Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓްގެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތް

ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި އަންނަ ހަފްތާ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ކުރާނަން: ސުހައިލް

16 ފެބުރުއަރީ 2022 | ބުދަ 01:11

މިހާރު އިތުރު ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ފެބުރުއަރީ 2022 | ބުދަ 01:11
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު

ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި އަންނަ ހަފްތާ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސުހައިލް ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި އާއްމުން ފުރަތަމަ ދިރިއުޅެން ފެށިއިރު ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު ގިނަ މައްސަލަތައް ހައްލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާބާދުވަމުން އަންނަ ސަރަހައްދަކަށްވާތީ އެކިއެކި މައްސަލަތައް ފެންމަތިވާނެކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް ޚާއްސަ ފިހާރައެއް ހުޅުވުނު ކަމަށާއި، ނަމަވެސް ބޮޑު އާބާދީއަކަށް އެކަށީގެން ނުވާ ކަމަށެވެ. ކުރެވުނު މަސައްކަތްތަކާއެކު މިހާރު އިތުރު ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާތެރޭގައި ދެ ސްޕަރ މާކެޓެއް ހުޅުވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސުހައިލް ވިދާޅުވީ ސެލޫންތަކާއި، ކްލިނިކްތަކާއި، އެހެނިހެން ވެސް ރައްޔިތުން ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ލިފްޓުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް ވެސް މެއިންޓަނަންސްގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެމަސައްކަތް ކުރަމުންދާ ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ލިފްޓުން ކަރަންޓު ކެނޑުމާއި ހުއްޓުމުގެ މައްސަލަތައް ވަރަށް ދިމާނުވާ ކަމަށެވެ. މޫސުން ގޯސްވެ، ވާރޭ ވެހޭ ދުވަސްދުވަހު ފްލެޓްތަކަށް ފެން ވަންނަ މައްސަލައާ ގުޅޭގޮތުން ސުހައިލް ވިދާޅުވީ ކޮންޓްރެކްޓަރު މެދުވެރިކޮށް އެމައްސަލަ ބަލާފައިވާ ކަމަށާއި، ފެން ވަންނަ ކުޑަ ދޮރުތަކުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިިޔާ ފްލެޓްގެ މަގު ހެދުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ސުހައިލް ވިދާޅުވީ މަގު އޮންނަ ގޮތުން އެކަމުގެ ދަތިތައް ވެސް އާއްމު ރައްޔިތުންނަށް ކުރިމަތިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެކަމަށް އޮތީ ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ހިތް ފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުމަށް އެޗްޑީސީން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މައްސަލައެއް ފެންމެތިވި ނަމަވެސް ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު، އެ މައްސަލައަކަށް އޮތް އެންމެ ރަނގަޅު ހައްލު ހޯދައިދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކަށް މިހާތަނަށް ގާތްގަނޑަކަށް 3000 އާއިލާއަކުން ބަދަލުވެފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެޗްޑީސީން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް