Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާވަހި ހައުސިން މަޝްރޫއު

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

19 ފެބުރުއަރީ 2022 | ހޮނިހިރު 09:58

މި މަޝްރޫއު އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ 647 ރުފިޔާއަށް

އަމްނާ އިމާދު
އަމްނާ އިމާދު | 19 ފެބުރުއަރީ 2022 | ހޮނިހިރު 09:58
ހިޔާވަހި ހައުސިންގެ ޓަވަރުތައް

ހިޔާވަހި ހައުސިންގެ ޓަވަރުތައް

ހިޔާވަހި ހައުސިންގ ގެ ނަމުގައި ފެށި ހައުސިންގ މަޝްރޫއު، ރީތި ގަސް އެޕާޓްމަންޓަށް ބަދަލުކޮށް މަސައްކަތް ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހިޔާވަހި ހައުސިންގ މަޝްރޫއު ގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 19 ޖެނުއަރީ 2017 ގައެވެ. މި މަޝްރޫއުގެ ދަށުން 14 ފަންގިފިލާގެ ތިން ޓަވަރު އަޅާނެ އެވެ. 647 މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވާއިރު އެޑްވާންސްއަށް 233 މިލިއަން ރުފިޔާ ދެއްކީ އެޗްޑީސީގެ ފައިސާއިންނެވެ. ނަމަވެސް 2018 ވަނަ އަހަރު ވެރިކަން ބަދަލުވުމުން އަމީން ކޮންސްޓްރަކްޝަން އަށް ދޭން ޖެހޭ ފައިސާ ނުލިބުމާއި ގުޅިގެން އަމަލީ މަސައްކަތް ވަނީ މެދުކަނޑާލާފައެވެ. މަޝްރޫއުގެ މަސައްކަތް މެދުކަނޑާލިއިރު އެޑްވާންސަށް ދިން 233 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް މަސައްކަތްކޮށްފައިވެއެވެ. އަދި އެމަސައްކަތަށް ފޮނުވި ބިލްތަކަށް އެޗްޑީސީއަށް ކުރިމަތިވި މާލީ ދަތިކަމުގެ ސަބަބުން ފައިސާ ދެއްކިފައެއްނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ހަތަރު އަހަރު ފަހުން މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާފައިވާއިރު، މަސައްކަތް ފަށާފައިވަނީ އެޗްޑީސީއާ، އަމީން ކޮންސްޓްރަކްޝަނާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ތެރެއިންނެވެ. އެއީ މަޝްރޫއުގެ މަސައްކަތް ގިނަ ދުވަސްތަކަށް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތުމުގެ ސަބަބުން އެޗްޑީސީ އަދި އަމީންއަށް ވެސް ވަނީ މާލީ ގޮތުން ގެއްލުން ލިބޭތީއެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން މިމަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް އެއްބަސްވުމަކަށް އައިސްފައިވަނީ ސަރުކާރުގެ ސަޕޯޓާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ކޮންސްޓްރަކްޝަން ލޯނު ހަމަޖެހި، ލޯނުގެ ޓާމް ޝީޓް އެޗްޑީސީއަށް ހުށަހެޅުމުން، ލޯނު ލިބޭނެކަމުގެ ޔަގީންކަމާއެކު އެވެ. އަދި މިހާރު ނިންމާފައިވަނީ އިމާރާތްކުރާ ޓަވަރުތަކުގެ ތެރެއިން އެޓަަވަރުގެ ހުރިހާ މަސައްކަތް ނިންމާ އެޕާޓްމެންޓްތައް ވިއްކާލުމަށެވެ. އެޕާޓްމެންޓްތައް ވިއްކާލުމަށްފަހު ލިބޭ ފައިސާއިން އަމީންގެ ބިލްތައް ދައްކައި، އަދި މަޝްރޫއު ކުރިއަށް ގެންދާ ގޮތަށެވެ. އަދި އެޕާޓްމެންޓްތައް ވިއްކައިގެން ލިބުނު ގެއްލުމުގެ ބަދަލު ވެސް އަމީން ކޮންސްޓްރަކްޝަނަށް ދެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ދޭނެ ފައިސާގެ އަދަދު ހާމައެއް ނުކުރެއެވެ.

ރާއްޖެއެމްވީއާ ހިޔާވަހި ހައުސިންގ އާބެހޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ މިމަޝްރޫއުގެ ނަން މިހާރު ރީތި ގަސް އެޕާޓްމެންޓަށް ބަދަލުކޮށް، މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. މަސައްކަތްތައް ކުރިއަށް ދަނީ އެޗްޑީސީއަށް ވެސް އަދި އަމީން ކޮންސްޓްރަކްޝަނަށް ވެސް ގެއްލުން ނުވާ ގޮތަށް ކަމަށެވެ. އެގޮތުން މިހާރު އެއް ޓަވަރުގެ ކޮންކްރީޓް ނިންމުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ސުހައިލް ވިދާޅުވިއެވެ. މީގެ އިތުރުން ސުހައިލް ވިދާޅުވީ ކޮވިޑް-19އާއެކު ވެސް މަސަައްކަތްތައް ކުރިއަށް ގެންދިއުމުގައި ބައެއް ދަތިތައް ކުރިމަތިވި ކަމަށެވެ. ނަމަވެސް އަމަލީ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ކަމަށް އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ރީތި ގަސް އެޕާޓްމެންޓްތަކަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލެ ފޭސް އެކެއްގައި އިމާރާތް ކުރަމުންދާ ފްލެޓްތަކެކެވެ. މިމަޝްރޫއުގެ މަސައްކަތް ކުރަމުންދާ އަމީން ކޮންސްޓްރަކްޝަން އަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ ފިޔަވަހީގައި ވެސް ހައުސިންގ ގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުޏެކެވެ.

ިހިޔާވަހި ހައުސިން މަޝްރޫއު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންބޯހިޔާވަހިކަން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
21 ނޮވެމްބަރު 2025

ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

21 ނޮވެމްބަރު 2025
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން
18 ނޮވެމްބަރު 2025

ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

18 ނޮވެމްބަރު 2025
ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު
17 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!

17 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!
15 ނޮވެމްބަރު 2025

ރަސްމާލެ ހިއްކުން 5 މަސް ތެރޭ ނިންމާ 15،000 ގޯތި ދޫކުރާނަން

15 ނޮވެމްބަރު 2025
ރަސްމާލެ ހިއްކުން 5 މަސް ތެރޭ ނިންމާ 15،000 ގޯތި ދޫކުރާނަން
12 ނޮވެމްބަރު 2025

8 މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ރަސްމާލެ މަޝްރޫއުގެ މަސައްކަތް މުއިއްޒު ބައްލަވާލައްވައިފި

12 ނޮވެމްބަރު 2025
8 މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ރަސްމާލެ މަޝްރޫއުގެ މަސައްކަތް މުއިއްޒު ބައްލަވާލައްވައިފި
11 ނޮވެމްބަރު 2025

ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

11 ނޮވެމްބަރު 2025
ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް