Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ހިޔާނަތުގެ މައްސަލަ

ޝަރީއަތް ލައިވް ކުރެވެންދެން އާރަށު ޚިޔާނަތުގެ އަޑުއެހުންތައް ލަސްކޮށްދިނުމަށް ޔާމީންގެ ފަރާތުން އެދޭ

ދިފާއުން ވަނީ ކޯޓުގައި ވަސީލަތް ނެތްނަމަ، އަމިއްލަ ބަޔަކާ ހަވާލުކޮށްގެންވެސް ލައިވްކޮށްދޭން އެދިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2022 | ބުދަ 08:37
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިޔަށްގެންދަމުން

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިޔަށްގެންދަމުން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރެވެންދެން ޝަރީއަތް ލަސްކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގަންނަވައިފިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، 13 ޖެނުއަރީ 2022ގައި ބޭއްވިއަޑުއެހުމުގައި ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މިމައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް، އެކަމަށް ގޮތެއް ނިންމަވައި 27 ޖެނުއަރީގައި ބޭއްވި އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ, ޝަރީއަތް ލައިވް ނުކުރެވެނީ މިވަގުތު ކޯޓުގެ އިދާރީ އިންތިޒާމުތައް ހުރި ގޮތުން އެކަމުގައި ދަތިތަކެއް ހުރުމުންކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން 10 ފެބްރުއަރީގައި ބޭއްވި އަޑުއެހުމުގައިވެސް ދިފާއުން ވަނީ ކޯޓުގައި ވަސީލަތް ނެތްނަމަ، އަމިއްލަ ބަޔަކާއި ހަވާލުކޮށްގެންވެސް ލައިވްކޮށްދޭން އެދިފައެވެ.

ބުދަ ދުވަހު މި މައްސަލައިގައި ކުރިއަށްދިޔަ އަޑުއެހުމުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވަނީ ޝަރީއަތް ލައިވް ކުރުމާ ގުޅޭގޮތުން ދިފާއުން ހުށައަޅާފައިވާ ހުށައެޅުމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރައީސް ޔާމީނުގެ ހައްގުތައް ދިފާއު ކުރުމަށްޓަކައިވެސް ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށް ގެންދަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ. އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނުވެސް ވަނީ, ޝަރީއަތާއި ގުޅޭގޮތުން އެކި ފަރާތްތަކުން އިންޒާރުތައް ދެމުންދާކަން ފާހަގަކުރައްވައި، އެމަނިކުފާނަށް އޮތް ރައްކާތެރިކަމަކީ ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުންކަމަށް ވިދާޅުވެފައެވެ.

ދައުލަތުންވެސް ވަނީ ދިފާއުން އެދޭގޮތަށް ޝަރީއަތް ލައިވް ކުރުމަކީ ދައުލަތުންވެސް އެދޭ ގޮތްކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ސްޓޭންޑަކީ ކޮރަޕްޝަންގެ ހުރިހާ މައްސަަލައެއްވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުންކަމަށް ދައުލަތުން ބުނާ ބުނުން އެ އަޑުއެހުމުގައިވެސް ވަނީ ތަކުރާރުކޮށްފައެވެ.

މީގެއިތުރުން، ކޯޓުގައި ވަސީލަތް ނެތްނަމަ ރައީސް ޔާމީނުގެ މައްޗަށް މީގެ ކުރިން ކުރިއަށްދިޔަ ޝަރީއަތުގައި އަމަލުކުރި ގޮތަށް، އަމިއްލަ ބަޔަކާއި ނުވަތަ މީޑިއާއަކާއި ހަވާލުކޮށްގެން ޝަރީއަތް ލައިވްކޮށް ބްރޮޑްކާސްޓް ކުރެވޭ ގޮތް ހަމަޖައްސައިދިނުމަށް ދިފާއީ ވަކީލުންގެ އިތުރުން ދައުލަތުގެ ވަކީލުންވެސް އެދިލެއްވިއެވެ.

އެ މައުޟޫއަށް ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ކޯޓުގެ ވަސީލަތްތައް މިވަގުތު ހުރި ގޮތުން ޝަރީއަތްތައް ލައިވް ކޮށްގެން ކުރިއަށް ގެންދެވެން ނެތް ނަމަވެސް، އެއީ އަޑުއެހުންތައް މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އަމިއްލަ ބަޔަކާ ހަވާލުކޮށްގެން އެ ކަން ކުރިއަށް ގެންދިއުމާމެދު ކޯޓުގެ ގާޒީންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވިދާނެކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައިވެސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އަދި ރައީސް ޔާމީނުވެސް މި އަޑުއެހުމުގައި ވަނީ ޝަރީއަތް ލައިވް ކުރެވޭގޮތް ހަމަޖެހެންދެން އަޑުއެހުންތައް ފަސްކޮށްދިނުމަށް އެދިލައްވާފައެވެ.

ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމަކަށް އެކަމަށް ޙައްލެއް ހޯދުމަށް ކުރެވެން އޮތް މަސައްކަތެއް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މިހާރުވެސް ކޯޓުން އައިޓީ އޮފިސަރެއް ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ޢަޑުއެހުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ މުޙައްމަދު ޖަމީލް ވިދާޅުވީ، 6 މާރޗުގައި އޮންނަ އަޑުއެހުމަށްވާއިރު މި ޝަރީއަތް ލައިވް ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމާއިމެދު އުއްމީދު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަނޑިޔާރު ގޭގައި ތިއްބެވި ފަނޑިޔާރުން ކުޑަކަކޫ ނުޖައްސަވާނެކަމަށް އިތުބާރު އޮންނަކަމަށް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު