Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކި ބިން

ބީޗް ފްރަންޓުން ލިބުނު ބިން އިޚުތިޔާރުކުރުމުގެ ފުރުސަތު މިމަހުގެ 21 ގައި، ބީޗް ސައިޑުން މިމަހު 23 ގައި

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ހުޅުވާލީ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2022 | ބުދަ 01:07
ހުޅުމާލެ

ހުޅުމާލެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކަން ނިންމި ބިމުގެ ތެރެއިން އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި 26 ފަރާތަށް ލިބުނު ބިން އިޚުތިޔާރު ކުރުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހު އޮންނާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސުހައިލް ވިދާޅުވީ ބުދަ ދުވަހު އޮންނަ ބީޗް ސައިޑުން ވިއްކާ 34 ގޯތީގެ ބީލަން ކާމިޔާބު ކުރާ ފަރާތްތަކަށް ލިބޭ ބިން އިޚުތިޔާރު ކުރުން މިމަހުގެ 23 ގައި އޮންނާނެކަމަށެވެ. އެކަން ބާއްވާތަނެއް އަދި ހަމަނުޖައްސާކަަމަށާއި އެކަމާއި ގުޅޭ ތަފްސީލުތައް ފަހުން އެޗްޑީސީން ހާމަކުރާނެކަމަށް ސުހައިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ހުޅުވާލީ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި ބީޗް ސައިޑްގެ 34 ގޯތި ވިއްކުމަށެވެ.

އޭގެ ތެރެއިން މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނީ ބީޗް ފްރަންޓްގެ ގޯތިތަކަށް ބީލަށް ހުށަހެޅުން ކުރިޔަށް ގެންގޮސްފައެވެ. އަދި އެންމެ އަގުބޮޑުކޮށް ބިޑް ހުށަހެޅި 26 ފަރާތަށް ވަނީ ބިން ދީފައެވެ.

އެޗްޑީސީން ބުނީ ބީޗް ސައިޑްގެ ބިންތައް ވިއްކުމަށް ބީލަން ފޯމު ބަލައިގަތުން އޮންނާނީ ބުދަ ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް, ހ. މީރުމާ އިވެންޓްސްގެ ދެ ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ބީލަން ފޯމު ހުޅުވުން އޮންނާނީ މެންދުރު 13:00ގައި، ހ.މީރުމާ އިވެންޓްސްގެ ދެ ވަނަ ފަންގިފިލާގައެވެ.

ބީޗް ފްރަންޓުން ގޯތި ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގު ކަމަށް އެޗްޑީސީން ކަނޑައަޅާފައި ވަނީ، އަކަފޫޓަކަށް 3،900 ރުފިޔާއެވެ. އަދި ބީލަން ފޯމު ވިއްކުމަށް ހަމަޖެހިފައި ވަނީ 500 ރުފިޔާއަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނަގާނީ 320،000 ރުފިޔާ ކަމަށެވެ.

އެޗްޑީސީން ބުނީ މިފަހަރު ބިން ގަންނަން ހުޅުވާލި ފުރުސަތުގައި އަލަށް ބިން ގަންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި, ދިރިއުޅުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ މީހުންނަށް ވެސް އިސްކަންދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު