Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ6 އެއަރޕޯޓެއް އެޅުމަށް އަލުން އިއުލާންކުރުން

6 އެއަރޕޯޓްގެ އަގުކުޑަކޮށް، ބަޔަކު ހޯދުމަށް އިއުލާންކޮށްފި

15 ފެބުރުއަރީ 2022 | އަންގާރަ 18:29

ސަރުކާރުން މި އަހަރުގެ ބަޖެޓުގައި އެއާޕޯޓުތައް ތަރައްގީކުރުމަށް 263 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ފެބުރުއަރީ 2022 | އަންގާރަ 18:29
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް

ރާއްޖޭގެ 6 ރަށެއްގައި އެއަރޕޯޓް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ޕްލޭނިންގ މިނިސްޓްރީން ކުރިން ކުރި އިއުލާންގައިވާ, މަދުވެގެން ހުށަހެޅޭ ކަމަށް ބަޔާންކޮށްފައިވާ 5 މިލިއަން ޑޮލަރު، 3 މިލިއަނަށް ކުޑަކުރުމަށްފަހު އެ އެއަރޕޯޓްތައް ތަރައްގީކުރުމަށް އަލުން ހުޅުވާލައިފިއެވެ.

ކްރޮސް-ސަބްސިޑީގެ ގޮތުގައި ރާއްޖޭގެ 6 ރަށެއްގައި އެއަރޕޯޓް ތަރައްގީކުރާނެ، ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަށް ޕްލޭނިންގ މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. ފައިނޭންސްކުރާނެ ބަޔަކު ހޯދުމަށް އަލުން 6 ސަރަހައްދުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ފައިނޭންސް ކުރުމަށް އާންމުކޮށް ހުޅުވާލެވުނު ދައުވަތު ވަނީ ބަދަލުވެފައިކަމަށް, އަލުން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އިއުލާންކުރި އެއަރޕޯޓްތަކުގެ ޖުމްލަ އަދަދު 133،900،000 (ސަތޭކަ ތިރީސްތިން މިލިއަން ނުވަދިހަ ހާސް) ޑޮލަރަށް އަރައެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 2 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުހެ ކުރީކޮޅުވެސް ސަރުކާރުން ވަނީ ރާއްޖޭގެ 4 ރަށެއްގައި އެއަރޕޯޓް ތަރައްގީކުރުމަށް ހުޅުވާލާފައެވެ. އެފަހަރު އިއުލާންކޮށްފައިވާ ރަށްތަކަކީ ބ. ތުޅާދޫ، ށ. ބިލެއްފަހި، ތ. ވިލުފުށި އަދި ހދ. މަކުނުދޫއެވެ. އޭގެފަހުން އަހަރު ނިމެންދަނިކޮށް އިއުލާންކޮށްފައިވަނީ މިހަތަރު ރަށުގެ އިތުރުން ރ އަތޮޅުގެ ދެކުނު ބިތުގަޔާއި ފ. މަގޫދޫގައި އެއަރޕޯޓެއް ތަރައްގީކުރުމަށެވެ. ރ. އަތޮޅު ދެކުނުބިތުގައި އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށް އަދި ކަނޑައެޅިފައެއްނުވެއެވެ.

ރ. އަލިފުށީ ބިން ހިއްކުމުގެ މަސައްކަތާއި އެރަށުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އަލިފުށީގައި އެއަރޕޯޓް އެޅުމަށް މިއަހަރުގެ ސެޕްޓެމްބަރ މަހު ނިންމައި، އެކަން އެމްޓީސީސީއާ ހަވާލުކުރުމާގުޅިގެން އެއަތޮޅުގެ ގިނަ ބަޔެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވިއެވެ. އޭގެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ރ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެއަތޮޅުގެ ދެކުނު ބިތުގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާ ބައްދަލުކުރައްވައި، ދެކުނު ބިތަށް އެއަރޕޯޓެއް މުހިންމުކަމުގެ ވާހަކަ ވަނީ ހިއްސާކުރައްވާފައެވެ. އެދަތުރުފުޅުގައި ރައީސް ވަނީ ރ އަތޮޅުގެ ދެކުނު ބިތުގައިވެސް އެއަރޕޯޓެއް އަޅުއްވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަލިފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް، ދެކުނު ބިތުގައި އިތުރު އެއަރޕޯޓެއް އަޅަން ނިންމާފައިވާއިރު، އެ އަތޮޅު އިފުރުގައި މިހާރު ވެސް އަންނަނީ ޑޮމެސްޓިކް އެއާޕޯޓެއް ހިންގަމުންނެވެ.

ޕްލޭނިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ކޮންމެ އެއަރޕޯޓަކަށް ހޭދަވާނެކަމަށް އަންދާޒާކޮށްފައިވާ އަދަދުތަކަކީ:

ހދ. މަކުނުދޫ : 23,300,000 ޑޮލަރު

ށ. ބިލެތްފަހި: 23,600,000 ޑޮލަރު

ބ. ތުޅާދޫ: 21,900,000 ޑޮލަރު

ތ. ވިލުފުށި: 33,300,000 ޑޮލަރު

ފ. މަގޫދޫ: 8,200,000 ޑޮލަރު

ރ. އަތޮޅު ދެކުނުބިތުގައި: 23,600,000 ޑޮލަރު

ޕްލޭނިންގ މިނިސްޓްރީން ބުނީ މިއިން ކޮންމެ އެއަރޕޯޓަކީ ވަކި މަޝްރޫއެއް ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރުމުގައި، ތަރައްގީކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއަރޕޯޓު މަޝްރޫއަކަށްކަން ބަޔާންކުރަންވާނެކަމަށެވެ. ޝައުގުވެރިކަން ފާޅުކުރުމުގައި، މުޅި އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިނޭންސް، ނުވަތަ އެއިން ބައެއް, ފައިނޭންސް ކުރުމަށް ހުށަހެޅިދާނެއެވެ. އެއަރޕޯޓް ތަރައްގީ ފައިނޭންސްކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓް އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި, ކަނޑައިދެވޭނެއެވެ.

މި މޮޑެލްގެ ދަށުން، ދައުވަތަކާނުލައި ބިޑްކުރުމުގެ އުސޫލުގެ (އަންސޮލިސިޓަޑް ޕްރޮޕޯސަލްސް ޕޮލިސީގެ) ދަށުން، ޝަޢުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. އީމެއިލުން ނަމަ ފޮނުވާނީ proposals@trade.gov.mv އަށެވެ. ޝައުގުވެރިކަން ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯސަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

ސަރުކާރުން މި އަހަރުގެ ބަޖެޓުގައި އެއާޕޯޓުތައް ތަރައްގީކުރުމަށް 263 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް