Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަތޮޅުތެރެއަށް އިތުރު 15 އެމްބިއުލާންސް ފޮނުވުން

15 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް ތައްޔާރުވެއްޖެ

14 ފެބުރުއަރީ 2022 | ހޯމަ 00:50

ހއ.ތުރާކުނު، ހއ.ވަށަފަރު، ހއ.ބާރަށް، ހުޅުމާލެ ހޮސްޕިޓަލް، ހދ.ކުޅުދުއްފުށި، ޅ.ކުރެންދޫ، ކ.ކާށިދޫ އެމްބިއުލާންސް ފޮނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ފެބުރުއަރީ 2022 | ހޯމަ 00:50
އިތުރު 15 އެމްބިޔުލެންސް ރާއްޖެ ގެނައުން

އިތުރު 15 އެމްބިޔުލެންސް ރާއްޖެ ގެނައުން

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 15 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ.

ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން 96 އެމްބިއުލާންސް ގެނައުމަށް މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ދެ ފަހަރެއްގެ މަތިން 41 އެމްބިއުލާންސް ރާއްޖެ ގެނެވި، ރަށްތަކަށް ވަނީ ފޮނުވާފައެވެ. ބާކީ ހުރި 55 އެމްބިއުލާންސްގެ ތެރެއިން ތިން ވަނަ ބެޗްގެ އެމްބިއުލާންސްތައް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 8 ވީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. އަދި ވަރަށް އަވަހަށް މިއެމްބިއުލާންސްތައް ރަށްތަކަށް ފޮނުވާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

Advertisement - newsAdvertisement

އެސްޓީއޯއިން ބުނީ މި އެމްބިއުލާންސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްބިއުލާންސްތައް ފޮނުވާ ރަށްތަކަކީ ހއ.ތުރާކުނު، ހއ.ވަށަފަރު، ހއ.ބާރަށް، ހުޅުމާލެ ހޮސްޕިޓަލް، ހދ.ކުޅުދުއްފުށި، ޅ.ކުރެންދޫ، ކ.ކާށިދޫ، އއ.ފެރިދޫ، މ.މުލައް، ދ.މީދޫ، ދ.މާއެނބޫދޫ، ލ.މާބައިދޫ، ލ.ގަން، ގއ.މާމެންދޫ އަދި ގދ.ވާދޫ އަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ މާޗް ނިމޭ ހިސާބުގައި ބާކީ ހުރި ހުރިހާ އެމްބިއުލާންސްތައް ލިބި ރަށްތަކަށް ފޯރުކޮށްދެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.

މިކަމަށް ވެވުނު އެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި 20 ރަށަކަށް އެމްބިއުލަންސް ވަނީ ފޮނުވާފައެވެ. އޭގެފަހުން އަހަރު ނިމެންދަނިކޮށް ޑިސެމްބަރ މަހު އިތުރު 20 އެމްބިޔުލާންސް ރާއްޖެ ގެނެސް ރަށްތަކަށް ވަނީ ފޮނުވާފައެވެ.

އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް 22 ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ސިޔާސީ ގޮތުން އައްޔަންކުރައްވާފައިވާ ބޭފުޅުން ވަނީ މާލެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވާފައެވެ. ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ރައީސް އާއި ހިއްސާކުރައްވާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އެމްބިއުލަންސް ނެތުމުގެ މައްސަލައެވެ. މިކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ހުވަދޫ އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ފުރާވަޑައިގެންފި

25 ސެޕްޓެމްބަރު 2017
ހުވަދޫ އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ފުރާވަޑައިގެންފި
25 ސެޕްޓެމްބަރު 2017

ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް

25 ސެޕްޓެމްބަރު 2017
ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް
30 އޯގަސްޓު 2017

ހުކުމުގައި ގާސިމް ބޭސްފަރުވާއަށް ފޮނުވުމަށް އޮތްބައި ބާތިލް ކުރުމަށް ބަންޑާރަ ނައިބު ހައި ކޯޓަށް ހުށަހަޅައިފި

30 އޯގަސްޓު 2017
ހުކުމުގައި ގާސިމް ބޭސްފަރުވާއަށް ފޮނުވުމަށް އޮތްބައި ބާތިލް ކުރުމަށް ބަންޑާރަ ނައިބު ހައި ކޯޓަށް ހުށަހަޅައިފި
28 އޯގަސްޓު 2017

ޣައިރުޤާނޫނީ ބައި އިލެކްޝަނެއް ބާއްވަން ރަށްރަށަކަށް ނޭރޭނެ: އަލީ ޙުސައިން

28 އޯގަސްޓު 2017
ޣައިރުޤާނޫނީ ބައި އިލެކްޝަނެއް ބާއްވަން ރަށްރަށަކަށް ނޭރޭނެ: އަލީ ޙުސައިން
24 އޯގަސްޓު 2017

ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ނުފޮނުވުމަށް ބްރޮޑްކޮމް އިން އިލްތިމާސްކޮށްފި

24 އޯގަސްޓު 2017
ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ނުފޮނުވުމަށް ބްރޮޑްކޮމް އިން އިލްތިމާސްކޮށްފި
20 ޖުލައި 2017

ފަޅު ރަށަކަށް ގޮސް އުޅުނު ދެ މީހަކު ފިހިއްޖެ

20 ޖުލައި 2017
ފަޅު ރަށަކަށް ގޮސް އުޅުނު ދެ މީހަކު ފިހިއްޖެ
24 ޖޫން 2017

ސިންކްރޮނައިޒް ޕެނަލް 24 ރަށަކަށް ފޮނުވައިފިން: ފެނަކަ

24 ޖޫން 2017
ސިންކްރޮނައިޒް ޕެނަލް 24 ރަށަކަށް ފޮނުވައިފިން: ފެނަކަ
29 މެއި 2017

ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!

29 މެއި 2017
ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!
15 މެއި 2017

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

15 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް