Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަންޓާ އެއަރގެ ދަތުރުތައް އައްޑޫއަށް ފެށުން

އަންނަ ބުރާސްފަތި ދުވަހު މަންޓާ އެއަރގެ ދަތުރުތައް އައްޑޫއަށް ފަށާނެ

މަންޓާ އެއަރއިން ފަށާ މި ޝެޑިއުލް ދަތުރުތަކާއެކު ކޮންމެ ދުވަހަކުވެސް އައްޑުއާއި މާލެއާއި ދެމެދު އެއް ދަތުރު ކުރެވޭނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 18 ފެބުރުއަރީ 2022 | ހުކުރު 09:18
މަންޓާ އެއަރ

މަންޓާ އެއަރ

މަންޓާ އެއަރގެ ދަތުރުތައް މިފެށޭ ހަފްތާގެ ބުރާސްފަތި ދުވަހު އައްޑޫސިޓީއަށް ފަށާނެކަމަށް އެއެއަރލައިނުން ބުނެފިއެވެ.

މަންޓާ އެއަރއިން ފަށާ މި ޝެޑިއުލް ދަތުރުތަކާއެކު ކޮންމެ ދުވަހަކުވެސް އައްޑުއާއި މާލެއާއި ދެމެދު އެއް ދަތުރު ކުރެވޭނެއެވެ. މި ދަތުރުތައް ކުރުމަށް ބޭނުންކުރާނީ ATR 72-600 އެއަރްކްރާފްޓެވެ.

އައްޑޫއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް މަންޓާ އެއަރއިން ނިންމީ އެހިސާބަށް ދަތުރުކުރުމަށް ރަނގަޅު ޑިމާންޑެއް އޮތްކަމަށް ބެލެވޭތީއެވެ. މީގެ ކުރިން މި ދަތުރުތައް ނުފެށިފައި އޮތީ މި ދަތުރުތައް ކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިބެން ޖެހޭ ހުއްދަތައް އެކުންފުންޏަށް ލިބުމުގައި ލަސްތަކެއް ހުރުމުންނެވެ. މިހާރު މަންޓާ އެއަރގެ ދަތުރުތައް ކުރަމުން އަންނަނީ މާލެއިން ދަރަވަންދޫ އަދި ކުޑަހުވަދޫ އެއަރޕޯޓާއި ދެމެދުގައެވެ.

ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކުގައި ދެ ކްލާހެއްގެ ޓިކެޓް ވިއްކާ ހަމައެކަނި އެއާލައިނަކީ މަންޓާއެވެ. އެގޮތުން އައްޑޫއަށް ކުރާ ދަތުރުތަކުގައިވެސް ކޮމްފޯޓް ކްލާސް ނުވަތަ އިކޮނޮމީ ކްލާސް އަދި ސެފަޔަރ ކްލާސް ނުވަތަ ބިޒްނަސް ޓިކެޓުތައް ވިއްކާނެއެވެ. މިގޮތުން ކޮމްފޯޓް ކުލާހުގައި 22 ކިލޯގެ ލަގެޖް އެލަވެންސެއް ލިބޭއިރު 5 ކިލޯ އަތުން އުފުލޭނެއެވެ. އަދި ސެފަޔަރ ކްލާހުގައި 35 ކިލޯ ލަގެޖް އެލަވެންސް ލިބޭއިރު 5 ކިލޯ އަތުން އުފުލޭނެއެވެ.

މަންޓާ އެއަރއަކީ ރާއްޖޭގައި އެންމެ ފަހުން ލޯންޗުކުރި އެއަރލައިނެވެ. މި އެއަރލައިނަކީ ޔުނިވަރސަލް އެންޓަޕްރައިސްއާއި ރިއޯލޯ އިންވެސްޓްމެންޓް ގުޅިގެން ކުރިއަށް ގެންދާ ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
24 ޖުލައި 2017

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
26 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ

26 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ
24 ޖޫން 2017

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު
23 ޖޫން 2017

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖެއަށް، ހޯމަ ދުވަހު ހުޅުވަނީ!

23 ޖޫން 2017
"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖެއަށް، ހޯމަ ދުވަހު ހުޅުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު