Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ކެމްޕޭން

އިންޑިއާ އައުޓް ކެމްޕޭނަކީ ރައީސް ޔާމީން ވެރިކަމުގައި ހިންގާފައިވާ މަރުތަކާއި، ހިޔާނަތްތަކުގެ އަޑު ކަނޑުވާލުމަށް ހިންގާ ކެމްޕޭނެއް: މިނިސްޓަރު މާރިޔާ

18 ފެބުރުއަރީ 2022 | ހުކުރު 07:26

ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ފެބުރުއަރީ 2022 | ހުކުރު 07:26
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ 241 ކޮމެޓީގައި ވާހަކަދައްކަވަނީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ 241 ކޮމެޓީގައި ވާހަކަދައްކަވަނީ

އިންޑިއާ އައުޓް ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ހުރިހާ ނޭއްގާނީ ސިފަތައް އެކުލެވޭ، އެމަނިކުފާނުގެ ވެރިކަމުގައި ހިންގާފައިވާ މަރުތަކާއި، ޚިޔާނަތްތަކުގެ އަޑު ކަނޑުވާލުމަށް ހިންގާ ހީލަތްތެރި ކެމްޕޭނެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ 241 ކޮމެޓީގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ޤައުމީ ސަލާމަތާއި ގުޅިފައިވާ އެންމެމަތީ މަސްލަހަތުތައް ހިމާޔަތްކޮށް ރައްޔިތުންނަށް އުފަލާއި ހިތްހަމަޖެހުމާއެކު ފާގަތިކަމުގައި އުޅެވޭނެ މަގުތަނަވަސްކޮށް ދިނުމަށް ކަމަށެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނަށް އިޝާރަތް ކުރައްވައި މިނިސްޓަރު ވިދާޅުވީ މިކެމްޕޭންގައި ރައީސް ޔާމީން ގެންގުޅުއްވާ ނޭއްގަނީ ހުރިހާ ސިފަތަކެއް އެކުލެވޭ ކަމަށާއި، މިއީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށާއި، މަރުތަކާއި، އަނިޔާތަކާއި، ހިޔާނާތުގެ އަޑު ކަނޑުވާލުމަށް ރާވައިގެން ހިންގާ ހީލަތްތެރި ކެމްޕޭނެއް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް އޮވެގެން ހިންގާ ކެމްޕޭނެއް ނޫން ކަމަށެވެ.

މިކޮމެޓީގައި މިނިސްޓަރު މާރިޔާ ވަނީ ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެން ބޭއްވެވި ފުރަތަމަ އިންޑިއާ އައުޓް ކެމްޕޭންގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ އެދުވަހުގެ އެ ހަރަކާތުގައި ރައީސް ޔާމީން އިންޑީއާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުވަތީ ސްޕްރިމްކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމުން އެމަނިކުފާނާއި އިންޑިއާއިން ސުވާލު ކުރުމުން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ 1960 އަހަރުތަކާ ހަމައިން މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް މި ސަރަހައްދުގެ ހުރިހާ ގައުމުތަކުން އިސްކަންދީގެން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ގޯސްވެ ހަތުރުވެރިކަން އުފެދުމުން ސަރަހައްދީ ކޯޅުންތަކާއި ހަމަނުޖެހުމާއި ޓެރަރިޒަމްއަށް މަގުފަހިވެގެންދާތަން މިހާރު ވެސް ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރަހައްދަކީ ހަމަޖެހުން ގެއްލިއްޖެނަމަ އެސަރަހައްދެއްގެ ޤައުމުތަކަށް ކުރިއެރުމާއި، ތަރައްގީއާ އަމާންކަމެއް ނޯންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް