Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރިޒަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުން

ޕްރިޒަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ފަށަނީ

މި އެއްބަސްވުމުގެ ދަށުން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒަރ ފޯރުކޮށްދޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 ފެބުރުއަރީ 2022 | ބުރާސްފަތި 08:44
ޕްރިޒަން އޮފިސަރުން ބޮޑީ ވޯރން ކެމެރާ ބޭނުންކުރަން ފެށުން

ޕްރިޒަން އޮފިސަރުން ބޮޑީ ވޯރން ކެމެރާ ބޭނުންކުރަން ފެށުން

ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯރން ކެމެރާ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުގެ ގޮތުން، އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ. އަދި ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އައިމަން އާދަމްއެވެ.

Advertisement - newsAdvertisement

މި ކެމެރާތަކަކީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެކެވެ. މި ސޮއިކުރެވުނު އެއްބަސްވުމުގެ މުއްދަތަކީ ތިން މަސް ދުވަހެވެ. އަދި މި މުއްދަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒަރ ފޯރުކޮށްދޭނެއެވެ. އަދި ޓޭޒަރ ޒިންމާދާރުކޮށް ބޭނުންކުރުމާއި ބޭނުންކުރާނެ ހާލަތްތަކާއި ބެހޭގޮތުން ތަމްރީން ފެށުމުގެ އިންޒިތާމްވަނީ ހަމަޖެހިފައެވެ.

މި ތަކެތި ބޭނުން ކުރާނީ ޖަލުތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނެވެ. މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ. އަދި މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް ބަޔާންދޭން އަންގާފައިވާ އެމްއެންޑީއެފްގެ އޮފިސަރުންގެ ލިސްޓެއް އާންމުވެއްޖެ!

02 އޯގަސްޓު 2017
މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް ބަޔާންދޭން އަންގާފައިވާ އެމްއެންޑީއެފްގެ އޮފިސަރުންގެ ލިސްޓެއް އާންމުވެއްޖެ!
01 އޯގަސްޓު 2017

މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި!

01 އޯގަސްޓު 2017
 މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި!
25 ޖުލައި 2017

ގާސިމް ކޯޓަށް ވަޑައިގެންނެވީ ބޮޑީގާޑުގެ އެހީތެރިކަމާއެކު!

25 ޖުލައި 2017
ގާސިމް ކޯޓަށް ވަޑައިގެންނެވީ ބޮޑީގާޑުގެ އެހީތެރިކަމާއެކު!
19 ޖޫން 2017

މާރުކޭޓުގައި އެންމެ ޑިމާންޑް ބޮޑީ، ފަނިގިރާ ސާމާނަށް

19 ޖޫން 2017
މާރުކޭޓުގައި އެންމެ ޑިމާންޑް ބޮޑީ، ފަނިގިރާ ސާމާނަށް
15 ޖޫން 2017

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި

15 ޖޫން 2017
ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު