Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

ރަސްމާލެއިން ފުރަތަމަ ހުޅުވާލާނީ 15000 ގޯއްޗަށް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2025 | އަންގާރަ 11:24
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުން އިއުލާންކޮށްފައިވާ 7500 ފުލެޓުގެ ކުލި 10،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށާއި، ރަސްމާލެ އިން މާޗް ނުވަތަ އެޕްރީލް މަސް ތެރޭގައި ގޯތި ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މިނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މުޅި ރަސްމާލެއަކީ 25،000 ގޯތި ކަމަށެވެ. ނަމަވެސް އެތަނަކީ މޮޑަން އިކޯ ސިޓީއެއްގެ ގޮތަށް އޮންނަންޖެހޭ ތަނަކަށް ވުމުން، އިކޯ ސިޓީއެއްގައި ހުންނަންޖެހޭ ހުރިހާ ކަމަކަށްވެސް ބިން ބޭނުންވާނެ ކަމަށާއި، 1250 އަކަފޫޓުގެ 25،000 ގޯތި، ރަސްމާލޭގެ ޕްލޭންގައި އޮތް ނަމަވެސް އޭގެތެރެއިން ފުރަތަމަ ހުޅުވާލާނީ 15،000 ގޯއްޗަށް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ގޯތި ލިބިގެންދާނީ މާލޭގެ ރައްޔިތުންނަށާއި، މާލޭގެ ރަށްވެހިންގެ ތެރެއިން ދަފްތަރުގައި ތިބި ފަރާތްތަކަށާއި، ހުރިހާ އެންމެން ހިމެނޭގޮތަށް، އަންނަ މާޗް ނުވަތަ އެޕްރީލް ހިސާބަށް ގޯތި ދެވޭނެ ކަމަށް ލަފަކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ، މި އަންނަ މަހު ޑިސެންބަރުގައި އެންމެ ބޮޑެތި ޓްރެޖަރުތައް މި އަންނަނީ. އެތައް ހިއްކައި ނިމޭނެ. ނިމޭނެ މި އަންނަ މާރިޗް އެޕްރީލް ހިސާބަށް ފަސްވަރަކަށް މަސް ތެރެއިން. ނިމެންވާއިރަށް އަޅުގަނޑުގެ ޓާގެޓަކީ ސަރުކާރުން މިހާރުގެ ޖަނަވަރީ 4 ގައި އެ ހުޅުވާލަނީ ކުރިމަތިލާން ދެއްތޯ. އެ ޕްރޮސެސް ތެރެއިން އެ ހޮވޭ ފަރާތްތައް ހޮވާ ނިންމައި، ގޯތި ލިބޭ މީހުން ކަނޑައަޅައި ނިންމައި، ބިން ހިއްކާ ނިމެންވާއިރަށް ގޯތި ލިބޭނެ. އެގޮތަށް އެކަން ކުރިއަށް ގެންގޮސްދޭނަން. ދެން އަޅުގަނޑު ކަނޑަކުން ގޯއްޗެއް ނުދޭނަން. ތިޔަބޭފުޅުންނަށް ގޯތި ލިބޭނެ. ކުރިއަށް އޮތް ހަ މަސް ތެރޭގައި އިރާދަކުރެއްވިއްޔާ އުންމީދަކީ ދެއްތޯ. ބިން ހިއްކުމާ ކަންކަންވެސް ހަމަ ވެލި ނަގަން ދާންޖެހޭނެ. ވަރަށް ދުރުން ގެންނަނީ. އެތައް ކިލޯމީޓަރެއް ދުރުން ގެނެސް، އެސިއުމްކޮށްފައި ރަނގަޅަށް ދާނެކަން ބަލާފައި، 6 މަސް ތެރެއިން ނިމޭނެކަން މި ދެންނެވީ. އެހެންވީމާ، އެއީ، ގޯތީގެ ބައި.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ދެން ފްލެޓް އިޢުލާނު ކުރެއްވީ ބީ.އެމް.އެލް. ޕޮޖެކްޓް ތެރެއިން 3000 އަދި ބައެއް އެހެން ބޭންކްތައް ވެސް މިހާރު އެމްއެމްއޭ.ގެ ގަވާއިދު އޮތްގޮތުން ސްކީމުގައި ބައިވެރިވާންޖެހޭ ކަމަށެވެ. އަދި ހުރިހާ ބޭންކަކަށް މަޖުބޫރު ވާނެ ކަމަށާއި، އެކަން ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ހުރިހާ ފްލެޓްތަކެއް މި ސަރުކާރުގެ ޕްރޮގްރާމް ތެރެއަށް ވަންނާނެ ކަމަށެވެ.

އެއީ، އަޅުގަނޑުމެން ހިލޭ ބިން މިދެނީ. ސަރުކާރުގެ މި ވަޢުދު ފުއްދުމަށްޓަކައި ރައްޔިތުންގެ މިހާ މުހިންމު ކަމަކަށްވާތީ، ސޯޝަލް ކެޓަގަރީގައި ފްލެޓްތައް ދިނުމަށްޓަކައި މިކަން މި ކުރަނީ. 10،000 ރުފިޔާއަށްވުރެ ރެންޓް ބޮޑެއް ނުވާނެ. ރެންޓް އޯން މޮޑެލްގެ ގޮތުގައި ދޭނީ 10،000 ރުފިޔާ އަށްވުރެ ބޮޑެއް ނުވާނެ. ތިންކޮޓަރީގައި ފްލެޓް. އެހެންވީމާ، 7500 ފްލެޓުގެ ކެޓަގަރީތައް ވެސް އެވަނީ އިޢުލާނުކޮށްފައި. އަޅުގަނޑުމެން މި އިސްކަންދެނީ މި ކޮންސެޕްޓް ގެންދަން ޢާއިލީ ބޯހިޔާވަހިކަމުގައި. އަދި އެއްގޮތަކަށްވެސް ބޯހިޔާވަހިކަން ނެތް މީހުންނަށް އެއީ، އެންމެ އިސްކަންދޭ މީހުންގެ ގަބޫލުކުރެވޭތީ، އެ މީހުންނަށް އިސްކަން ލިބޭގޮތަށް. އެ މީހުންނަށް ދީ ނިމޭއިރުގައި، ދެން ތިބޭ މީހުންނަށް ދެން އަންނަ އަހަރަށް ފްލެޓްތައް އިރާދަކުރެއްވިއްޔާ ލިބޭނެ. މުޅި މައްސަލަ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވީ ވަޢުދާއެއްގޮތަށް ފުއްދާނަން. މި ދައުރު ތެރޭގައި އަދި ބާކީ ތިން އަހަރު ތެރޭގައި އެތައް ބައިވަރު ހައުސިންގ މަޝްރޫޢު ފެށޭނެ މާލޭގައި ވެސް އަދި އެހެން ސަރަޙައްދުތަކުގައި ވެސް.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނު ވި ވަޢުދާ އެއްގޮތަށް ފުއްދަވާނެ ކަމަށެވެ. 7500 ޔުނިޓުގެ ތެރެއިން ހަތްހާސް ޢާއިލާއަށް ފުލެޓް ލިބޭނެ ކަމަށެވެ. އަދި އެންމެ ބޭނުންޖެހޭ މީހުން ލިބޭގޮތަށް ޝަރުތު ހަދާފައިވާ ކަމަށާއި، އެހެން މީހުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.

ބޯހިޔާވަހި ކަމަށް އެތައް ހައްލެއް ހޯދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން އެކަށީގެންވާ މަސައްކަތްތަކެއް މި ސަރުކާރަށް ނުކުރެވޭކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. އޭގެ އިތުރުން، މިދިޔަ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓް ދިން ތަނަކުން ދޭނެ ކަމަށް ވައުދުވީ ނަމަވެސް އެ ވައުދުވެސް މިހާތަނަށް ފުއްދާފަ އެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރަސްމާލެ ބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު