Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންޑިއާ އަކީ ރާއްޖޭގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް، އެހެން ވިޔަސް އިންޑިއާ އައުޓް

ރައީސް މުޢިއްޒު އަކީ އިންޑިއާ އައުޓް ކެމްޕެއިންގެ އިސް ބައިވެރި އެކެވެ. ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިންތަކުގައި އާއި އަދި ވެރިކަމަށް ވަޑައިގެންވެސް އިންޑިއާ އަށް ބަދު ބަސް ބުނެ ގަޓު ހުރި ރައީސެއްކަން ދެއްކެވުމަށް މަސަައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ގިނަ ރައްޔިތުން ސިފަ ކުރެއެވެ. ރައީސްގެ އިންޑިއާގެ ދަތުރުފުޅާއެކު ރައްޔިތުން ބުނަމުން ދިއައީ ރައީސް މުއިއްޒަކީ ހަމަ ބަހާ އަމަލާ ދިމާނުވާ ބޭފުޅެއް ކަމަށެވެ. ސިޔާސީ މަންފާއަށް ބޮޑު ގައުމަކާ ޖެހިގަތް ވެރިއެއް ކަމަށެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2024 | ހޯމަ 12:27
އިއްޔެ އިންޑިއާ އައުޓް ޓީޝާޓުގައި، މިއަދު ކޯޓުކޮޅުގައި މޯދީ އަރިހުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު

އިއްޔެ އިންޑިއާ އައުޓް ޓީޝާޓުގައި، މިއަދު ކޯޓުކޮޅުގައި މޯދީ އަރިހުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު

ހަނދާނަށް އަންނަނީ ވެރިކަމާ ހަވާލުވެ ހުވާ ކުރެއްވި ދުވަހު ބޮޑު ދިދަ ކައިރީގައި ހުންނަވައިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްވެވި ތަޤްރީރެވެ. ހަނދާނަށް އަންނަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރިވަޑައިގެން އެއަރޕޯޓުގައި ހުންނަވާ ރައީސް ދެއްކެވި ވާހަކަފުޅެވެ. މި ދެވާހަކަފުޅުގެ ތެރެއިން ވެސް ބޮޑަށް ހަނދާނަށް އަންނަނީ އިންޑިއާ އާއި ގުޅޭ ގޮތުން ސީދާ ކޮށާއި ނުސީދާކޮށް ދެއްކެވި ވާހަކަފުޅުތަކެވެ. ފަލަ ރަތް ރޮނގެއް ދަންމަވާލެއްވި ވާހަކަފުޅެވެ. ދެން އެހެން ގައުމަކަށް އެ ރޮނގު ހުރަސް ނުކުރެވޭނެ ކަމަށް ވިދާޅުވި ވާހަކަފުޅެވެ. ވަކި ގައުމަކަށް ބަރޯސާ ވެގެން އޮންނަން ނުޖެހޭނެ ކަމަށް ވިދާޅުވި ވާހަކަފުޅެވެ. އެހެން ބައެއްގެ އުނގަށް ނުވެއްޓި އަމިއްލަ ފައިމައްޗަށް ތެދުވަނީ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ.

ދިވެހިރާއްޖެ އޮންނަ ކަނޑަށް ވަކި ގައުމެއްގެ ނަން ކިޔަން ނުޖެހޭނެ ކަމަށާއި ވަކި ގައުމެއްގެ ބެކްޔާޑުގައި ރާއްޖެ އޮންނަން ނުޖެހޭނެ ކަމަށާއި، ވަކި ގައުމަކުން އެކަނި ބޭސްފަރުވާ ކުރަން ނުޖެހޭނެ ކަމަށާއި، ވަކި ގައުމަކުން ކާޑުގެ ބާވަތްތައް ގެންނަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ކޯފާވެ ހުންނަވައިގެން ދެއްކެވި ވާހަކަފުޅުތަކެވެ. ދެން ހަނދާނަށް އަންނަނީ އަވައްޓަރި އިއްޑިއާ އާއި އެކު ދެވެހިރާއްޖެއިން ވެފައި ހުރި އެއްބަސްވުންތައް ރިވިއު ކުރުމުގެ ވާހަކަ ވެރިކަމުގެ ކުރީ ކޮޅު ދައްކަމުންދިއަ ދިއުމެވެ. ޚާއްސަ ކޮށް އިންޑިއާއި އެކު 100ށް ވުރެ ގިނަ އަސްކަރީ އެއްބަސްވުން އޮތް ކަމަށާއި، އެ އެއްބަސްވުން ރިވިއުކޮށް ބަދަލުތައް ގެންނާނެ ކަމަށް ބުނެ ސަރުކާރުން ދައްކަވަމުން ގެންދިއަ ވާހަކަތަކެވެ. ރާއްޖޭގެ ކަނޑުގެ އަޑި ކުރަހަން އިންޑިއާ އަށް ދީފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުން ގައުމުގެ ސިޔާދަތަށް ގެންލުންވާ ކަމަށް ބުނެ، އުވާލި އުވާލުމެވެ. 

އެކަމަކު ކަންތައްތައް ބަދަލުވެގެން އައި ގޮތް ދެކިބަލާށެވެ. މިހާރު ރައީސް މުޢިއްޒު އެހުންނެވީ ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާގައެވެ. ރަސްމީ އިއްޒަތުގައި އެމަނިކުފާނަށް މަރުހާބާ އެދަންނަވަނީ އެ ވިދާޅުވާ އިންޑިއާ ސަރުކާރުގެ އިސްވެރިންނެވެ. ބައްދަލުކުރައްވަމުން އެގެންދަވަނީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ސިޔާސީ ބޭފުޅުން އެމީހަކަށް ކުރުދޮށިން ދިން އަދި އެމީހެއްގެ ކާޓޫން ކުރަހައިގެން އުޅުނު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެވެ. މަޝްވަރާތަކަށްފަހު ދެއްވި ޖޮއިންޓް ސްޓޭޓްމެންޓުގައި ވިދާޅުވަމުން އެގެންދަވަނީ އިންޑިއާ އަތުން އަތުލެއްވި ހައިޑްރޯގްރަފީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުނު ވާހަކައެވެ. ރާއްޖެ އޮންނަ ކަނޑަށް އިންޑިއަން އޯޝަން ކިޔާތީ ކަންބޮޑުވެވަޑައިގެންނެވި، އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުނު ވާހަކަ އެވެ. މިކަމާ ގުޅުންހުރި އެއްބަސްވުންތަކެއް ވެވުނު ވާހަކަ އެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ވެރިކަމުގައި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދާތީ އެކަމާ ދެކޮޅަށް އިހުތިޖާޖް ކުރެއްވުމަށްފަހު މިއަދު ދައްކަވާތީ މި އިވެނީ އެބުނާ ކޮންސިއުލޭޓެއް އެޅުމަށް މަޝްވަރާ ކުރެވުނު ވާހަކަ އެވެ. ރާއްޖެ ކުޑައަކަސް ބުލީ ނުކުރެވޭނެ ކަމަށް ބުނި އިންޑިއާ އާއި އެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކުރެއްވި މަންޒަރެވެ. 

އިންޑިއާއަށް ފުރާ ވަޑައިގަންނަވަމުން ބީބީސީ އަށް ރައީސް މުއިއްޒު ދެއްވި އިންޓަރވިއުގައި ރާއްޖެ އައިއެމްއެފް ޕްރޮގްރާމަކަށް ދާން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. ސަބަބަކަށް ވިދާޅުވީ އިންޑިއާއިން އެހީތެރިވެދޭނެ ކަމަށެވެ. އިންޑިއާ އަށް ރާއްޖޭގެ މާލީ ހާލަތު އެގޭ ކަމަށް ވިދާޅުވި އެވެ. އިންޑިއާ އަށް ދެރަވާނެ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ. އެހެން ގައުމަކާ އެކު ހަދާ އެއްބަސްވުމެއްގެ ސަބަބުން ވިޔަސް އިންޑިއާގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މިއަދު މޯދީގެ އަރިހުގައި ހުންނަވައިގެން ރައީސް އެ ވިދާޅުވަނީ އިންޑިއާ އަކީ ރާއްޖޭގެ އިގްތިޞާދީ، އުމްރާނީ އަދި އިޖްތިމާއީ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް ކަމަށެވެ.

ސުވާލަކީ މިކަން ކުރިން އެނގިވަޑައިނުގަތީ ކީއްވެތޯއެވެ. ރާއްޖެ ބަނގުރޫޓްވިޔަ ނުދީ ސަލާމަތް ކޮށްދޭންވެސް އޮތީ ހަމަ އިންޑިއާކަން މިއަދު އެނގިވަޑައިގަތީ ކީއްވެތޯއެވެ. ހައިޑްރޯގްރަފީގެ ދާއިރާއިން އިންޑިއާ އެކު ގުޅުން ބަދަހި ކުރަންޖެހޭކަން އެދުވަހު ވިސްނިވަޑައި ނުގަތީ ކީއްވެތޯއެވެ. މިއިން އެއްވެސް ކަމަކުން ރާއްޖޭގެ މިނިވަންކަމަކަށް އިސްތިގުލާލަކަށް ސިޔާދަކަށް ނުރައްކަލެއް ނެތްކަން ކުރިން ވިސްނިވަޑައިނުގަތީ ތޯއެވެ. ނުވަތަ ރަނިލް އަރިހުގައި ވިދާޅުވި ގޮތަށް އެއީ ހަމަ އިންތިޚާބު ކާމިޔާބު ކުރައްވަން ޖެއްސެވިހާ ސްޓަންޓްތޯއެވެ. ރައީސް ވިދާޅުވީ ރަނގަޅަށެވެ. އިންޑިއާ އަކީ ރާއްޖޭގެ އިގްތިޞާދީ، އުމްރާނީ އަދި އިޖްތިމާއީ ކުރިއެރުމުގެ މުހިންމު ބައިވެރިއެކެވެ. އެކަމަކު އިންޑިއާ އަޓްއެވެ.

މަގޭ ރިޕޯޓްއިންޑިއާ އައުޓްޑރ. މުއިއްޒުގެ އިންޑިއާ ދަތުރުފުޅުރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު