Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ކެމްޕޭނާ ގުޅޭ ބިލް

އިންޑިއާ އައުޓް ކެމްޕޭނާއި ގުޅިގެން މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ ބިލަށް އެމްއެންޕީން ދެކޮޅު

10 ފެބުރުއަރީ 2022 | ބުރާސްފަތި 07:49

"ޚާރިޖީ ގުޅުންތަކަށް ނެދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" ގެ ނަމުގައި ބިލެއް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 ފެބުރުއަރީ 2022 | ބުރާސްފަތި 07:49
އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ "ޚާރިޖީ ގުޅުންތަކަށް ނެދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" އަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ތާއިދު ނުކުރާނެ ކަމަށް އެޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެންމެން އެއަށް އިޚުތިރާމު ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ގާނޫނު އަސާސީއާ ޚިލާފުވާ ގޮތަކަށް ބިލެއް ހުށަހަޅައިގެން ފާސްކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ. އެއީ ދޭދޭ ގައުމެއްގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރެވޭ މަސައްކަތެއް ހުއްޓުވުމަށް ނަމަވެސް ބިލެއް ހުށަހަޅައިގެން ކަންކަން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ކަމަކަށް އެ ޕާޓީއަކުން ނުދެކޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނާޒިމް ވިދާޅުވީ ބުދަ ދުވަހު ކުރިއަށްގެންދިޔަ އެ ޕާޓީގެ ޕާލިމެންޓް ގްރޫޕުގެ ބައްދަލުވުމުންވެސް ނިންމާފައިވަނީ ބިލަކުން އެފަދަ ކަންކަން ނުހުއްޓުވޭނެކަން ކަމަށެވެ. މިއީ ކުރީ ސަރުކާރުން ކުރެއްވި ކަހަލަ ކަމެއް ކަމަށާއި، ކުރީ ސަރުކާރުގައި ހުރިހާ އެންމެންވެސް ވަކާލާތުކުރަމުންދިޔައީ އަބުރުގެ ބިލާ ގުޅިގެން ދެމުންދިޔަ އަނިޔާތަކާ ދެކޮޅަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރު ވުޖޫދުވުމަށްފަހުވެސް ކުރަން މަސައްކަތްކުރަނީ ހަމަ އެފަދަ ކަމެއް ކަމަށާއި، އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބޭ ފަދަ ކަމަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މި ބިލަށް ތާއީދުނުކުރާނެ ކަންވެސް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު" މި ނަމުގައި ބިލެއް ޑްރާފްޓްކޮށް، އަންނަ ހަފްތާގެ ތެރޭގައި އެ ބިލު ހުށައެޅުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ, ދިވެހިރާއްޖެއާ ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކާއި, އެކި ގައުމުތަކާ އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވައި، އެފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކުން މި ގައުމު ސަލާމަތް ކުރުމެވެ.

މިބިލުގައި ބަޔާންކޮށްފައިވާ ގޮތުން, ދިވެހިރާއްޖެއާ އެހެން ގައުމަކާއި ދެމެދު ގާނޫނީ ނުވަތަ ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް، ނުވަތަ އެއްބަސްވަމަކާއި އެއްގޮތަށްް، ނުވަތަ ދެ ގައުމުން ބަލައިގަނެފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި, ދިވެހި ރައްޔިތުންގެ ނަމުގައި، ނުވަތަ ދިވެހިރާއްޖެ ރަމްޒުވާގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން އެ ގައުމެއް ނުވަތަ ގައުމެއްގެ ސަރުކާރާއި މުއައްސަސާތަކާ ދެކޮޅަށް މުޒާހަރާ ކުރުމާއި، ކެމްޕޭން ކުރުމާއި، ސިޔާސީ ހަރަކާތް ހިންގުމަކީ ދޭދޭ ގައުމުތަކުގެ ގުޅުމަށް ބުރޫ އަރާނެފަދަ އަމަލެއްގެ ގޮތުގައި ބެލިގެންދާނެއެވެ. މި ބިލުގައިވާ ގޮތުން ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ އެމީހަކު އެކުރަނީ ކުށެއްކަން ބަޔާންކޮށް ބިލުގައި ވަނީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ 1 އަހަރު ދުވަހަށް ގޭބަންދަށް ބަދަލު ކުރުން ނުވަތަ 6 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވިދާނެކަމަށް ބަޔާންކޮށް އަދަބު ކަނޑައަޅާފައެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ގެންދަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުންނެވެ. އެގޮތުން އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަމުން ގެންދާއިރު، އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން އަމިއްލަ ގޭގޭގައިވެސް އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުން ގެންދާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށް ގެންގޮސްފައިވާއިރު މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާކަމަށެވެ.

އެމްއެންޕީއިންޑިއާ އައުޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް
18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
30 އޮކްޓޯބަރު 2024

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
13 އޮކްޓޯބަރު 2024

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ- ހަނިމާދޫ ކައުސިލްގެ ނައިބު

13 އޮކްޓޯބަރު 2024
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ-  ހަނިމާދޫ ކައުސިލްގެ ނައިބު
09 އޮކްޓޯބަރު 2024

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ
08 އޮކްޓޯބަރު 2024

މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟

08 އޮކްޓޯބަރު 2024
މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟
07 އޮކްޓޯބަރު 2024

މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު

07 އޮކްޓޯބަރު 2024
މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު
07 އޮކްޓޯބަރު 2024

ޗައިނާގެ ދަރަނީގެ ބިޑިން މިނިވަންވުމަށް ގޮތް ހުސްވެ ވެއްޓެން ޖެހުނީ ބުލީކުރި އިންޑިއާގެ ފައިބުޑަށް

07 އޮކްޓޯބަރު 2024
ޗައިނާގެ ދަރަނީގެ ބިޑިން މިނިވަންވުމަށް ގޮތް ހުސްވެ ވެއްޓެން ޖެހުނީ ބުލީކުރި އިންޑިއާގެ ފައިބުޑަށް
07 އޮކްޓޯބަރު 2024

އިންޑިއާ އަކީ ރާއްޖޭގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް، އެހެން ވިޔަސް އިންޑިއާ އައުޓް

07 އޮކްޓޯބަރު 2024
އިންޑިއާ އަކީ ރާއްޖޭގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް، އެހެން ވިޔަސް އިންޑިއާ އައުޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް