Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން

ބޮޑީ ވޯން ކެމެރާއާއެކު ފުލުހުންގެ މަސައްކަތް ރަނގަޅުވެ، އަވަސް ނަތީޖާއެއް ނެރެވޭނެ: ޝައުނާ

މިކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2022 | އާދީއްތަ 08:35
މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

ބޮޑީވޯން ނުވަތަ ގައިގަ ހަރުކޮށްފަ ހުންނަ ކެމެރާ ބޭނުންކުރަން ފެށުމާއެކު ކުށްކުރުމާ ދެކޮޅަށް ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރެވި މިހާރަށްވުރެ ރަނގަޅު، އަވަސް ނަތީޖާއެއް ނެރެވިގެންދާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ފުލުހުން ޚިދުމަތުގައި އުޅޭވަގުތު ބޮޑީ ވޯން ކެމެރާ އެޅުން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިކަން އިފްތިތާހުކޮށްދެއްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ ރައްޔިތުން ފުލުހުންނާމެދު ކުރާ އުންމީދުތައް ވަރަށް ގިނަކަން ފާހަގަކުރައްވާފައެވެ. ރައްޔިތުން އެދޭ ތަރައްގީ ހޯދައިދިނުމަށް ދިވެހި ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ފުލުހުންގެ ދައުރު މިހާ ބޮޑުއިރު ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަކީ ރައީސް ސާލިހު ގެންގުޅުއްވާ އެންމެ މުހިންމު އެއް ސިޔާސަތުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުން މަސައްކަތުގައި އުޅޭ ވަގުތު ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަށް އަލިއަޅުވާލައްވާފައެވެ. އޭގެ 10 ދުވަސް ފަހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުން ރަސްމީކޮށް އިފްތިތާހުކޮށްފައިވާކަން މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ.

މިގޮތުން މި ވަސީލަތަކީ ފުލުހުންގެ މުއައްސަސާ ރިފޯމްކޮށް، ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑަށް ލިބިފައިވާ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ބޮޑު އެހީތެރިކަމެއް ލިބިދޭނެ ވަސީލަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ފުލުހުންނަކީ ޒިންމާދާރު އަދި ޖަވާބުދާރީވާ ޚިދުމަތެއް ފޯރުކޮށްދޭ ބަޔަކަށް ވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޚާއްސަކޮށް މިފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރުމާ ދެކޮޅަށް ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރެވި މިހާރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރާ މަސައްކަތްތައް އަވަސް ވާނެއެވެ. މިއީ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި ފުލުހުންނާމެދު ކުރެވޭ ޝަކުވާތަކުން ފުލުހުން ބަރީއަވުމަށް ލިބިގެންދާ ބޮޑު އެހީތެރިކަމެއް ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. އަދި މިއީ ފުލުހުންގެ ޚިދުމަތަށް އައި މުހިންމު ބޮޑު ބަދަލެއް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރޝައުނާ އިތުރަށް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ކުރެވޭނެ ކަންކަން ވަރަށް ގިނަ ކަމަށެވެ. އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ތަހުގީގުކުރުމުގައިވެސް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ގިނަ ކަންކަން ހިނގަނީ ސައިބަރ ސްޕޭސްގައި ކަމަށާއި، އެއީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަކީވެސް މިއަދު ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ސައިބަރ ކްރައިމް އަދި ސައިބަރ ސެކިއުރިޓީއާ ގުޅޭ ބިލްތަކާއި ފަރުދުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާގުޅޭ ބިލްތަކުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އައިމިނަތު ޝައުނާމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު