Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބް ވޯލްޑް ކަޕް

ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ޕަލްމެއިރާސްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 13 ފެބުރުއަރީ 2022 | އާދީއްތަ 02:07
ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޗެލްސީ އާއި ޕަލްމެއިރާސް ބައްދަލުކުރި މެޗުގެ ތެރެއިން

ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޗެލްސީ އާއި ޕަލްމެއިރާސް ބައްދަލުކުރި މެޗުގެ ތެރެއިން

ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްޑްގެ ޕަލްމެއިރާސް ބަލިކޮށް ޗެލްސީން ފުރަތަމަ ފަހަރަށް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީގައި ކުޅުނު ފައިނަލު މެޗު ޗެލްސީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލަނޑުޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޕަލްމެއިރާސްގެ ޑޫޑޫ އަށެވެ. އެކަމަކު އޭނާއަށް މި ފުރުސަތުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފޯވަޑަށް ކުޅޭ ކުޅުންތެރިންނަށް ޕަލްމެއިރާސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީގެ ކުރިއަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމޭލޫ ލުކާކޫ ވަނީ ލަނޑު ޖަހާ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މިއީ މިޑްފިލްޑަރ ކަލުމް ހަޑްސަން އޮޑޯއިގެ އެހީތެރިކަމާއެކު ލުކާކޫ ކާމިޔާބުކުރި ލަނޑެކެވެ.

އެކަމަކު މެޗުގެ 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕަލްމެއިރާސްގެ ރަފައެލް ވެއިގާ ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ.

ޗެލްސީން މެޗުގެ ލީޑު ނެގީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ކައި ހަވާޓްޒްއެވެ. މިއީ ޕަލްމެއިރާސްގެ ޑިފެންޑަރު ލުއާން އަތުގައި ބޯޅަ ޖެހުމުން ވީއޭއާރް ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

ޕަލްމެއިރާސްއިން މެޗު ނިންމާލީ ކުޅުންތެރިއެއް މަދުކޮށެވެ. އެއީ ޕެނަލްޓީ ދިން ލުއާން ފަހުން ހަވާޓްޒްއަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދެއްކުމުންނެވެ. މިއީ ވެސް ވީއޭއާރް ބެލުމަށްފަހު ދެއްކި ކާޑެކެވެ.

ޗެލްސީގެ ކޯޗުކަމާއި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަވާލުވި ޖަރުމަނުގެ ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ވަނީ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ހޯދައިފައެވެ. އެފްއޭ ކަޕް ފައިނަލުން މިދިޔަ އަހަރު ލެސްޓާ ސިޓީ އަތުން ވަނީ ބަލިވެފައެވެ.

ޗެލްސީ އަކީ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އިނގިރޭސި ތިން ވަނަ ކްލަބް އެވެ. މީގެ ކުރިން 2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާއި 2019 ވަނަ އަހަރު ލިވަޕޫލުން މި މުބާރާތް ކާމިޔާބުކުރިއެވެ.

ޗެލްސީގެ ތާރީޚުގައި އެޓީމަށް ނުލިބި އޮތް ހަމައެކަނި ބޮޑު މުބާރާތަކީ ކްލަބް ވޯލްޑް ކަޕެވެ. ޗެލްސީން މީގެ ކުރިން 2012 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕުގައި ކުޅުނު ނަމަވެސް ފައިނަލުގައި ވަނީ ކޮރިންތިއަންސް އަތުން ބަލިވެފައެވެ.

ކުލަބް ވޯލްޑް ކަޕް ޗެލްސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު