Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަންގްރިއްލާގެ ހިއްސާ ދޫކޮށްލުން

ސަރުކާރުން ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލުމަށް ޤާނުނަށް އިސްލާހު ހުށަހަޅަނީ

14 ފެބުރުއަރީ 2022 | ހޯމަ 05:26

68 މިލިއަން ޑޮލަރު ސަރުކާރުން ލޯން ފައިނޭންސްގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ފެބުރުއަރީ 2022 | ހޯމަ 05:26
އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓް

އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓް

ސަރުކާރުގައި އޮތް ޝަންގްރިއްލާ ރިސޯޓުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލުމަށް ޓުއަރިޒަމް ޤާނޫނަށް އިސްލާހު ގެނައުމަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލު ދެންނެވުމުގެ ބައިގައި ހޯމަ ދުވަހު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އައްޑޫ ސިޓީގައި އޮތް ދެ ރިޒޯޓުކަމަށްވާ ހެރެތެރެ އާއި ޝަންގްރިއްލާ، ކޮވިޑް-19 ފެށުނުއިރު ބަންދުކުރި ގޮތަށް މިއަދާ ހަމައަށްވެސް ނުހުޅުވިވާތީ، މީގެ ސަބަބުން އައްޑޫގެ އެތައް ރައްޔިތުންނެއް ތިބީ ވަޒީފާ ގެއްލި، އާމްދަނީއެއް ނުލިބި ވަރަށް ދަތި ހާލުގައި ކަމަށް ވިދާޅުވެފައެވެ. އަދި މި ދެ ރިޒޯޓު ހުޅުވޭނެ އެކި މުޙުލަތުތައްވެސް މިނިސްޓްރީން ދެމުން އައިސް މިއަދާއި ހަމައަށްވެސް އަދިވެސް މި ދެ ރިސޯޓް ނުހުޅުވޭ ކަމަށާއި، ޝަންގްރިއްލާ އާއި ހެރެތެރެ ނުހުޅުވި ލަސް މިވަނީ ކޮން ސަބަބަކާއި ހުރެކަމާއި މިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި އަދި މި ދެ ރިސޯޓު ހުޅުވޭނެ ދުވަހެއް ތަފްޞީލުކޮށް ވިދާޅުވެދެއްވުން އެދި ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

މެމްބަރު ރޮޒައިނާގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެއް ކަމަށާއި، އެހެން ރިސޯޓްތަކާއި ޚިލާފަށް ސަރުކާރުގެ ހިއްސާ ހިމެނޭ ރިސޯޓެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮވެ އެ ރިސޯޓް ނުހުޅުވިގެން ދިއުމަކީ ރައްޔިތުންގެ ސުވާލު އިތުރަށް ބޮޑުވި ކަމެއް ކަމަށާއި، އައްޑޫ އިންވެސްޓް ޕްރައިވެޓް ލިމިޓެޑާއި، އެއްކޮށްވެފައިވާ އެގްރީމެންޓްގެ ސަބަބުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރުމަށް ސަރުކާރުން ބައިވެރިވާން ޖެހޭ ކަމަށެވެ.

އެގޮތުން 68 މިލިއަން ޑޮލަރު ސަރުކާރުން ލޯން ފައިނޭންސްގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހިފައި އޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ 30 އިންސައްތަ ހިއްސާ އޮވެ ދައުލަތަށް އެއްވެސް އެއްޗެއް ނުލިބި ދިޔުމުން، ދައުލަތުންވެސް ބޮޑަށް ބޭނުންވަނީ އެ ބޭފުޅުންނަށް ހިއްސާ ދޫކޮށްލާފައި މިކަމާއިގެން ކުރިއަށްދެވޭނެ ގޮތެއް ހޯދަން ކަމަށެވެ.

ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ މިވަގުތު ފިނޭންސް މިނިސްޓްރީ އާއި އައްޑޫ އިންވެސްޓްމަންޓާއި ވާހަކަދެކެވެމުން ދަނީ ވީހާވެސް އަވަހަށް ޝަންގްރިއްލާ ހުޅުވުމަށް ކަމަށެވެ. އަދި ޝަންގްރިއްލާއިން މައުލޫމާތުދޭ ގޮތުގައި ވީހާވެސް އަވަހަކަށް ހުޅުވުމަށް ބޭނުންވާ ބައެއް މަރާމާތުތައް ހަދަންޖެހޭ ކަމަށާއި، ސީދާ ތާރީހަށް ދެންނެވެން ނެތް ކަމުގައިވީ ނަމަވެސް މިއީ ފަތުރުވެރިކަމުގެ ރަން އަހަރުކަމުގައިވާތީ އައްޑޫ ސިޓީއަށް ވެސް ފަތުރުވެރިކަމުގެ ރަން އަހަރު ރަނގަޅު ގޮތުގައި އަންނަންޖެހޭ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އުއްމީދަކީ އައްޑޫ އިންވެސްޓްމަންޓުން މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ އަލުން ހުޅުވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިވަގުތު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އޮތީ ކެނެރީފް ރިސޯޓް ހުޅުވިފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 13 ޖެނުއަރީގައި އެ ރިސޯޓް ހުޅުވަން ހުއްދަ ދެވިއްޖެ ކަމަށާއި، ސަރުކާރުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީއަށް ނިސްބަތްވާ މެމްބަރުން ވަރަށް ބުރަ މަސައްކަތެއް ކެނެރީފް ރިސޯޓް ހުޅުވުމުގައި ކޮށްދެއްވި ކަމަށެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ބޭފުޅުންވެސް ރިސޯޓް ހުޅުވުން މަސައްކަތްކޮށްދެއްވި އިރު، ސްރީލަންކަން އެއަރލައިނާއި މޯލްޑިވިއަން ކުރެއްވި މަސައްކަތުގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އެކަމަށް ފަހިކުރުމަށް ކުރި މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ 540 އެނދުގެ ކެނެރީފް ރިސޯޓް ހުޅުވިފައިވީ ނަމަވެސް، މުޅި ރިސޯޓް ފުރިހަމައަށް އޮޕަރޭޝަނަކަށް ނާންނަ ކަމަށެވެ. ރިސޯޓެއް ހުޅުވުމަކުން އެ ރިސޯޓަކަށް ލިބޭ ފައިދާ މުޅި ސިޓީއަކަށް ނުލިބޭ ކަމަށާއި، އުއްމީދުކުރަނީ ކެނެރީފް ރިސޯޓް ރަނގަޅަށް ހިނގައިގަނެ އައްޑޫ ސިޓީގެ ރައްޔިތުންނަށާއި، އެހެން ދިވެހިންނަށް އެކަމުން ލިބޭ ފައިދާއާއި ދައުލަތަށް މަންފާ ލިބިގެން ދިއުން ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް