Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ ޖަލްސާ

ރަސްމާލެ ހިއްކުން 5 މަސް ތެރޭ ނިންމާ 15،000 ގޯތި ދޫކުރާނަން

15 ނޮވެމްބަރު 2025 | ހޮނިހިރު 03:36

ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ރަސްމާލެއިން ގޯތި ދޫކުރުމުގެ އުސޫލުތައް އިއުލާނުކުރައްވާ އެއް މަސް ދުވަހުގެ ތެރޭގައި 15000 ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 15 ނޮވެމްބަރު 2025 | ހޮނިހިރު 03:36
ރައީސް މުއިއްޒު ޕީއެންސީ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައީސް މުއިއްޒު ޕީއެންސީ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކުރިޔަށް އޮތް ފަސް މަސް ދުވަސް ތެރޭގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެ ބިން ހިއްކާ ނިމޭ އިރު 15000 ގޯތި ދޫކުރާނެ ފަރާތްތަށް ކަނޑައަޅާ ނިމިފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އިން ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސްގެން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އަންނަ މަހު އިތުރު ޑްރެޖަރުތައް ގެނެވި މަސައްކަތުގެ ސްޕީޑް ތިން ގުނަ އަށް ބާރުވެގެން ދާނެ ކަމަށެވެ. އެގޮތުން މަސައްކަތް ހަލުވިކޮށް ކުރިޔަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިޔަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލެ ހިއްކުމުގެ މަޝްރޫއު މުޅިން ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ، ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ރަސްމާލެއިން ގޯތި ދޫކުރުމުގެ އުސޫލުތައް އިއުލާނު ކުރައްވާނެ ކަމަށެވެ. އަދި އެ އުސޫލުތައް އިއުލާނު ކުރެއްވުމަށްފަހު އެއް މަސް ދުވަސް ތެރޭގައި 15000 ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ.

ރަސްމާލޭގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދޭ. މިއަންނަ މަހު އިތުރު ޑްރެޖަރުތައް ގެނެވި ތިން ގުނައަށް ސްޕީޑް ބާރުވީމާ، އިރާދަކުރެއްވިއްޔާ ފަސް ވަރަކަށް މަސް ތެރޭގައި އެތަން އެއްކޮށް ހިއްކާ މިނިމެނީ، 1100 ހެކްޓަރު އެއީ، ސައިޒުން ބަލަންޔާ އެއީ ހުލުމާލޭގެ ދެފިޔަވަހި އެއްކޮށްލީމަ އޭގެ ދެގުނައަށް ވުރެވެސް ބޮޑު، އޭގެ ދެގުނައަށްވުރެ ބޮޑު ތަނެއް، އެތަނުން ދާދި އަވަހަށް، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި އަޅުގަނޑުމެން އުސޫލު އިއުލާނު ކޮށްފަ، އަދި އޭގެ މަހެއްހާ ދުވަސް ތެރޭގައި އެޕްލިކޭޝަން އަށް ހުޅުވާލާނަން 15000 ގޯއްޗަށް.
ރައީސް މުއިއްޒު

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން އަޅަން ފަށަން ނިންމާފައިވާ ފްލެޓްތައް ލިބޭ މީހުންވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެނގިގެންދާނެ ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުންފުނިތަކާ ޙަވާލުކޮށްގެން 13 ރަށެއްގައި 825 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި، 16 ރަށެއްގައި 1100 ހައުސިން ޔުނިޓް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައި ވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވް (ބީއެމްއެލް) އާ ޙަވާލުކޮށްގެން މާލެ ސަރަހައްދުގައި މިހާރުވެސް 3000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އިތުރަށް ކުރިޔަށް ގެންދަން ނިންމާފައިވާ 4500 ހައުސިން ޔުނިޓާ އެއްކޮށް ޖުމްލަ 7500 ހައުސިން ޔުނިޓުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ބިންހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމަށް ނޮވެމްބަރު 23 ވަނަ ދުވަހު ޑްރެޖަރު އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޑްރެޖަރު އައުމާއެކު، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އަދި އެ މަސައްކަތް ނިންމާ ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޭނެ ކަމުގެ ޔަގީންކަންވެސް ރައީސް މުއިއްޒު ދެއްވި އެވެ.

ރަސްމާލެ ހިއްކާ ނިންމާނެ ތަފާތު ތާރީހުތައް ރައީސް މުއިއްޒު މިވަނީ އެކި ފަހަރު މަތިން ދެއްވާފަ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެންމެ އިސްކަމެއް ދީގެން ކުރިޔަށްގެންދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ފެށީ 8 މަސް ދުވަސް ތެރޭ މަސައްކަތް ފުރިހަމަވާނެ ކަމަށް ބުނެ އެވެ. ނަމަވެސް މިހާރު އޭގެ ފަހުން 22 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ހިއްކަން ހަމަޖެހިފައިވާ 1100 ހެކްޓަރުގެ ތެރެއިން އަދި ނިމިފައިވަނީ އެންމެ 16 އިންސައްތަ ބިން ހިއްކުމުގެ މަސައްކަތެވެ. ސަރުކާރުގެ ބަޖެޓުން އެންމެ ލޯ ލާރިއެއްވެސް ހަރަދު ނުކުރާނަމޭ ރައީސް މުއިއްޒު ވިދާޅުވި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން މިހާރުވެސް ވަނީ އެތައް މިލިއަން ޑޮލަރެއް ހަރަދު ކޮށްފަ އެވެ. އަދި ކުޅޭ ކުޅިވަރަކަށް ހަދާ މަސައްކަތުގެ ކޮންޓްރެކްޓަރުން ވެސް އެކި ފަހަރުމަތިން ބަދަލު ކޮށްފައިވެ އެވެ.

ރައީސް މުއިއްޒުރަސްމާލެ ބޯހިޔާވަހިކަންޕީއެންސީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް