Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެވިޑް ކޮލެޖް

އެވިޑް ކޮލެޖްގެ ރިސާޗް ގްރާންޓް ސްކީމް އިފްތިތާހުކޮށްފި

އެވިޑް ކޮލެޖްގެ ރިސާރޗް ގްރާންޓަކީ އެވިޑް ކޮލެޖްގެ ސެންޓަރ ފޯރ ރިސާރޗް އެންޑް އިނޮވޭޝަންގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2022 | ބުރާސްފަތި 04:17
ރިސާރޗް ސްކީމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރިސާރޗް ސްކީމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެވިޑް ކޮލެޖްގައި ރިސާރޗް ގްރާންޓް ސްކީމެއް ތަޢާރަފްކޮށް އެ ސްކީމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެކޮލެޖްގެ ފެކަލްޓީ އޮފް ރިސާރޗް އެންޑް އިނޮވޭޝަންސްގެ ނަން " ސެންޓަރ ފޯރ ރިސަރޗް އެންޑް އިނޮވޭޝަންސް " އަށް ބަދަލުކުރައްވިކަން ޢިއުލާން ކުރެއްވުމަށްފަހު ރަސްމީގޮތުން ރިސަރޗް ގްރާންޓް ސްކީމް އިފްތިތާޙްކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

Advertisement - newsAdvertisement

އެވިޑް ކޮލެޖްގެ ޗެއަރމަން ހާމަކުރެއްވިގޮތުގައި މިއީ އެވިޑް ކޮލެޖްގެ ތާރީޚްގައި ލިޔެވި ފާހަގަވެގެންދާނެ އުފާވެރި ދުވަހެއްކަމަށާއި މިއަދު ފެށިގެންމިދަނީ ވަރަށް މުހިންމު ކަމެއްކަމަށާއި މިކަމުގެ ސަބަބުން ޢިލްމީ ދިރާސާތައްކުރައްވާނޭ ބޭފުޅުންތަކެއް އަލަށް އުފެދި ނުވަތަ އިތުރުވެ އެބޭފުޅުންގެ ދިރާސާތަކުގެ ސަބަބުން މުޅިމުޖުތަމައުއަށް ނުހަނު ފައިދާކުރާނެކަމަށެވެ. އަދި ޚާޢްޞަކޮށް އެވިޑް ކޮލެޖަށާއި އަދި އެވިޑް ކޮލެޖްގެ ސްޓާފުންނަށާއި ދަރިވަރުންގެ ކުރިއެރުމަށް އިތުރުމަގެއް ކޮށިގެން ދާނެއެވެ. އެމަނިކުފާނު ވިދާޅުވީ އެވިޑް ކޮލެޖްގެ ރިސަރޗް ގްރާންޓް ސްކީމް މިވަގުތަށް ޚާޢްސަކުރެވިފައިވަނީ ހަމައެކަނި އެވިޑް ކޮލެޖްގެ ސްޓާފުންނަށް ކަމުގައިވިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި މިސްކީމް ފުޅާކޮށް ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިސްކީމްގެ ދަށުން އެވިޑް ކޮލެޖްގައި މަސައްކަތްކުރައްވާ ސްޓާފުންގެ ތެރެއިން މާސްޓަރސް ފެންވަރުގެ ބޭފުޅުންނާއި މާސްޓަރސް ފެންވަރުގެ ކޯހެއްގައި މަތީ ތަޢުލީމު ޙާޞިލްކުރައްވަމުންގެންދަވާ ބޭފުޅުންނަށް ، އެވިޑް ކޮލެޖްގައި ހިންގާ އެކަޑެމިކް ކޮންމެ ޕްރޮގްރާމަކާ ގުޅޭ ގޮތުން ހައްދަވާ ރިސާރޗްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުން މިކަމާގުޅޭ ހުރިހާ މަޢުލޫމާތެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ޕޮލިސީގެ ދަށުން އެޕްރޮޕޯސަލްއަށް ފަންޑުކުރެވޭނެއެވެ. އެވިޑް ކޮލެޖްގެ ރިސާރޗް ގްރާންޓަކީ އެވިޑް ކޮލެޖްގެ ސެންޓަރ ފޯރ ރިސާރޗް އެންޑް އިނޮވޭޝަންގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ޗެއަރމަންއަށް ލަފާ ދެއްވަވާ ޚާއްޞަ މުޝީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އާއި އެވިޑް ކޮލެޖްގެ ސްޓެރެޓެޖިކް ޕްލޭން ތައްޔާރުކުރެއްވެވި ކޮންސަލްޓެންޓްކަމުގައިވާ ޑރ. އަޙްމަދު ޢަލިމަނިކު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން އެވިޑް ކޮލެޖްގެ އެކަޑެމިކް ސްޓާފުންވެސް މިހަފްލާގައި ބައިވެރިވިއެވެ.

މާލެ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު