Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންޑިއާ އައުޓް ޙަރަކާތް

އިންޑިއާ އައުޓް ޙަރަކާތުގައި ޖިނާއީ އަމަލެއް ވާކަމަށް ފުލުހުންނަށް ފެންނަނަމަ ދައުވާކުރަން ފޮނުވިދާނެ: ޕީޖީ އޮފީސް

މި ޙަރަކާތަކީ ވަރަށް ފުޅާކޮށް ކެމްޕޭނެއްގެ ސިފައިގައި ކުރިއަށް ގެންދާ ޙަރަކާތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2022 | ހޮނިހިރު 11:42
އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން- އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ގެންދަވަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުން

އިންޑިއާ އައުޓް ޙަރަކާތުގައި ޖިނާއީ އަމަލެއް ވާކަމަށް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ނަމަ ދައުވާކުރަން އެދި ފޮނުވިދާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އެހެން ބުނެފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ދެއްކެވި ވާހަކައަކާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، މި ޙަރަކާތަކީ ވަރަށް ފުޅާކޮށް ކެމްޕޭނެއްގެ ސިފައިގައި ކުރިއަށް ގެންދާ ޙަރަކާތެއް ކަމަށެވެ. އެގޮތުން މިކަމަށް މާލީ ގޮތުންވެސް ގިނަ ޚަރަދުތަކެއް ކުރާއިރު، ބަންގްލަދޭޝް ފަދަ ޤައުމުތަކުން ޓީޝާރޓް ޕްރިންޓް ކޮށްގެން ގެންނަކަމުގެ މައުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާކަމަށް ވިދާޅުވިއެވެ.

ފުލުހުން އަބަދުވެސް ބަލާނީ ޤާނޫނަށްކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ފުރަތަމަ ލަފާ ހޯއްދަވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން ކަމަށެވެ. ސަބަބަކީ ޖިނާއީ ކަންކަމުގައި އޮންނަ އިޖުރާއަތުތަކާއި، ފުރުސަތުތަކުގެ އިތުރުން، ޤައުމީ ފެންވަރުގެ ބޮޑެތި މައްސަލަތަކާއި ސީރިއަސް ކޭސްތަކާއި ގުޅިގެން އަބަދުވެސް ޕީޖީގެ ލަފާ ހޯއްދަވާތީ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، އިންޑިއާ އައުޓް ޙަރަކާތަކީ ދައުލަތުން ދައުވާ ކުރެވޭނެ ޙަރަކާތެއްކަން ޕީޖީ އަންގަވައިފިނަމަ، އެކަމާ ގުޅިގެން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ. އެ ފިޔަވަޅުތައް އެޅުއްވުމުގައި ފުލުހުން ފަހަތަށް ނުޖެހޭނެ ކަމުގެ ޔަޤީންކަންވެސް ސީޕީ ވަނީ ދެއްވާފައެވެ.

ސީޕީ ވިދާޅުވީ، މިހާރު މި ހިންގާ މުޒާހަރާތަކާއި، އެ މުޒާހަރާތަކުގެ ރޭވުންތެރިކަމާއި، އޭގެ ފަހަތުގައި އޮތް މަންޒަރުތަކާއި އުކުޅުތައް ފަދަ ކަންކަން ފުލުހުން ގާތުން ބަލަމުންދާނެ ކަމަށެވެ. އަދި ތައްޔާރީތަކާއެކު އެ ކަންކަމާއި ކުރިމަތިލައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް، އެވަގުތަކު އަޅަންޖެހޭ މިންވަރަށް ފުލުހުން އަޅަމުން ގެންދާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކޮށްލުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ފުލުހުން އެކަމާ ގުޅޭގޮތުން އަނގަބަހުން މަޝްވަރާތަކެެއް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ސަމާލުކަމަށް ގެނެސްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މީގެއިތުރުން، އިންޑިއާ އައުޓް ޙަރަކާތުގައި ޖިނާއީ އަމަލެއް ވާކަމަށް ފުލުހުންނަށް ފެންނަނަމަ، މިހާރުވެސް ތަހުގީގު ނިންމުމަށްފަހު ޕީޖީ އޮފީހަށް ފޮނުވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އިތުރު މަޝްވަރާތަކެއް ކުރެވިދާނެ މައްސަލައެއްކަން ފާހަގަ ކުރައްވައި ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ، ފުލުހުން އެފަދަ މައްސަލައެއް ފޮނުވައިފިނަމަ ޕީޖީ އޮފީހުން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުން ގެންދަވާއިރު، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ 6 މަހުގެ ޖަލު ޙުކުމެއް އައިސްދާނެ ފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ދަނީ ތައްޔާރުވަމުންނެވެ.

ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ އާއި ބޭރު ޤައުމުތަކާއެކު ޤާއިމު ކޮށްފައިވާ ޚާރިޖީ ގުޅުންތަކާއި އެކި ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވައި، އެފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކުން މި ޤައުމު ސަލާމަތް ކުރުމެވެ.

އިންޑިއާ އައުޓްމޯލްޑިވްސް ޕޮލިސް ސަރވިސްކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދުޕީޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު