Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓުއަރިޒަމް އަޕްބީޓް: ދަ ޕައިނިއަރސް ޓޯކް

"ރާއްޖޭގެ ފަތުރުވެރިކަން މިހާ ހިސާބަށް ގެނެވުނީ ހުއްޓުމެއް ނެތި ކުރި މަސައްކަތުން"

17 ފެބުރުއަރީ 2022 | ބުރާސްފަތި 14:19

ރާއްޖެ އައި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕް އައީ 1972 ފެބުރުއަރީ 16 ވަނަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 17 ފެބުރުއަރީ 2022 | ބުރާސްފަތި 14:19
ޓުއަރިޒަމް އަޕްބީޓް: ދަ ޕައިނިއަރސް ޓޯކް

ޓުއަރިޒަމް އަޕްބީޓް: ދަ ޕައިނިއަރސް ޓޯކް

ރާއްޖޭގެ ފަތުރުވެރިކަން މިހާހިސާބަށް ގެނެވުނީ ހުއްޓުމެއް ނެތި ކުރި މަސައްކަތުން ކަމަށް ރާއްޖޭގައި ފަތުރުވެރިކަން ފެށުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ބުނެފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން, ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "ޓުއަރިޒަމް އަޕްބީޓް، ދަ ޕައިނިއަރސް ޓޯކް"ގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް އައި ކުރިއެރުމަކީ މީހުންގެ ފަރާތުން ތަޖުރިބާ ހޯދައިގެން ކުރިއަށް ދިއުމުން ލިބުނު ކުރިއެރުމެއްކަމަށެވެ. މިނިސްޓަރ ނަސީމަކީ ރާއްޖޭގެ ފަތުރުވެރިކަން ފެށުމަށް ކުރި މަސައްކަތުގައި އިސްކޮށް އޭރު ހަރަކާތްތެރިވެވަޑައިގަތް ބޭފުޅެކެވެ. އަދި ރާއްޖެއަށް ފުރަތަމަ ފަތުރުވެރިން ގެނައުމުގައިވެސް އިސް ދައުރެއް ނަސީމް އަދާކުރެއްވިއެވެ.

Advertisement - newsAdvertisement

ރާއްޖެ އައި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕް އައީ 1972 ފެބުރުއަރީ 16 ވަނަ ދުވަހުއެވެ.

މި ޓޯކް މޮޑަރޭޓް ކުރައްވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު މިހާރު ރާއްޖޭގައި 161 ރިސޯޓްު އެބައޮތް ކަމަށާއި، މިހާރު ރިސޯޓް ތަކުގައި 38،000 އެނދު އެބަހުރި ކަމަށެވެ. މިއީ ހަމައެކަނި ރިސޯޓްތަކުގެ އަދަދުތައް ކަމަށާއި، ފަތުރުވެރިކަން ފުޅާވެ, މިހާރު ރާއްޖެއަކީ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ މަގާމު ތިން ފަހަރުމަތިން ހޯދާފައިވާ ގައުމެއް ކަމަށެވެ. އަދި ފަތުރުރވެރިކަމުގެ އެކި ބާވަތްތައް މިހާރު ރާއްޖޭގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.

މަޓީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު ވިދާޅުވީ، ފަތުރުވެރިކަން ފެށިގެންއައީ ވަރަށް ކުޑަކޮށް ކަމަށާއި، ރާއްޖޭގައި އޭރު މާބޮޑެތި ވަސީލަތެއް ނެތް ކަމަށެވެ. އެހެންނަމަވެސް މިއަދު މިހާހިސާބަށް މި އާދެވުނީ ހުއްޓާނުލާ ކުރި މަސައްކަތުން ކަމަށެވެ. ސަރުކާރުން އަދިވެސް އަމިއްލަ ފަރާތްތަކަށް, މި ދާއިރާއަށް ކުރިއެރުން ގެންނަން ދޫކޮށްލަންޖެހޭ ކަމަށް އުމަރު މަނިކު ވިދާޅުވިއެވެ. ދާއިރާއަށް ކުރިއެރުން ލިބުނީ އަމިއްލަ ފަރާތްތަކަށް އެކަން ދޫކޮށްލުމުން ކަމުގައި އުމަރުމަނިކު ފާހަގަކުރެއްވިއެވެ.

މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާދައިގެ މީހުންނަށް ދާއިރާއަށް އިންވެސްޓް ކުރުމަށް އޮންނަ ފުރުސަތު ކުޑަވުން ކަމަށާއި، އިންވެސްޓް ކުރުމަކީ އަގުބޮޑު ކަމަކަށް ވުމުން ކޮންމެ މީހަކަށް އެ ފުރުސަތު ނެތްކަމަށެވެ.

ކޮވިޑާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މާރކެޓަށްވެސް ބަދަލު އަތުވެއްޖެކަމަށާއި، ކުރިން ރާއްޖެއަށް ފަތުރުވެރިން ނާންނަ ގައުމުތަކުން މިހާރު ފަތުރުވެރިން އަންނަކަން ފާހަގަކުރެއްވިއެވެ.

މަޓީގެ ވައިސް ޗެއަރމަން ހުސައިން އަފީފު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ފެށުނު އިރު، ރާއްޖޭގެ އަވައްޓެރި ގައުމުތަކުން މި ދާއިރާގައި މަސައްކަތްކުރާތާ އަހަރުތަކެއް ވެފައިވުމުން ގޮންޖެހުންތަކެއް ހުރި ނަމަވެސް, މަސައްކަތް ހުއްޓާނުލައި ކުރިއަށް ދިޔުމުގެ ނަތީޖާ މިއަދު ގައުމުން ފެންނަ ކަމަށެވެ. ފުރަތަމަ މަސައްކަތް ފަށައިގެން ކަންކަން ދަސްކުރީ ކަމަށާއި، އިންޓަރނޭޝަނަލް މާރކެޓުން މިހާރު ރާއްޖޭގެ ފަތުރުވެރކަމަށް އިތުބާރުކުރާކަމަށެވެ.

ރާއްޖެއަށް ފުރަތަމަ ފަތުރުވެރިންގެ ގްރޫޕެއް ގެނައި ޖޯޖް ކޯބިން ވިދާޅުވީ، ފުރަތަމަ ރާއްޖެ އައިއިރު ލަންކާގައި ރާއްޖޭގެ އެމްބަސީއެއްވެސް ނެތް ކަމަށާއި، އޭރު އަންނަން ޖެހުނީ ބޯޓެއްގައި ތިން ދުވަހުގެ ދަތުރެއް ކުރުމަށް ފަހު ކަމަށެވެ. ފަންސާސް އަހަރުގެ ތެރޭގައި ރާއްޖެއިން ވަރަށް ބޮޑު ކާމިޔާބީއެއް މިދާއިރާއިން ހޯދާފައިވާ ކަމަށް ކޯބިން ވިދާޅުވިއެވެ. އަދުގެ ޒުވާނުން މި ދާއިރާއަށް ނުކުމެ ދާއިރާއަށް އަދިވެސް ކުރިއެރުން ގެންނަން ޖެހޭ ކަމަށާއި, ފަތުރުވެރިން މިހާރު ބޭނުންވާ ކަންތައް ވެސް އިތުރުކަން ކޯބިން ފާހަގަކުރެއްވިއެވެ.

ކޯބިން ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖެ އައިއިރު ވަސީލަތްތައް ވަރަށް އާދައިގެ ގޮތަކަށް ހުރި ނަމަވެސް މިހާރު ހުރީ ފެންވަރު ރަނގަޅު ވަސީލަތްތައް ކަމަށެވެ. ރަށްރަށުގެ ރީތި ކަމާއި، މީހުންގެ ހިތްހެޔޮކަމަށް ބަދަލެއް ނާންނަ ކަމަށެވެ. އެމެރިކާ މާރކެޓަކީ ރާއްޖެއަށް މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ފުރަތަމަ އައީ 22 ފަތުރުވެރިންނެވެ. އެމީހުން ތިބީ މިހާރުގެ ކުރުނބާ މޯލްޑިވްސްގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް