Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިދިކޮޅުގެ އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމަށް އޮތް ނުރައްކަލެއް

އިންޑިއާ އައުޓު ހަރަކާތް މާލޭގެ މަގުތަކުގައާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ހިންގާތާ ދެ އަހަރެއްހާ ދުވަސްވެއްޖެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2022 | ހޮނިހިރު 14:04
އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން

އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ، ވަކި މަގުސަދެއް ހާސިލް ކުރުމަށް ހިންގާ ނުރާއްކާތެރި ކެމްޕެއިނެކެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހި ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިޔެފައި އޮތް ނަަމަވެސް އޭގެ ބޭނުން ކުރަންވާނީ ވަކި ހުދޫދެއްގެ ތެރެއިންނެވެ. އެ ފާޅުކުރާ ޚިޔާލަކީ، ގައުމާއި ރައްޔިތުންނަށް ހުރި ނުރައްކަލަކަށް ވެގެން ނުވާނެއެވެ. އެ ޚިޔާލެއްގެ ސަބަބުން ދިވެހިންގެ ދިރިއުޅުމާއި ގައުމުގެ ސަލާމަތަށް ނުރައްކާވާނަމަ އެކަމަށް ފިޔަވަޅު އެޅުމަކީ ލާޒިމްކަމެކެވެ.

އިދިކޮޅުން ހިންގާ އިންޑިއާ އައުޓު ހަރަކާތް މާލޭގެ މަގުތަކުގައާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ހިންގާތާ ދެ އަހަރެއްހާ ދުވަސްވީއެވެ. މާލެއާއި ރަށްރަށުގައި އެއްވުންތައް ބާއްވަމުންދެއެވެ. މި ހަރަކާތް ފެށިގެން އައީ އެހެން ނަމެއްގައި ނަަމަވެސް, މިހާރު ސީދާ އިންޑިއާ ރައްޔިތުންނަށްވެސް އަމާޒުކޮށް މިހަރަކާތް ހިންގަން މިވަނީ ފަށާފައެވެ. ބިރުވެރި ދަރަޖައަކަށް މިހަރަކާތް ކުރިއަންގެންދަން ފަށާފައިވާއިރު، މިއީ އިދިކޮޅުން މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިންގެ ގޮތުގައި ދިފާއީ ވަޒީރުވަނީ ސިފަކުރައްވާފައެވެ. އިންޑިއާއަކީ އެންމެ ގިނައިން ދިވެހިން ބޭސްފަރުވާއަށް ދާ ގައުމު ކަމަށް ވާއިރު އަދި ގިނަ ކާބޯތަކެތި އެ ގައުމުން ރާއްޖެއަށް އެތެރެކުރާއިރު, އެ ގައުމާ ދެކޮޅަށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގަވާ މި ހަރަކާތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އާންމު ރައްޔިތުންނަށެވެ. ރައީސް ޔާމީނަށް ކަމެއް ދިމާވުމުން ދުރު ތަންތަނުން ޚާއްސަ ޖެޓާއި ޗާޓަރު ފްލައިޓްތައް ގެނެވުނަސް އާންމު ރައްޔިތުމީހާ ދާން އޮތީ ޖެހިގެން އޮތް އިންޑިއާއަށެވެ. ކެންސަރު ބަލީގައި، ކިޑްނީ ބަލީގައި ފަރުވާކުރަން ދާން އޮތީވެސް ހަމަ އެތަނަށެވެ.

އިންޑިއާ އައުޓް ހަރަކާތުން ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ޚާއްސަ ދިރާސާއަށް މައުލޫމާތު ހިއްސާކުރެއްވުމަށް ވަޑައިގެން ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ރައީސް ޔާމީނަކީ ގައުމާއި ރައްޔިތުންނަށް ދެން ވާނެ ގޮތަކަށް ބެެއްލެވުމެއް ނެތި ކަންކަން ކުރައްވާ ޚުދުމުޚުތާރު ކަމުގެ ލާމަސީލު މިސާލެއްކަމަށެވެ. މިނިވަންކަމުގެ ސުޕަރ ސްޓާރު ކަމުގައި ހެދިގެން ހުންނަވައި، އެ ހިންގަވާ އިންޑިއާ އައުޓް ސްލޯގަނުން ރައްޔިތުންގެ ނިކަމެތިވެ، އަޅުވެތިވާނެ ހުރިހާ ގޮތަކަށް އެބަ މަސައްކަތް ކުރައްވާ ކަމަަށް މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެ މަނިކުފާނު އިންޑިއާ އައުޓް ކެމްޕެއިން ހިންގަވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހިނގި ބޮޑު ޚިޔާނާތާއި މަރުތަކުގެ އިތުރުން, މީޑިއާތަކަށް އެޅި ފިޔަވަޅުތަކުގެ ވާހަކަތައް ފޮރުވުމުގެ ގޮތުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. ކޮންމެއަކަސް އިންޑިއާ އައުޓް މިހަރަކާތަކީ ރައީސް ޔާމީން ހިންގަވާ ވަރަށްވެސް ބިރުވެރި ކެމްޕެއިނެކެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުވެސް ބާރުގެ ބޭނުން ކުރައްވައި އެތައް ކަމެއް ކުރެއްވިއެވެ. އޭގެތެރެއިން ބައްކަންކަން ހިއްސާކޮށްލާނަމެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ޔާމީންގެ މެޖޯރިޓީ އޮތް މަޖިލީހަކުން ދެ ނައިބު ރައީސުންގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގައި ބޭރުކުރިއެވެ. އެ ދެބޭފުޅުން ވެސް އަމިއްލަ ދިފާއުގައި ބަސްބުނުމުގެ ފުރުސަތު ނުދެއްވައެވެ. ކުރީގެ ދިފާއީ ވަޒީރުގެ ގެކޮޅުގައި ފިސްތޯލައެއް އޮތް ކަމަށް ބުނެ މަގާމުން ވަކިކުރެއްވިއެވެ. ކޯލިޝަންގެ ވެރިން އަދި ފަހަރަކު ސިޔާސީ ލީޑަރެއް ޖަލަށް ލެއްވިއެވެ. ރައީސް ޔާމީންގެ ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބަފާ ބޭބެފުޅު ރައީސް މައުމޫންުވެސް ދުލެއް ނުކުރައްވައެވެ. ރައީސް މައުމޫންވެސް ޖަލަށް ލެއްވީއެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރައްވައި، އެތައް މެމްބަރެއްގެ ގޮނޑިންވެސް ބޭރުކޮށްލެއްވީއެވެ. މިއަދު އެމަނިކުފާނު އެ ވިދާޅުވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ނަގާލެއްވީއެވެ. ރައްޔިތުންގެ އަޑު ކަނޑާލެއްވީއެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސްޕްރިމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރު ކުރެއްވިއެވެ.

ރައީސް ޔާމީންގެ ފޮރިން ޕޮލިސީ ވެސް އޮތީ ހަމަ މިކަހަލަ ގޮތަކަށެވެ. ކޮމަންވެލްތުން ވަކިވެ، ރާއްޖެއާ ގަތަރާއި އޮތް ޑިމްޕޮމެޓިކް ގުޅުން ކަނޑާލެއްވިއެވެ. މިއީ އަދި މަދު ކަންތައްތަކެކެވެ. އެމަނިކުފާނުގެ ފޮރިން ޕޮލިސީ މިހެން އޮތުމުން މިހާރު މަސައްކަތް ކުރައްވަނީ މިސަރުކާރުގެ ހަރުދަނާ ފޮރިން ޕޮލިސީއަށް ފިއްތުންތަކެއް ކުރިމަތި ކުރުވާށެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް ސާލިހުގެ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ގުޅިފައިވާ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް މިރާއްޖޭގައި އުފަލާއި، ހިތްހަމަޖެހުމާއި، ފާގަތިކަމުގައި އުޅެވޭނެ މަގު ތަނަވަސްކޮށްދީ، ދެމެހެއްޓުމަށެވެ. އެހެންކަމުން ގާނޫނަކުން ނަމަވެސް އިދިކޮޅުގެ މިހަރަކާތް ހުއްޓުވާލުމަށް ސަރުކާރުން މިވަނީ މަސައްކަތް ފަށާފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ގުޅިފައިވާ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް މިރާއްޖޭގައި އުފަލާއި، ހިތްހަމަޖެހުމާއި، ފާގަތިކަމުގައި އުޅެވޭނެ މަގު މިސަރުކާރުން ތަނަވަސް ކޮށްދޭނެއެވެ. ގައުމުގެ މަސައްލަަހަތު ނަގާލުމުގެ ފުރުސަތުދީގެން ސަރުކާރުން ބަލަން ނުތިބޭނެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއިންޑިއާ އައުޓްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު