Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފައިސަލް ކުޅުން ހުއްޓާލަނީ

ފުޓުބޯޅައިގެ ހާލަތު ގޯސްކަމަށް ބުނެ ފައިސަލް ކުޅުން ހުއްޓާލަނީ

15 ފެބުރުއަރީ 2022 | އަންގާރަ 14:47

ކުޅުން ހުއްޓާލުމަށްފަހު ފުޓުބޯޅައިގެ ހާލަތު ކިޔައިދޭނެ ކަމަށް ބުނި

އަތޫފް އާތިފް
އަތޫފް އާތިފް | 15 ފެބުރުއަރީ 2022 | އަންގާރަ 14:47
ރާއްޖޭގެ ތަޖުރިބާކާރު ގޯލްކީޕަރު މުޙައްމަދު ފައިސަލް

ރާއްޖޭގެ ތަޖުރިބާކާރު ގޯލްކީޕަރު މުޙައްމަދު ފައިސަލް

ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ގޯސްކަމަށާއި، އެ ހާލަތު ކިޔައިދޭނެ ކަމަށާއި، މިހާރު ތައްޔާރުވަމުން މިދަނީ ފުޓުބޯޅަ ކެރިއަރު ހުއްޓާލަން ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކީޕަރު މުޙައްމަދު ފައިސަލް ބުނެފިއެވެ.

ފައިސަލް އޭނާގެ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ބުނީ ފުޓުބޯޅަ ކުޅުން ހުއްޓާލަން ބޭނުންވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި، ބޭނުމަކީ ސަޕޯޓަރުންނަށް އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ފައިސަލް ބުނީ އޭނާ ފުޓުބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލާ ދުވަހު، ކަމުގެ ހަގީގަތް ހޯދަން ގުޅާ ކޮންމެ "ނޫހަކަށް" އަމިއްލަ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ވަރަށް ސާފުކޮށް ކިޔާދޭނެ ކަމަށެވެ. އަދި ދިވެހި ފުޓުބޯޅަ ދެކެ ލޯބިވާ އެންމެންއަށް ނޭނގޭ އެތަށް ހަގީގަތެއް ދިވެހި ފުޓުބޯޅައިގައި ވާކަމަށާއި، އެކަންކަންވެސް ހާމަކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

މި ޕޯސްޓަށް ކޮމެންޓް ކުރި ފަރާތްތަކަށް ޖަވާބުދެމުން ފައިސަލް ބުނީ ކުޅުން ހުއްޓާލާ ދުވަހު ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ބުނާނެ ކަމަށާއި، ހުރިހާ ކަމެއް އެންމެންއަށް ހާމަކޮށްދޭނެ ކަމަށެވެ. އަދި އެ ދުވަހުން ދިވެހި ފުޓުބޯޅަ ހަލާކުކުރާ މީހުން ހާމަކުރާނެ ކަމަށްވެސް ފައިސަލް ބުނެފައިވެއެވެ.

ކާމިޔާބު ކެރިއަރަކަށްފަހު ފައިސަލް ފުޓުބޯޅައިން ރިޓަޔަރކުރަން ތައްޔާރުވަމުން އަންނަކަން ހާމަކުރިއިރު އޭނާ ފުޓުބޯޅަ ކެރިއަރު ފަށާފައިވަނީ 2006 ވަނަ އަހަރު ކްލަބް އޭވައިއެލް އިންނެވެ. އަދި އެއަށްފަހު ރާއްޖޭގެ ބޮޑެތި ހުރިހާ ކުލަބަކަށް ކަހަލަ ގޮތަކަށް ފައިސަލް ކުޅެފައިވެއެވެ. އެގޮތުން ވިކްޓްރީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް، އީގަލްސް، ވެލެންސިއާގެ އިތުރުން ޑަ ގްރާންޑޭގެ ޖާޒީގައިވެސް ފައިސަލް ފެނިގެންގޮސްފައިވެއެވެ.

ދިވެހި ގައުމީ ޓީމާއެކު 2018 ވަނަ އަހަރު ފައިސަލް ސާފް ޗެމްޕިއަންޝިޕް ގެ ތަށީ އުފުލާލިއިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ފައިސަލް އެވެ. އަދި 2010 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ފައިސަލް ވަނީ ސައުތް އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
02 މެއި 2017

މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން

02 މެއި 2017
މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން
16 އެޕްރީލު 2017

ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި

16 އެޕްރީލު 2017
ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި
15 އެޕްރީލު 2017

އަޅުގަނޑުމެންނަށް މޮޑަން ފުޓުބޯޅައިގެ ޓޮޕް ލެވަލް އެއް ނޭނގޭ: ސޮބާ

15 އެޕްރީލު 2017
އަޅުގަނޑުމެންނަށް މޮޑަން ފުޓުބޯޅައިގެ ޓޮޕް ލެވަލް އެއް ނޭނގޭ: ސޮބާ
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް