Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ރަށްވެހިންގެ ބޯހިޔާވަހިކަމުގެ މައްސަލަ

މާލޭ ރަށްވެހިންނަށް ހުޅުމާލެއިން ދޫކުރާ 1000 ގޯތި ހަމަޖެއްސުމުގެ މަސައްކަތް މިދަނީކުރަމުން: ސުހައިލް

1250 އަކަފޫޓްގެ 1000 ގޯތި ދޫކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2022 | ބުދަ 01:08
ހުޅުމާލެ

ހުޅުމާލެ

ހުޅުމާލެއިން މާލޭގެ ރަށްވެހިންނަށް ދިނުމަށް ހަމަޖެހިފައިވާ 1000 ގޯތި ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި އެކަމާއި ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސުހައިލް ވިދާޅުވީ ގޯތި ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ އިން އެދިފައިވާކަމަށެވެ. އެހެންކަމުން މިހާރު އެކަން ހަމަޖެއްސުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާކަމަށް ސުހައިލް ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ މި 1000 ގޯތީގެ ބޮޑުމިނަކަށް ވާނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ކުރިން ދޫކުރި ގޯތިތަކުގެވެސް ބޮޑުމިނާއި އެއްވަރުގެ ބޮޑުމިނެއްކަމަށެވެ. އެއީ 1250 އަކަފޫޓްގެ ގޯއްޗެވެ.

Advertisement - newsAdvertisement

ސުހައިލް ވިދާޅުވީ ގޯތިތައް ހަމަޖެއްސުމަށްފަހު ސަރުކާރާ އެޗްޑީސީން ހަވާލުކުރާނެކަމަށާއި ގޯތިތައް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެކަމަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމަވާފައިވާކަމަށާއި އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދެއްވާނެކަމަށެވެ. މީގެ އިތުރުން ގިރާވަރު ފަޅު ހިއްކައި, އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަސައްކަތް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް މިސަރުކާރުން ހައްލު ގެނައުމަށް ފަށާ މިމަޝްރޫޢުގެ އިތުރު ތަފްސީލު ދެއްވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ އެންމެ ފުރަތަމަ ގޯތި ދޫކުރާނީ ހުޅުމާލެއިންކަމަށެވެ. އަދި އެއަށްފަހު ގުޅީފަޅުންކަމަށެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢު ކުރިޔަށްދާނީ ވަކި މަޝްރޫއެއްގެ ގޮތުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. ގިރާވަރު ފަޅުން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ޖެހި ހިސާބުތަކުން ފެންނަން ހުރީ މާލޭގެ ރަށްވެހިންގެ ތެރެއިން އެންމެ ބޮޑަށް ބިން ބޭނުންވާ 5000 އާއިލާ އުޅޭކަމަށާއި, ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާ އުޅޭކަމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދެއްވުމަށްފަހު ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު