Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުމޫދުގެ މަރުގެ މައްސަލަ

މަހުމޫދުގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށް މަރު

ދައުވާ އުފުލާފައިވަނީ، ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2022 | ބުރާސްފަތި 11:28
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ, ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެފައިވާތީ އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާކަމަށް މަހުމޫދުގެ ވާރިސުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

މި އަޑުއެހުން ކުރިއަށް ގެންދަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުންއަޑުއެހުމެއްބާއްވާފައިވަނީ ޖެނުއަރީ 26ގައެވެ. އެގޮތުން  މި މައްސަލައިގައި ޝާ އަލޮމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ދައުވާއަށް އިއުތިރާފުވެ، ޝަރީއަތުގެ މަޖިލީހުގައާއި އަދި އެ ދުވަހުގެ އަޑުއެހުމުގައިވެސް އެ އިއުތިރާފް ދަމަހައްޓާފައިވާތީ, އެއީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅައި، ޝާ އަލޮމް މިއާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައެޅުއްވިއެވެ.

މަހުމޫދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑާމެދު އަމަލުކޮށްފައިވާ ގޮތުން އުފުލާފައިވާ, މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާވެސް ދައުލަތުން އިއްވާފައިވާއިރު، އެ ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެއާއެކު އެ ދައުވާވެސް ސާބިތުވާކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ, ދައުވާތައް ސާބިތުވުމާއެކު, ވާރިސުންގެ ހެކިބަސް ނެގުމަށްފަހު އަދަބު ކަނޑައެޅުމަށް އެދިލައްވަޑައިގެންފައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ބައެއް ވާރިސުން އެވަގުތު ބަލިކޮށް އުޅުމާއި، ބައެއް ވާރިސުން ކަރަންޓީންގައި ތިބުމާއެކު، ވާރިސުންގެ ބަސް ނެގުން އެ ދުވަހު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް ވާރިސުން ސާބިތު ކުރުމަށް ހެކިންގެ ހެކިބަސް ނެގުން އެ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ.

މަހުމޫދު ނިޔާވިއިރު ވާރިސުންގެ ގޮތުގައި ތިބީ އޭނާގެ އަންހެން ދަރިންކަމަށްވާ މަރިޔަމް ނައުމާއާއި، މަރިޔަމް މިޒްނާ އަދި ފިރިހެން ދަރިންގެ ތެރެއިން ފިޒާންއާއި، އަހުމަދު ފިރުޝާން، އިބްރާހިމް ފަރުޝާން އަދި މަހުމޫދުގެ މަންމައެވެ. މަހުމޫދުގެ ބައްޕަ މިވަގުތު ދުނިޔޭގައެއް ނެތެވެ. މަހުމޫދު މަރުވުމުގެ ކުރިން އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ.

އަދި މަހުމޫދު ނިޔާވިއިރު އޭނާގެ އަނބިމީހާ މުއުމިނާ އުމަރުވެސް ދުނިޔޭގައި އެބަހުއްޓެވެ.

އެ އެންމެންގެ ހެކިބަސްވެސް ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި ވަނީ ނަގާފައެވެ. އެންމެންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު