއި އަދި ޕްލޭނަށް ބައެއް ބަދަލުތައް ގެންނަންޖެހި ވަޑައިގެންނެވީ ކަމަށެވެ. ރައީސް ވިދާޅުވީ ނައިފަރުގެ ބިން ހިއްކުމަކީ، ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ.

ރައީސް ވިދާޅުވީ, އެމްޑީޕީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރުމާއި, ބާރުތައް ކައުންސިލްތަކަށް ދޫކޮށްލައި މާލީގޮތުން ތަނަވަސްކަން އިތުރުކޮށްދިނުމާއި, އަދި ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލައި، އަތޮޅުތައް ގުޅުވައިލުމަކީ ވައުދުފުޅެއް ކަމަށާއި، އޭގެ މަސައްކަތް، ހއ އަތޮޅާއި، ހދ އަތޮޅު އަދި ށ އަތޮޅުގައި މިހާރު ޓެސްޓް ބުރުތައް ފެށިފައިވާކަމަށެވެ. އެއަށްފަހު، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި، އެ ތިން އަތޮޅުގައި އެކަން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅުގައި ހުރި ގުދުރަތީ ވަސީލަތްތަކުގެ ނަފާއާއި ފައިދާ، އަތޮޅުގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ލިބެންޖެހޭ ކަމަށެވެ. އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތް ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިހާރުވެސް ރަށްރަށުގެ އިޚްތިސާސް ކަނޑައެޅިފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިއްހީ ޚިދުމަތްތައް، ރަށުގައި ތިބެގެން، ނުވަތަ ކައިރީގައި ތިބެގެން ރަނގަޅަށް ލިބުމަކީ ރައްޔިތުން އެދޭކަމެއް ކަމަށެވެ. އަދި އެ ރަށުގައި ހުރީ އަތޮޅު ހޮސްޕިޓަލެއް ކަމަށާއި، އަތޮޅު ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް ރަނގަޅުކޮށްދޭން ޖެހޭ ކަމަށެވެ. އެކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި، ނައިފަރުގައި ހުރި އަތޮޅު ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ރަނގަޅުކޮށް، ސްޕެޝަލް ޚިދުމަތްތަކާއި އަދި އިތުރު ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތްތައް ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންހެނުންނަށް ފުޓްސެލް ކުޅެވޭނެގޮތަކަށް، ފުޓްސެލް ދަނޑެއް އިރާދަކުރެއްވިއްޔާ އަޅުއްވައިދެއްވާނެ ކަމަށާއި، ނައިފަރުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

އިރާދަކުރެއްވިއްޔާ، އެއްވެސް ރަށެއް ތަފާތުނުކޮށް، ބޮޑު އާބާދީއެއް ކުޑަ އާބާދީއެއް ތަފާތުނުކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، މި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއާ ދޭތެރޭގައި އެއްވެސް ޝައްކެއް، އެއްވެސް ބޭފުޅަކު ނުކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ކޮވިޑް-19ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޅ. ނައިފަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު