Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިކޮނޮމިކް މިނިސްޓްރީއާ ޔޫއެންޑީޕީގެ އެއްބަސްވުން

އިކޮނޮމިކް މިނިސްޓްރީއާ ޔޫއެންޑީޕީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

15 ފެބުރުއަރީ 2022 | އަންގާރަ 12:33

4 ދާއިރާއަކުން އެއްބާރުލުން ކުރިޔަށް ގެންދިޔުމަށް އެއްބަސްވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ފެބުރުއަރީ 2022 | އަންގާރަ 12:33
އިކޮނޮމިކް މިނިސްޓްރީއާ ޔޫއެންޑީޕީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިކޮނޮމިކް މިނިސްޓްރީއާ ޔޫއެންޑީޕީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަރުކާރުގެ ޕޮލިސީތައް ކަނޑައެޅުމުގައި އެވިޑެންސް ބޭސްޑް ޕޮލިސީ މޭކިންގއަށް ރިއާޔަތްކުރުމަށާއި, އދ.ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި, ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު މައިގަނޑު 4 ދާއިރާއަކުން އެއްބާރުލުން ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީއާ މިނިސްޓްރީއާ ދެމެދު ފާއިތުވި އަހަރުތަކުގައި ދެމެހެއްޓިފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ޔޫއެންޑީޕީން 2022ން 2026އާ ހަމައަށް ހިންގުމަށް އެކުލަވާލާފައިވާ ރާއްޖޭގެ އައު ކަންޓްރީ ޕްރޮގްރާމް ޑޮކިޔުމަންޓް ތަރައްގީކޮށް, މިޕްރޮގްރާމްތައް އިތުރު ހަލުވި މިނެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވެގެންދާނެއެވެ.

Advertisement - newsAdvertisement

މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލްއެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް އެންރީކޯ ގަވޭލިއާއެވެ.

މި އެމްއޯޔޫގައި އެއްބާރުލުންދިނުމަށް އެއްބަސްވި ދާއިރާތަކަކީ:

މިއެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ, މިއެމްއޯޔޫގެ ދަށުން ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ޑޭޓާގެ ބޭނުން ފުރިހަމައަށް ހިފުމަށް މަގުފަހިކޮށްދޭނެކަމަށެވެ. މީގެއިތުރުން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް އެހީތެރިވުމާއި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ލިބޭނެކަމަށެވެ.

ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ ވާހަކަފުޅުގައި, ޔޫއެންޑީޕީއާއި މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް މިންވަރު ދޭހަކޮށްދޭކަމާއި, ޑޭޓާގެ އަލީގައި ސިޔާސަތުތައް ކަނޑައަޅައި މިނިސްޓްރީގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މަގުފަހި ކުރުވުމާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފިީޒު ކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތް މިންވަރު އެމްއޯޔޫގެ ސަބަބުން ހާމަވެގެންދިޔަކަން ފާހަގަކުރެއްވިއެވެ.

މި އެމްއޯޔޫގެ ސަބަބުން ޔޫއެންޑީޕީން މިހާތަނަށް ހޯދާފައިވާ ތަޖުރިބާއާއި އެންމެ ފަހުގެ ހޯދުންތަކާއި ތަފާސްހިސާބުތަކުގެ އަލީގައި, މިނިސްޓްރީގައި ދިރާސާތައް ކުރުމަށް އެހީތެރިކަން ލިބި އަދި ދިރާސާތައް އިތުރު ދާއިރާތަކަށް ފުޅާކޮށް މައުލޫމާތު ބަދަހިކުރުމަށް މަގުފަހިވެގެންދާނެއެވެ.

މީގެއިތުރުން ޔޫއެންޑީޕީއާއި މިނިސްޓްރީ ގުޅިގެން މިނިސްޓްރީން ހިންގާ އެކިއެކި ހަރަކާތްތައް އިތުރަށް ފުޅާކުރުމާއި ހަރުދަނާކުރުމަށްޓަކައި އެހީ ފޯރުކޮށްދޭ ތަފާތު އެކިއެކި ޖަމާއަތްތަކާއި މުއައްސަސާތަކުގެ އެހީއާއެކު, ގުޅިގެން މަސައްކަތްތައް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ސަރުކާރުގެ އިގުތިސާދީ ތަރައްގީގެ އެޖެންޑާ ހާސިލުކުރުމަށްޓަކައި ޔޫއެންޑީޕީއާއި މިނިސްޓްރީ ގުޅިގެން ކުރުމަށް ރާވާފައިވާ މަސައްކަތުގެ ސަބަބުން، އދ.ން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ރާއްޖޭގައި ހާސިލުކުރުމަށް މަގުފަހިވުމުގެ އިތުރުން ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް މިއެމްއޯޔޫގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

18 މެއި 2017

އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި

18 މެއި 2017
އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި
18 މެއި 2017

ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި

18 މެއި 2017
ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި
16 މެއި 2017

މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި

16 މެއި 2017
މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި
05 އެޕްރީލު 2017

ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް

05 އެޕްރީލު 2017
ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
16 މާރިޗު 2017

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް