Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓާޓާ ފްލެޓް

ޓާޓާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށައިފި

3 ޖޫން 2017 | ހޮނިހިރު 15:36

ފައިސާ ދެއްކި 25 ފަރާތަކަށް ވަނީ ފްލެޓްގެ ތަޅުދަނޑި ހަވާލު ކުރެވިފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 3 ޖޫން 2017 | ހޮނިހިރު 15:36
ކުރީގެ އަރަބީއްޔާ ހުރި ބިމުގައި ޓާޓާ އިމާރާތް ކޮށްފައިވާ ފްލެޓްތައް

ކުރީގެ އަރަބީއްޔާ ހުރި ބިމުގައި ޓާޓާ އިމާރާތް ކޮށްފައިވާ ފްލެޓްތައް

ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓް ލިބުނު ބައެއް މީހުން ފްލެޓަށް ދައްކަން ޖެހޭ ޑައުންޕޭމެންޓް ދެއްކުމުން ފްލެޓްތަކަށް ވަދެވޭ ގޮތްވެއްޖެއެވެ.

ފެލްޓް ލިބުނު ބައެއް ފަރާތްތައް މިހާރު އެ ފްލެޓްތަކުގައި ދިރިއުޅެމުންދާ ކަމަށް ވިދާޅުވެފައި ވަނީ ހައުސިން ޑިވޮލޮޕެމެންޓް ކޯޕްރޭޝަން ( އެޗްޑީސީ) ގެ މޭނޭޖިންގ ޑައިރެކްޓަރު މުހައްމަދު ސައިންއެވެ.

Advertisement - newsAdvertisement

އޭނާ މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ. ނަމަވެސް ފްލެޓްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފް ކުރުމަށް ރާއްޖެއެމްވީން ސައިމަން އަށް މެސެޖް ކޮށް ގުޅި ނަމަވެސް އެއިން އެއްވެސް ފޯންކޯލަކަށް އަދި މެސެޖަކަށް ސައިމަން ޖަވާބު ދެއްވާފައެއް ނުވެއެވެ.

އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކާ ގުޅޭ ގޮތުން ސައިމަން ވިދާޅުވެފައި ވަނީ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ޓާޓާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން 25 ފަރާތެއް އެތަން ތަނަށް ދިރިއުޅުން ބަދަލުކޮށް މިހާރު ދިރިއުޅެމުން އަންނަ ކަމަށެވެ.

ސައިމަން ވިދާޅުވެފައިވާ ގޮތުގައި މިހާރު ކުރިއަށްދާ މަރުހަލާއަކީ އިސްލާމިކް ބޭންކުން ލޯނު ހަމަޖެހި ފައިސާ ދެއްކި ފަރާތްތަކަށް ފްލެޓްތައް ރަޖިސްޓްރީ ކުރުމުގެ މަރުހަލާއެވެ. އަދި ފްލެޓްތަކުގެ ރަޖިސްޓްރޭޝަން ކަންތައް ހައުސިން މިނިސްޓްރީން ނިމެމުންދާވަރަކުން އެ ފަރާތްތަކާ ތަޅުދަނޑި ހަވާލުކުރަމުން އަންނަ ކަމަށް ސައިމަން ވިދާޅުވި އެވެ.

ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ލޯން ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް ހަމަޖައްސާދީފައިވާ ލުއި ގޮތްތަކާ ބެހޭ ގޮތުން ސައިމަން ވިދާޅުވެފައި ވަނީ ފްލެޓްތަކުގައި ދިރިއުޅުމަށްޓަކައި މާލޭގައި އޮންނަ ބިން ދޫކޮށްލާ ފަރާތްތަކުގެ ބިން އެޗްޑީސީން ގަނެ، ފްލެޓަށް ދައްކަން ޖެހޭ ޖުމްލަ އަގު ކުޑަކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ސާފު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައިމަން ވިދާޅުވީ އެޗްޑީސީން ފްލެޓްތަކާ ހަވާލުވުމަށް ފަހު، ފްލެޓްތަކުގެ ޖުމްލަ އަގު ދެ މިލިއަން ރުފިޔާއަށް ކޮންޓްރޯލްކޮށް ބޭންކް ލޯނެއްގެ ދަށުން ފްލެޓް ނަގާ ފަރާތްތަކުން މަހުން މަހަށް ފައިސާ ދައްކަން ޖެހޭވަރު ކުޑަކޮށްފައިވާ ކަމަށެވެ.

އިސްލާމިކް ބޭންކުން ލޯނެއް ނަގައިގެން ފްލެޓް ގަންނަ ނަމަ، މަހަކު ދައްކަން ޖެހޭނީ 14،000ރ. އާއި 16،000ރ.އާ ދެމެދުގެ އަދަދެއް ކަމަށް ސައިމަން ވިދާޅުވި އެވެ.

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނުގައި ހުރި ރީޓެއިލް ފިހާރަތައް ފިޔަވާ، އެހެން ހުރިހާ ފްލެޓްތަކެއް އިންޑިޔާގެ ޓާޓާ ކުންފުނިން ދިވެހި ސަރުކާރާއި ޙަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަރަބިއްޔާ ހުރި އިމާރާތުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި 198 އެޕާޓްމަންޓް ހިމެނެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއް ވެސް ހަދާފައިވަނީ ތިން ކޮޓަރި އާއި، ދެ ފާޚަނާ އާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭ ގޮތަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް