Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރަގް ލާރިން މަނީލޯންޑަރ ކުރުން

ޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރުން: ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަށްވެސް އެންމެން އިންކާރު

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2022 | އަންގާރަ 07:30
 މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން ކުރިއަށް ދިޔަ އަޑުއެހުމުގައި ކުރިއަށްދިޔައީ ދައުވާ އިއްވައި، ޖަވާބުދާރީވުމުގެ ބައެވެ. އެ ދުވަހު ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އިއްވައި، ދައުވާއަށް ޖަވާބުދާރީވެސް ވެފައެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފްއާއި، ކ. މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހީމް، ހުޅުމާލެ. ފްލެޓް ނަންބަރު 01-ޖީ-45 ހުޅުމާލެ، ހަސަން ރަޝީދު އަދި ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތުގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ގެ ދައުވާ އެ ދުވަހު އިއްވާފައެއް ނުވެއެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ދައުވާލިބޭ އެންމެންވެސް ދައުވާއަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ އެ ދައުވާއާއި ގުޅިގެން ހެކި ހުށައެޅުމުގެ ބައި އެ ދުވަހު ކުރިއަށް ގެންދަވާފައެވެ. އަދި ދިފާއީ ހެކި ހުށައެޅުމާއި ބާކީ ހުރި ދައުވާތައް އިއްވުން އެ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުޢެވެ.

އަންގާރަ ދުވަހުގެ އަޑުއެހުން:

އަންގާރަ ދުވަހުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ވަނީކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއިއްވާފައެވެ. އެގޮތުން އެ ދައުވާ އުފުލާފައިވަނީ އިސްމާއިލް ޝަރީފްއާއި ޙަސަން ރަޝީދުއާއި، ޙަސަން ލޫތުގެ މައްޗަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އިސްމާއިލް ޝަރީފުގެ ދިފާއީ ވަކީލު ވިދާޅުވީ، ދައުވާ ސާފު ކަމަށާއި، ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. ނަމަވެސް ޙަސަން ރަޝީދުގެ ވަކީލު ވަނީ ދައުވާ ސާފުނުވާކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ، މި ދައުވާ ސާފު ކުރުމަށްޓަކައި މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގިކަމަށް ބުނާ މ.ރޭއަލިވާ ގެސްޓްހައުސްއާއި، ގ.ނީ ގެއާއި ޙަސަން ރަޝީދާ އޮންނަ ގުޅުން ދައުލަތުން ދައުވާ ސާފު ކޮށްދޭއިރު ބުނެދޭން ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ފެނުނު މަސްތުވާތަކެއްޗާ ދައުވާލިބޭ ފަރާތާއި ގުޅޭ ގޮތް ދައުލަތުން ހުށައަޅާފައިވާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން މަސްތުވާތަކެތި ފެނުނު ދަޅުން އޭނާގެ ފިންގަރ ޕްރިންޓް ފެނިފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުން ވަނީ މިއީ ރޭވިގެން ވަކި ގެއެއްގައި މަސްތުވާތަކެތި ޕެކްކޮށް، އެހެން ގެއެއްގައި އެތަކެތި ވިއްކަމުން ދިޔަ މައްސަލައެއް ކަމަށްވާއިރު، އެކަމުގައި ޙަސަން ރަޝީދުގެ ބައިވެރިވުން އޮތްކަން އެނގޭނެ ހެކި ދައުލަތުން ހުށައަޅާފައިވާނެކަމަށް ވިދާޅުވެފައެވެ.

އެހިސާބުން ގާޒީ ވަނީ ޝަރީއަތަށް ސާފު ކޮށްދޭންޖެހޭ މިންވަރަށް ދައުވާ ސާފުވެއްޖެކަމަށް ކަނޑައަޅުއްވާފައެވެ. އަދި ދައުވާއަށް ޖަވާބުދާރީވުމަށް ދެންނެވިއެވެ. އެހެންނަމަވެސް ދިފާއީ ވަކީލު ވަނީ ދައުވާ އަދިވެސް ދިފާއަށް ސާފުނުވާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ދައުވާއަށް ޖަވާބުދާރީވުމަށް ގާޒީ ދަންނަވާފައިވާތީ ދިފާއުން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

އެއަށްފަހު ދައުލަތުން ވަނީ ޙަސަން ލޫތުގެ މައްވަށް އުފުލާފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާވެސް އިއްވާފައެވެ. ދައުވާ ސާފުވެއްޖެކަމާއި، ދައުވާއަށް ދިފާއުން އިންކާރު ކުރާކަމަށް ވަކީލު ވިދާޅުވިއެވެ.

އެ އެންމެންވެސް ދައުވާއަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ހެކި ހުށައަޅައި، ދިފާއީ ހެކި ހުށައެޅުމަށް ވަނީ މުއްދަތެއް ދެއްވާފައެވެ.

އަދި ޑައިމޯފިން ބޭނުން ކުރުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމާއި، ޖަދުވަލު 1 ގައިވާ މަސްުތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާވެސް މި މައްސަލައިގައި ހިމެނޭ ވަކިވަކި ފަރާތަކުގެ މައްޗަށް ކުރެވިފައިވާ އިތުރު ދައުވާތަކުގެ ތެރޭގައި ހިމެނެއެވެ.

ދެން ކުރިއަށް ދިޔައީމަނީ ލޯންޑަރިންގެ ދައުވާ އިއްވުމުގެ ބައެވެ. އެ ދައުވާ އުފުލާފައިވަނީ އިސްމާއިލް ޝަރީފްއާއި، ޝާނިޔާ އިބްރާހީމް، ހަސަން ރަޝީދު އަދި ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތުގެ މައްޗަށެވެ. މި މައްސަލައާއި ގުޅިގެން މަނީ ލޯންޑަރިންގ ގެ ދައުވާ އުފުލާފައިވާ ރާމިޒާ އަލީގެ މައްޗަށް ކުރާ ދައުވާގެއަޑުއެހުންތައްވެސްވަކިން ކުރިއަށްގެންދެއެވެ. އެގޮތުން ރާމިޒާއަކީ ލޫތުގެ އަނބިމީހާއެވެ.

މި ދައުވާއަށް އިސްމާއިލް ޝަރީފްއާއި ސާނިޔާ އިބްރާހިމް ވަނީ އިންކާރު ކޮށްފައެވެ.

އަދި ޙަސަން ލޫތުއާއި ޙަސަން ރަޝީދުގެ ފަރާތުން މަނީލޯންޑަރިންގ ގެ ދައުވާއަށް ޖަވާބުދާރީވުން ވަނީ އެހެން ދުވަހަކަށް ތާވަލު ކުރައްވާފައެވެ. ގާޒީ ވަނީ ކައިރި ތާރީޚެއްގައި އަޑުއެހުމެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު