Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު ހިޔާނާތުގެ މައްސަލަ

އާރަށު ހިޔާނަތް: ގިނަ ސުވާލުތަކާއި ޖަވާބުތަކަށްފަހު ދައުވާ ސާފުކޮށްދީފި

ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2022 | ބުރާސްފަތި 07:44
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 27 ޖެނުއަރީ 2022 ގައެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީނުގެ މައްޗަށް ކުރާ 2 ދައުވާ އިއްވާފައެވެ. ނަމަވެސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ބައެއް މެމްބަރުން ކޮވިޑުގެ ސަބަބުން އަޑުއެހުމުގައި ބައިވެރިނުވެވޭ ކަމާއި، ދައުވާއަށް ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާކަން ފާހަގަކޮށްފައިވާތީ ދައުވާއަށް ޖަވާބުދާރީވުމުގެ ބައި އެ ދުވަހު ކުރިއަަށް ގެންގޮސްފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވަނީ ދައުވާ ސާފުކުރުމާއި ޖަވާބުދާރީ ވުމުގެ ބައި ކުރިއަށް ގެންދަވާފައެވެ. މި މައުޟޫއަށް ދައުލަތާއި ދިފާއުން ގިނަ ވަގުތުތަކެއްވަންދެން ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ދައުވާތައް ސާފުނުވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ސީޢާއަށް ބަލާއިރުވެސް ކުށުގެ އަމަލަކީ ކޮބައިކަމާއި، ކުށްކުރި ވަގުތާއި، ކުށްކުރި ތަނުގެ އިތުރުން، ކުށް ކުރި ގޮތް ސާފުނުވާކަމަށް ދިފާއުން ތަކުރާރުކޮށް ވަނީ ބުނެފައެވެ. ގާޒީ ޝަކީލު ވަނީ ދައުވާ ސީޢާގެ ވަކިވަކި ބައިތަކާއި ގުޅިގެން ދިފާއަށް ސާފު ނުވާ ކަންކަން ވަކި ވަކިން އަހައިގެން ސާފު ކުރުމުގެ ފުރުސަތު ދެއްވާފައެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ރައީސް ޔާމީނު ކުރެއްވި ކުށުގެ އަމަލަކީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޤަބޫލުކުރައްވައި އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވުން ކަމަށެވެ. އަމަލު ނިސްބަތްވާ ވަގުތަކީ 17 ސެޕްޓެމްބަރު 2015 ގައި އެ ޗެކް ޖަމާ ކުރެއްވި ވަގުތުކަން ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ. އަދި ކުށް ކުރި ތަން ދައުވާގެ ސީޢާގައި އާންމުކޮށް ހިމަނަނީ ކުށް ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ދައުވާލިބޭ ފަރާތަށް ލިއްބައިދިނުމަށްކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، މި މައްސަލައަކީ އެ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ. ވުމާއެކު ދައުވާ ސީޢާގައި ކުށްކުރި ތަނެއް ވަކިން ހިމަނަން ނުޖެހޭނެކަމަށް ވަކީލާ ވިދާޅުވިއެވެ.

ކުށްކުރި ގޮތާއި ގުޅޭގޮތުންވެސް ދިފާއުން ވަނީ އެތައް ފަހަރަކު ސުވާލުކޮށްފައެވެ. އެގޮތުން ރައީސް ޔާމީނު މަޤާމުގެ ނުފޫޒުގެ ބޭނުން ކުރައްވައިގެން ރިޝްވަތު ނެންގެވީ ކިހިނެއްތޯ ދިފާއުން ސުވާލު ކުރިއެވެ. ޖަވާބުގައި ދައުލަތުން ވަނީ އެކަން ހިނގާ ދިޔަ އިރު ޔާމީނަކީ ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާކަމަށް ވިދާޅުވެފައެވެ. ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާއިރު، ސިޔާސަތުތައް ކަނޑައެޅުއްވުމާއި ވަޒީރުންނަށް އެކަންކަމާއި ގުޅިގެން އަންގަން ޖެހޭ އެންގުންތައް އެންގެވުންވެސް ހިމެނޭކަމަށް ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ރަށް ލިބުނު ފަރާތުގެ ޗެކެއް ސީދާ ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވެފައިވާއިރު، މި މައްސަލައިގައި ރައީސް ޔާމީނަށް ނުފޫޒު ނުފޯރުވޭނެކަމަށް ބެލެވެން ނެތް ކަމަށެވެ. ހަމައެއާއެކު، އެ ރަށް ޔޫސުފް ނައީމަށް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ގާތުގައި ރައީސް ޔާމީނު ވިދާޅުވިކަން ހެކިތަކުން އެނގެން އޮތްއިރު، ޔޫސުފު ނައީމް ދައްކާފައިވާ ވާހަކަތަކުންވެސް އެކަން އެނގޭކަމަށް ވަކީލާ ވިދާޅުވިއެވެ.

ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ބުނެދިން މިންވަރަށް ސާފުވެއްޖެކަމަށް ބަޔާންކޮށް ދިފާއުން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި މަނީ ލޯންޑަރިންގ ގެ ދައުވާއާއި ގުޅިގެންވެސް ހަމަ އެފަދަ ސުވާލުތަކެއް ތަކުރާރު ކުރައްވާފައިވާއިރު، އެ ދައުވާއާއި ގުޅިގެންވެސް ދައުލަތުން ވަނީ ދައުވާ ސާފުކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން މި ދައުވާއަކީ ވޮޑަމުލާ މައްސަލައިގައި އުފުލާފައިވާ ދައުވާއާއި ގުޅިގެން ދައުލަތުން ހުށައެޅި ޓްރާންސެކްޝަންތަކާއި ގުޅޭ ދައުވާއެއް ނޫންކަމަށް ވަކީލާ ވިދާޅުވިއެވެ. އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ 3 ޓްރާންސެކްޝަނެއް އެ އެކައުންޓުގައި ހިމެނޭއިރު، އާރަށު މައްސަލައިގެ އެއް މިލިއަން ޑޮލަރުވެސް އޭގެ ތެރޭގައި ހިމެނޭކަން ފާހަގަ ކުރެއްވިއެވެ.

ގާޒީ ޝަކީލު ވަނީ ދައުލަތުން ސާފުކޮށްދިން މިންވަރަށް ދައުވާ ސާފުކަމަށް ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވި ނަމަވެސް، ދިފާއަށް ދައުވާ ސާފުވާ މިންވަރަށް ސުވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ދަންނަވާފައެވެ. ނަމަވެސް އެހިސާބުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ޑރ މުޙައްމަދު ޖަމީލް އަހުމަދު ވަނީ ދައުލަތަށް އިތުރަށް ސާފު ކޮށްދެވޭނެ އެއްޗެއް އޮތްކަމަށް ޤަބޫލު ނުކުރައްވާކަމަށް ވިދާޅުވެ، ޝަރީއަތުން ގޮތެއް ކަނޑައަޅުއްވައިދެއްވުމަށް އެދިލައްވާފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވަނީ ދައުވާ އެކަށީގެންވާ މިންވަރަށް ސާފު ކޮށްދެވިއްޖެކަމަށް ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ 16 ފެބްރުއަރީ 2022 ގައެވެ.

ރައީސް ޔާމީންޔާމީންކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު