Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފްގެ ދަތުރުފުޅު

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، އެމްއެންޑީއެފްގެ މައި މަރުކަޒަށް ޒިޔާރަތްކުރައްވައިފި

16 ފެބުރުއަރީ 2022 | ބުދަ 11:02

ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 16 ފެބުރުއަރީ 2022 | ބުދަ 11:02
ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ގެހަށް ކުރެއްވި އަރި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ގެހަށް ކުރެއްވި އަރި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް އެސް.އެމް ޝަފީއުއްދީން ރާއްޖެއަށް ކުރައްވަމުންގެންދަވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އެމްއެންޑީއެފްގެ ހެޑްކޯޓަރޒްއަށް ޒިޔާރަތްކުރައްވައިފިއެވެ.

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، އެމްއެންޑީއެފްގެ ހެޑްކޯޓާރޒްއަށް ބުދަ ދުވަހު ޒިޔާރަތްކުރެއްވުމުން އެ މަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުالله ޝަމާލްގެ އަރިހަށް އެމަނިކުފާނު، އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު މާރިޔާއާއި ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާ، ބަންގްލަދޭޝް އަސްކަރިއްޔާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އެގޮތުން 2014 ގެ ސުނާމީއާއި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދާދި ފަހުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރެއްވި ޔޫޓިލިޓީ ވެހިކަލްތަކުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އެ ކަމަނާ ވަނީ، ބަންގްލަދޭޝް ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލާއި ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ބޭއްވި ބައްދަލުވުމުގައި، ދެ ގައުމު ދެމެދު ދިފާއީ އަދި އަސްކަރީ ދާއިރާއިން ގުޅުންތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހި އަސްކަރިއްޔާއާއި ބަންގްލަދޭޝް އަސްކަރިއްޔާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރައްވައި، މި ގުޅުމުގެ ތެރެއިން ދެ ގައުމަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާއި ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ފަސޭހަވެގެން ގޮސްފައިވާކަމަށް ދެންނެވިއެވެ. އަދި، ރާއްޖެއަށް ކުރިމަތިވެފައިވާ ކާރިސާތަކާއި، ބޮޑެތި ހާދިސާތަކުގައި ބަންގްލަދޭޝްގެ އަސްކަރިއްޔާއިން އަބަދުވެސް އެހީތެރިވެދެއްވާކަން ފާހަގަކުރައްވައި މިކަމަށް ބަންގްލަދޭޝް ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާއަށް ޗީފް އޮފް ޑިފެންސް ފޯސް ޝުކުރު އަދާކުރައްވާފައިވެއެވެ. ވަކިން ޚާއްސަކޮށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝް އަސްކަރިއްޔާއިން ވެދެއްވާފައިވާ އެހީތެރިކަން ޗީފް އޮފް ޑިފެންސް ފާހަގަކުރެއްވިއެވެ.

މި ޒިޔާރަތުގައި، ބަންގްލަދޭޝް އާމީ ޗީފްގެ އަރިހުގައި، ބަންގްލަދޭޝް އާރމީގެ 7 ވަނަ އިންފެންޓްރީ ޑިވިޝަންގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ މޭޖަރ ޖެނެރަލް ޚާން ފިރޯޒް އަހުމަދާއި، ބަންގްލަދޭޝްއިން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކޮމޮޑޯރ ޝަފީއުލް ބާރީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން، މި ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަށްފަހު، ބަންގްލަދޭޝް އަސްކަރިއްޔާއާއި، އެމްއެންޑީއެފްއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ޑިފެންސް ކޯރޕަރޭޝަންގެ ދާއިރާ ފުޅާކުރުމާ ބެހޭގޮތުން އެމްއެންޑީއެފްގެ ސަރވިސްތަކުގެ އިސް އޮފިސަރުންނާއި، ސްޓާފް އޮފިސަރުންނާއެކު މަޝްވަރާތައް ބާއްވާފައިވެއެވެ. މި މަޝްވަރާތަކުގައި، އެމްއެންޑީއެފްއަށް ބޭނުންވާ ލޮޖިސްޓިކްސް އައިޓަމްސް (ޔުނިފޯމް، ބޫޓު، ފީލްޑް ގިއަރފަދަ ތަކެތި) ހޯދުމާ ބެހޭގޮތުންނާއި، ސިފައިންގެ ކޯރޕަރޭޓް ޔުނިޓްތައް ކަމުގައިވާ ސިފްކޯ އަދި ސިވެކްއާއެކު ގުޅުން ގާއިމްކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް އެމްއެންޑީއެފް ހެޑްކޯޓަރޒްއަށް ކުރެއްވި ޒިޔާރަތުގައި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި، ސީނިއަރ އެންލިސްޓެޑް ލީޑަރުންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، މި ސަރަހައްދުގެ ސަލާމަތީ މަޝްރަހާ ބެހޭގޮތުން، އަދި ވަކިން ޚާއްސަކޮށް، ބަންގްލަދޭޝްއާއި ރާއްޖޭގެ ސަލާމަތަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. އަދި، ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި ރަހުމަތްތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ދެ ގައުމު ގުޅިގެން މިފަދަ ނުރައްކާތަކާއި ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިއްމުކަމާއި، މިކަމުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް ކުރާނެ ފައިދާތަކާ ބެހޭގޮތުން މައުލޫމާތު ދެއްވާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

05 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް