Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން

ބޮޑީ ވޯން ކެމެރާއިން ރިކޯޑުކުރެވޭ ވީޑިއޯތައް އެޑިޓްކޮށް، ޑިލީޓްކުރުމުގެ ބާރު ލިބިގެންނެއްނުވޭ: ފުލުހުން

ފުލުހުންގެ ޚިދުމަތުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާނީ ޕްރޮފެޝަނަލްކޮށް، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން

އަމްނާ އިމާދު
އަމްނާ އިމާދު | 17 ފެބުރުއަރީ 2022 | ބުރާސްފަތި 14:52
"ފަށާއިރު ޕްރޮގްރާމް"ގައި ޕޮލިސް ސަރޖެންޓް ބުންޔާމީން އަލީ ވާހަކަދައްކަވަނީ

"ފަށާއިރު ޕްރޮގްރާމް"ގައި ޕޮލިސް ސަރޖެންޓް ބުންޔާމީން އަލީ ވާހަކަދައްކަވަނީ

ބޮޑީ ވޯން ކެމެރާ ނުވަތަ ގައިގައި ހަރުކުރާ ކެމެރާއިން, ރިކޯޑު ކުރެވޭ ވީޑިއޯތައް އެޑިޓްކޮށް ނުވަތަ ޑިލީޓް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޕޮލިސް ސަރޖެންޓް ބުންޔާމީން އަލީ ވިދާޅުވީ, ފުލުހުންގެ ޚިދުމަތުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާނީ ޕްރޮފެޝަނަލްކޮށް، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކަމަށެވެ. ތަހުގީގުގެ ބޭނުމަކަށް އާއްމު ރައްޔިތުންނާ މުއާމަލާތް ކުރަންޖެހޭ ހާލަތްތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެ ކަމަށް ބުންޔާމީން ވިދާޅުވިއެވެ. ބުންޔާމީން ވިދާޅުވީ ފުލުހުންނާއި ގުޅުން ހުރި މަސައްކަތުގެ ތެރެއިން ބޮޑީ ވޯން ކެމެރާ ބޭނުންކުރާއިރު، މައްސަލައެއްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތަކާއި ހައްޔަރުކުރެވޭ ފަރާތްތައް ބަލައިވ ފާސްކުރެވޭއިރު ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ޓްރެފިކް މައްސަލަތަކާއި ފުލުހުން އެޓެންޑްވާ ކްރައިމް ސީންގައި ވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ބޮޑީ ވޯން ކެމެރާ ބޭނުންކުރުމުގައި ޕޮލިސް ސަރވިސްއިން ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި ބުންޔާމީން ވިދާޅުވީ, ކެމެރާ ދޫކުރަނީ ވެސް ޚާއްސަ ތަމްރީންތަކެއް ހަދާފައިވާ ފުލުހުންނަށް ކަމަށެވެ. ބޮޑީ ވޯން ކެމެރާ ހަރުކުރުމުގައި ވެސް ޚާއްސަ ކަންތައްތަކެއް ބަލަންް ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޮޑީ ވޯން ކެމެރާގައި ރަނގަޅަށް ޗާޖު ހުރިތޯއާއި މެމޮރީ ހުރިތޯއާއި އަދި ފުލުހުންގެ ޔުނިފޯމްގައި ބޮޑީ ވޯން ކެމެރާ ހަރުކޮށްފައިހުރީ ރަނގަޅު ޕޮޒިޝަންގައިތޯ ބަލަން ޖެހޭ ކަމަށް ބުންޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ބުންޔާމީން ވިދާޅުވީ, ސީންއަކަށް އެޓެންޑްވާއިރު ބޮޑީ ވޯން ކެމެރާ ބޭނުންކުރެވޭނެތޯ ނުކުރެވޭތޯ ބަލައި ކަށަވަރުކުރަން ޖެހޭ ކަމަށެވެ. ކެމެރާ ބޭނުންކުރުމުގެ އުސޫލުގެ ތެރެއިން އެ ކެމެރާ ބޭނުން ކުރާނީ އެ ހާލަތާ ގުޅޭގޮތުން ކަމަށް ބުންޔާމީން ވިދާޅުވިއެވެ.

ބޮޑީ ވޯން ކެމެރާއެކު ފުލުހުންގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެކަން ފާހަގަކުރައްވައި ބުންޔާމީން ވިދާޅުވީ, ނަޒަހާތްތެރިކަމާއެކު މަސައްކަތް ކުރުމާއި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމަށެވެ. ބޮޑީ ވޯން ކެމެރާއިން ރިކޯޑު ކުރެވޭ ވީޑީއޯތައް ލައިވް ސްޓްރީމްކޮށް ބެލޭނެ ކަމަށާއި، ބޮޑެތި އޮޕަރޭޝަންތައް ކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށެވެ. ސީންތަކުގައި ފުލުހުން ނަގާ ވީޑިއޯތައް ތަހުގީގުގައި ވަރަށް ބޮޑަށް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ބުންޔާމީން ވިދާޅުވީ ބޮޑީ ވޯން ކެމެރާއިން ރިކޯޑް ކުރެވޭ ވީޑީއޯތަކަކީ ފުލުހުންނަށް އެޑިޓްކޮށް ނުވަތަ ޑިލީޓް ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

ބޮޑީ ވޯން ކެމެރާއާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާއެއް އޮތްނަމަ އެ މައްސަލަ ފުލުހުންގެ އިދާރާއަށް އެމައްސަލައެއް ހުށަހެޅުމުން ތަހުގީގުކުރާނެ ކަމަށާއި، މަސްލަހަތު އޮތްނަމަ ވީޑީއޯ ދައްކަން ޖެހޭ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށް ބުންޔާމީން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2018

ނާއިބު ރައީސްގެ ބޮޑީގާޑު އައްބާސް ހައްޔަރުކޮށްފި

09 މާރިޗު 2018
ނާއިބު ރައީސްގެ ބޮޑީގާޑު އައްބާސް ހައްޔަރުކޮށްފި
31 ޖެނުއަރީ 2018

ރައީސް މައުމޫންގެ ބޮޑީގާޑް އަޒްމީ ހައްޔަރުކޮށް، އޭނާގެ ގެ ބަލައި ފާސްކޮށްފި

31 ޖެނުއަރީ 2018
ރައީސް މައުމޫންގެ ބޮޑީގާޑް އަޒްމީ ހައްޔަރުކޮށް، އޭނާގެ ގެ ބަލައި ފާސްކޮށްފި
03 ޑިސެމްބަރު 2017

ދަރަނި ބޮޑީ އެމްޑީޕީ ސަރުކާރުގައި، މި ސަރުކާރުގެ ބޭނުމަށް ނެގީ 1 ބިލިއަން: ރައީސް ޔާމިން

03 ޑިސެމްބަރު 2017
ދަރަނި ބޮޑީ އެމްޑީޕީ ސަރުކާރުގައި، މި ސަރުކާރުގެ ބޭނުމަށް ނެގީ 1 ބިލިއަން: ރައީސް ޔާމިން
27 ސެޕްޓެމްބަރު 2017

ފިލިޕީންސްގެ ރައީސްގެ ބޮޑީގާޑަކު ބަޑިޖަހާ މަރާލައިފި

27 ސެޕްޓެމްބަރު 2017
ފިލިޕީންސްގެ ރައީސްގެ ބޮޑީގާޑަކު ބަޑިޖަހާ މަރާލައިފި
09 ސެޕްޓެމްބަރު 2017

މަސްތުގެ ހާލަތުގައި ހުރި ރައީސް ޔާމީންގެ ބޮޑީގާޑެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ދައުވާ އުފުލައިފި

09 ސެޕްޓެމްބަރު 2017
މަސްތުގެ ހާލަތުގައި ހުރި ރައީސް ޔާމީންގެ ބޮޑީގާޑެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު