ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 07:05
ހުޅުމާލެއިން ބީލަމުގެ އުސޫލުން ވިއްކާ ބިންތައް
ހުޅުމާލެއިން ބީލަމުގެ އުސޫލުން ވިއްކާ ބިންތައް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުން
ބީޗް ސައިޑްގެ އެންމެ ބޮޑު އަގަކީ 9،700 ރުފިޔާ، އެންމެ ކުޑަ އަގަކީ 7157 ރުފިޔާ
 
ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގުކަމަށް ކަނޑައަޅާފައިވަނީ ބީޗް ސައިޑުން ނަމަ އަކަފޫޓަކަށް 3،500 ރުފިޔާ
 
ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގުކަމަށް ކަނޑައަޅާފައިވަނީ ބީޗް ފްރަންޓުން ނަމަ އަކަފޫޓަކަށް 3،900 ރުފިޔާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑު ނުވަތަ އަތިރިމައްޗާ ކައިރިން 34 ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ބީލަންތަކުގައި އެންމެ މަތިން އަކަފޫޓަކަށް ހުށަހެޅި އަގަށް 9700 ރުފިޔާ ހުށަހަޅައިފިއެވެ.

އެޗްޑީސީން ބުނީ ބީޗް ސައިޑްގެ 34 ބިމަށް 179 ފަރާތެއް ބީލަން ފޯމު ހުށަހެޅިކަމަށެވެ. އޭގެތެރެއިން 5 ފޯމެއް ވަނީ އެކި ސަބަބުތަކާ ހުރެ ބަލައިނުގަނެފައެވެ.

ބިޑްތައް ހުށަހަޅާފައިވާ ގޮތަށް ބަލާއިރު އަކަފޫޓަކަށް 9000 ރުފިޔާއަށްވުރެ މަތިން 6 މީހަކު ހުށަހަޅާފައިވެއެވެ. އަކަފޫޓަކަށް 8000 ރުފިޔާ އާއި 9000 ރުފިޔާ އާ ދެމެދު ހުށަހަޅާފައިވަނީ 9 މީހެކެވެ. ދެން ބާކީ ތިބި އެންމެން ހުށަހަޅާފައިވަނީ 7000 ރުފިޔާ އާއި 8000 ރުފިޔާ އާ ދެމެދުއެވެ. އެންމެ މަދުން ހުށަހަޅައިގެން ބިޑް ކާމިޔާބުކޮށްފައިވަނީ އަކަފޫޓަކަށް 7157 ރުފިޔާ ހުށަހަޅައިގެންނެވެ.

އެޗްޑީސީން އެންމެ ފުރަތަމަ ކުރިޔަށްގެންދިޔައީ ބީޗް ފްރަންޓް ނުވަތަ އަތިރިމައްޗާ ކުރިމަތިން އޮތް 26 ބިން ވިއްކުމުގެ ބީލަމެވެ. އެބީލަމަށް 211 މީހަކު ބީލަން ހުށަހެޅިއެވެ. އެފަހަރު އެންމެ މަތިން އަކަފޫޓަކަށް ހުށަހަޅާފައިވަނީ 10،220 ރުފިޔާއެވެ. އެންމަ މަދުން ހުށަހަޅާފައިވަނީ އަކަފޫޓަކަށް 6759 ރުފިޔާއެވެ. އެފަހަރު އޮޅިގެން އަކަފޫޓަކަށް 10 މިލިއަން ޖެހި އިބްރާހީމް މާޖިދުގެ ބިޑް އެއީ އޮޅުކަމެއް ބަލާ އެބިޑް ޑިސްކޮލިފައި ކުރުމަށްފަހު ވަނީ ބީޗް ސައިޑަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދީފައެވެ. އިބްރާހީމް މާޖިދު ވަނީ ބީޗް ސައިޑްގެ ބިމެއް އަކަފޫޓަކަށް 8227 ރުފިޔާ ހުށަހަޅުއްވައިގެން ބިޑް ކާމިޔާބުކުރައްވާފައެވެ.

އެޗްޑީސީން 1،603.07 (އެއް ހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި 2،633.93(ދެ ހާސް ހަސަތޭކަ ތިރީސް ތިނެއް ޕޮއިންޓް ނުވައެއް ތިނެއް) އަކަފޫޓާއި ދެމެދުގެ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލާކަން ހާމަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގުކަމަށް އެޗްޑީސީން ކަނޑައަޅާފައިވަނީ ބީޗް ފްރަންޓުން ނަމަ އަކަފޫޓަކަށް 3،900 ރުފިޔާއެވެ. ބީޗް ސައިޑުން ނަމަ އަކަފޫޓަކަށް 3،500 ރުފިޔާއެވެ. ބީލަށް ފޯމު ވިއްކާފައިވަނީ 500 ރުފިޔާއަށެވެ. ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 ރުފިޔާ ނަގާފައިވެއެވެ. އެހެންކަމުން މިބިންތައް ވިއްކައިގެން އެޗްޑީސީން އަންދާޒާކުރި އަދަދަށްވުރެ ދެގުނަ އިތުރަށް އާމްދަނީ ލިބޭނެއެވެ.

އެޗްޑީސީން ބުނީ ބީޗް ފްރަންޓުން ބިޑް ކާމިޔާބުކުރި މީހުންނަށް ބިން އިޚުތިޔާރުކުރުމުގެ ފުރުސަތު ދިނުން އޮންނާނީ ފެބްރުއަރީ 21 ވަނަ ދުވަހުގެ 9 ޖަހާއިރު ހ.މީރުމާގައި ކަމަށެވެ. ބީޗް ސައިޑުން ވިއްކި 34 ގޯތީގެ ބީލަން ކާމިޔާބު ކުރާ ފަރާތްތަކަށް ލިބޭ ބިން އިޚުތިޔާރު ކުރުން މިމަހުގެ 23 ގެ 9 ޖަހާއިރު ހ.މީރުމާ ގައި އޮންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
13%
13%
0%
38%
38%
0%
ކޮމެންޓް