Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް މެންބަރުންގެ މައްސަލަ

މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް ބަޔާންދޭން އަންގާފައިވާ އެމްއެންޑީއެފްގެ އޮފިސަރުންގެ ލިސްޓެއް އާންމުވެއްޖެ!

21 މީހެއްގެ ނަން ވަނީ އާންމުވެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2017 | ބުދަ 05:53
ޖުލައި 31 ވަނަ ދުވަހު ބޭއްވި މަޖިލީސް ޖަލްސާ

ޖުލައި 31 ވަނަ ދުވަހު ބޭއްވި މަޖިލީސް ޖަލްސާ

ޖެނެރަލް ޝިޔާމްގެ އޯޑަރަށް މަޖިލީސް މެންބަރުންނާ ދެކޮޅަށް ބަޔާން ދޭން އަންގާފައިވާ ކަމަށް ބުނެ އެމްއެންޑީއެފްގެ އޮފިސަރުންގެ ލިސްޓެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު އާންމުކުރައްވައިފި އެވެ

މެންބަރު މަހްލޫފު ކުރެއްވި ޓްވީޓްގައި ވަނީ 21 މީހެއްގެ ނަން ހާމަކޮށްފަ އެވެ. މިގޮތަށް ނަންތައް އާންމުކޮށްފައި ވަނީ އެފަރާތްތަކުގެ ސަރވިސް ނަންބަރާ އެކު އެވެ.

Advertisement - newsAdvertisement

މަޖިލީސް މެންބަރުންނާ ދެކޮޅަށް އިއުތިރާފު ނުވުމަށް މަހްލޫފު ވަނީ ގޮވާލައްވާފަ އެވެ. މަހްލޫފުގެ ޓްވީޓްގައި މިހެން ލިޔެ ވަނީ އެމްއެންޑީއެފްގެ އޮފިޝަލް އެކައުންޓް ޓެގް ކޮށްފަ އެވެ.

މަހުލޫފު މިފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު، ވައިބަރގައި ދައުރުވާ އޯޑިޔޯގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ކަމަށް ބެލެވޭ ފަރާތަކުން ވަނީ، މަޖިލީސްގެ މެންބަރުންގެ މައްސަލަ ކޮޅެއްގައި ޖައްސާނެ ކަމަށާއި މެންބަރުންނާއި ދެކޮޅަށް ހެކި ބަސް ދިނުމަށް ސިފައިންގެ ތެެރެއިން ބައެއް ފަރާތްތަކުން ގެންދާނެ ކަމަށް ބެލެވޭ ކަމަށް ސިފައިންނާ ވާހަކަދައްކަަވާފަ އެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުން ނިންމާފައިވާ ގޮތުގައި ހެކީގޮތުގައި މައުލޫމާތު ދިނުމަށްދާ ސިފައިންނާއި އެކު ލޯޔަރުންގެ ގޮތުގައި މިލިޓަރީ ފޮލިސް ހާޒިރުވާނެ ކަމަށް ވެސް މި އޯޑިޔޯގައި ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ޖުލައި 24 ވަނަ ދުވަހު މަޖިލީސް އިދާރާގައި ތަޅުއެޅުވުމާއި އެކު މަޖިލީސް މެންބަރުންތަކެއް ވަނީ މަޖިލީހުގެ އިދާރާއަށް ވަދެފަ އެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ފުލުުހުންގެ ސަފުތައް ފަޅާލާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މަޖިލީސް މެންބަރުންގެ މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުންގެ މައްސަލަތައް ފުލުހުން އަންނަނީ ބަދަލުމުންނެވެ. އެގޮތުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕާލިމެންްޓްރީ ގްރޫޕު ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ) އާއި މާފަންނު ހުޅަނގު ދާިއރާގެ މެންބަރު މުހައްމަދު ފަލާހު ގެ މައްސަލައެއް ވެސް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. އަދި އެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ދަނީ ސުވާލުކުރަމުންނެވެ. މީގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ފުލުހަށް ހާޒިރުކޮށް މި މައްސަލައިގައި ބަޔާން ނަގާފަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު