Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެގައުމުން ފައިބަން ބޭނުންވާކަމަށް ބުނެފި

ހާލަތު މޮނިޓަރކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2022 | އަންގާރަ 13:36
ޔޫކްރެއިންގެ ވެރިރަށް ކީވް

ޔޫކްރެއިންގެ ވެރިރަށް ކީވް

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެގައުމުން ފައިބަން ބޭނުންވާކަމަށް ބުނެފިއެވެ.

"ރާއްޖެއެމްވީ"އާ ވާހަކަދެއްކި, ޔޫކުރެއިންގެ ޚާރްކީވްގައި ކިޔަވަމުންދާ ދަރިވަރުން ބުނީ, ކަންބޮޑުވުންތައް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއާ ހިއްސާކޮށްފައިވާ ކަމަށާއި، އެގައުމުން ފައިބަން ބޭނުންވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު ފޭބޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، ފްލައިޓްތައް ފުލް ކަމަށެވެ. މަސްރަހު ގޯސްވަމުންދާއިރު، މިއަދާ ހަމައަށް ވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާތީ ކަންބޮޑުވާ ކަމަށް އެ ދަރިވަރުން ބުނެއެވެ. އަދި އެމްބަސީން ދޭ ޖަވާބަކީ, ހާލަތު ބަލަމުންދާ ކަަމަށާއި އަދި ސަރުކާރުން ވަކި ގޮތެއް ނުނިންމާކަމަށެވެ.

Advertisement - newsAdvertisement

އެގައުމުން ފައިބަން ބޭނުންވާކަމަށް ދަރިވަރުން ބުނެފައިވާއިރު، އާއްމު ހާލަތު ރަނގަޅެވެ. ނަމަވެސް މިވަގުތު ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. އަދި މިހާތަނަށް އައިއިރު ކިޔަވަމުންދާ ޔުނިވަރސިޓީން ވެސް ކްލާސްތައް ކުރިއަށް ނުގެންދަން ނިންމާފައި ނުވާކަމަށް އެދަރިވަރުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ހާލަތު މޮނިޓަރކުރަމުންދާކަމަށެވެ.

ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭނެކަމަށް އެމެރިކާއިން ބުނެފައިވާއިރު, ޔޫކްރެއިންގެ ރައީސް ހޯމަ ދުވަހުގެ ރޭ ވަނީ, އެއީ ޔޫކްރެއިންގެ އެއްބައިވަންތަކަމުގެ ދުވަސްކަމުގައި ކަނޑައަޅުއްވާފައެވެ. ޔޫކްރެއިންގެ ޚާރްކީވްގައި ދިވެހި 34 ކުދިން އެބަތިއްބެވެ.

ޔޫކްރެއިނުން ބޭރުވާން ބޭނުންނަމަ ޚާރްކީވްގައި ތިބި ދަރިވަރުން އެންމެ ފުރަތަމަ ދާންޖެހޭނީ ޔޫކްރެއިންގެ ވެރިރަށް ކީވްއަށެވެ. އެއަށްފަހު ޔޫކްރެއިނުން ބޭރުވެވޭއިރު, އެދަރިވަރުން ބުނީ އެންމެ އަވަހަށްވެސް ޚަރްކީވްއިން ފްލައިޓެއް ލިބެން އޮތީ ބުރާސްފަތި ދުވަހުގެ ފަހުންކަމަށެވެ. ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭނެކަމަށް ޔޫކްރެއިންގެ ރައީސް ވިދާޅުވަނީ ބުދަ ދުވަހުއެވެ. އެހެންކަމުން މިހާރުގެ ހާލަތު ބަލާއިރު ޔޫކްރެއިނުން ނުކުންނަން ވަރަށް އުނދަގޫވާނެ ކަމަށާއި, އެންމެ ބޮޑު ކަންބޮޑުވުމެއް ކުދިންގެވެސް އޮތީ އެކަމުގައިކަމަށެވެ.

އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތަކަކުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ވީއެންމެ އަވަހަށް ޔޫކްރެއިނުން ފޭބުމަށް އަންގާފައެވެ. އަދި ބައެއް ގައުމުތަކުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ބާލުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު