Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުން

އިންޑިޔާ ކަނޑުގެ ސަރަހައްދުން 265 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގަނެފި

13 ފެބުރުއަރީ 2022 | އާދީއްތަ 06:50

މިއީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 ފެބުރުއަރީ 2022 | އާދީއްތަ 06:50
އިންޑިޔާ ކަނޑުގެ ސަރަހައްދުން އަތުލައިގަތް 760 ކިލޯގެ މަސްތުވާތަކެތި

އިންޑިޔާ ކަނޑުގެ ސަރަހައްދުން އަތުލައިގަތް 760 ކިލޯގެ މަސްތުވާތަކެތި

އިންޑިއާގެ ނަރކޮޓިކްސް ކޮންޓްރޯލް ބިއުރޯއާއި، އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 760 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ އަރަބި ކަނޑުން އިންޑިއާގެ ގުޖުރާތު ކޯސްޓު ކައިރީގައި ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަކީ އިންޑިއާގެ ނަރކޮޓިކްސް ކޮންޓްރޯލް ބިއުރޯއާއި، އިންޑިއަން ނޭވީ ގުޅިގެން އެ ސަރަހައްދުގައި ކުރިއަށްގެންދިޔަ މިފަދަ ފުރަތަމަ އޮޕަރޭޝަންއެވެ.

Advertisement - newsAdvertisement

މި އޮޕަރޭޝަންގައި 760 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މީގެ ތެރޭގައި ހަޝިޝް އާއި، މެތަމފެޓަމިން އަދި ހެރޮއިން ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިތަކެތީގެ ޖުމްލަ އަގު 2،000 ކްރޯރްއަށް އަރައެވެ. އެއީ 265,366,919.26 (ދުވިސައްތަ ފަސްދޮޅަސް ފަސް މިލިއަން ތިންލައްކަ ފަސްދޮޅަސް ހަހާސް ނުވަސްތޭކަ ނަވާރަ) ޑޮލަރެވެ.

މިތަކެތި އަތުލައިގަނެފައިވަނީ އެއްވެސް މީހަކު ނެތި އޮޔާދަނިކޯށް ފެނުނު ކާގޯ ބޯޓަކުންނެވެ. މިތަކެތީގެ ތެރޭގައި 529 ކިލޯގެ ހަޝިޝްއާއި، 234 ކިލޯގެ އެންމެ ރަނގަޅު ކޮލިޓީގެ ކްރިސްޓަލް މެތަމފެޓަމިން އަދި ހެރޮއިން ހުރި ކަމަށް އިންޑިއާގެ އެންޓި ޑްރަގް އެޖެންސީން ވަނީ ބުނެފައެވެ.

ނަރކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި އިންޑިއަން ނޭވީއާ ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ އެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ އޮޕަރޭޝަނެކެވެ. މިފަދައިން ލިބޭ އިންޓެލިޖެންސްތަކަށް ބިނާކޮށް އެ ބިއުރޯއިން ގެންދަނީ މިފަދަ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުން ކަމަށް ބުނެފައިވެއެވެ.

އޮޕަރޭޝަންގައި އަތުލައިގެނެފައިވާ މަސްތުވާތަކެތި މިހާރު ވަނީ އިންޑިއާގެ ޕޯބަންޑާ ސިޓީއަށް ގެންގޮސްފައެވެ. މި ޚާއްސަ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން އޮފިޝަލުން ބުނީ އޮޕަރޭޝަން ކުރިއަށްގެންދާކަމުގެ މައުލޫމާތު ލިބުމުން އެމީހުން ބޯޓު ދޫކޮށްލާފައި ފިލީ ކަމަށެވެ. އެމީހުން ފިލީ އެހެން ބޯޓަކަށް އަރައިގެން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައިވެސް އިންޑިއަން ނޭވީން ވަނީ އަރަބި ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އެފަހަރު 300 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. މިތަކެތީގެ ޖުމްލަ އަގު 398 މިލިއަން ޑޮލަރަށް އަރައެވެ.

އަރަބި ކަނޑު ސަރަހައްދަކީ އަބަދުވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުން އަންނަ ސަރަހައްދެކެވެ. މިގޮތަށް ޓްރެފިކް ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ ކައިރިންވެސް ވަނީ އަތުލައިގަނެފައެވެ. އެއީ ސީދާ ރާއްޖެއަށް އެތެރެކުރަން ގެންނަ މަސްތުވާތަކެތި ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ. އަދި މިފަދަ ގިނަ އޮޕަރޭޝަންތަކަކީ އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އޮޕަރޭޝަންތަކެކެވެ.

އިދިކޮޅުން މިހާރު ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަށް މިލިއަނުން ފަންޑު ކުރަމުންގެންދާކަމަށާއި، ފަންޑު ކުރާ މީހުން ދެނެގަނެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ އެކި އެކި ފަރާތްތައް މަސްތުވާތަކެތީގެ ބޮޑުންގެ ގޮތުގައި ހަރަކާތްތެރިވަމުންދާކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހާމަކުރައްވާފައިވާއިރު، އިންޑިއާ އައުޓް ހަރަކާތަށް ފަންޑު ކުރަނީވެސް ހަމަ އެ ފަރާތްތައްކަމަށް ގިނަ ބަޔަކު ގެންދަނީ ތުހުމަތުކުރަމުންނެވެ. އަދި އިންޑިއާ އައުޓް ކެމްޕޭނަކީ އިންޑިއާއިން މި ސަރަހައްދުން ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަންނަމުންދާތީ އެކަމާއި ދެކޮޅަށް ހިނގާ ކެމްޕޭނެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މަސްތުވާތަކެތިއިންޑިއަން ނޭވީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2025

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި
24 ޑިސެމްބަރު 2024

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

24 ޑިސެމްބަރު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން
22 އޮކްޓޯބަރު 2024

ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

22 އޮކްޓޯބަރު 2024
ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ
18 ސެޕްޓެމްބަރު 2024

ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

18 ސެޕްޓެމްބަރު 2024
ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން
20 ޖުލައި 2024

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

20 ޖުލައި 2024
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ
06 ޖުލައި 2024

100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި

06 ޖުލައި 2024
100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި
25 ޖޫން 2024

"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"

25 ޖޫން 2024
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"
06 ޖޫން 2024

ކުރިއަރ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

06 ޖޫން 2024
ކުރިއަރ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
18 މެއި 2024

4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި

18 މެއި 2024
4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި
17 މެއި 2024

އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

17 މެއި 2024
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް