Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ކޮމިޓީ

ލާމަރުކަޒީ ކޮމިޓީން މާލެ ސިޓީގެ ޑަބްލިއުޑީސީ މެމްބަރުންނާއި ކޮމިޓީއާ ބައްދަލުކުރަނީ

ޑަބްލިއުޑީސީގެ މެމްބަރުންނާ ހޯމަ ދުވަހުގެ ހެނދުނު 9:30 ގައި ބައްދަލުކުރުމަށް ލާމަރުކަޒީން ކޮމިޓީން ނިންމި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 ފެބުރުއަރީ 2022 | ބުދަ 06:31
ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުން

ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުން

މާލެ ސިޓީ ކައުންސިލްގެ އޮފީސް ތެރޭގައި ބަންދުކޮށްފައި ތިބި މައްސަލާގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.

ބުދަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މަައްސަލަ އާއި ގުޅިގެން ވަނީ މަޝްވަރާ ކުރައްވާފައެވެ. މިކަމާއި ގުޅިގެން ޑަބްލިއުޑީސީގެ މެމްބަރުންނާއި ހޯމަދުވަހުގެ ހެނދުނު 9:30 ގައި ބައްދަލު ކުރެއްވުމަށް ކޮމިޓީންވަނީ ނިންމާފައެވެ.

މެމްބަރުން ވަނީ މިކަމާއި ގުޅިގެން ޑަބްލިއުޑީސީގެ މެމްބަރުންގެ ފަރާތުން ލިބޭ މައުލޫމާތު ޖެންޑަރ ކޮމިޓީއާވެސް ހިއްސާ ކުރެއްވުމަށް ނިންމަވާފައެވެ.

މާލެ ސިޓީގެ ޑަބްލިއުޑީސީގެ މެމްބަރުން އޮފީސް ތެރޭގައި 45 މިނެޓް ވަންދެން ބޭރުން ތަޅުލާފައި ބެހެއްޓި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ ކޮމިޓީންވެސް ވަނީ ބަލަން ފަށާފައެވެ. އަދި ހޯމަދުވަހު އެ ކޮމިޓީންވެސް ވަނީ ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައްދަލުކުރުމަށް ނިންމާފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް މައްޗަންގޮޅީގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އޮފީސް ބަންދުކުރި މައްސަލައެއް ފެންމަތިވެފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

ޑަބްލިޔުޑީސީގެ ރައީސް ރައީސް ފާތުފަތު ޝިފާ ރާއްޖެއެމްވީއަށް ވިދާޅުވެފައިވަނީ، ބައްދަލުވުންތައް ކުރިއަށް ގެންދަނީ މާލެސިޓީ ކައުންސިލަށް ރަސްމީކޮށް އެންގުމަށްފަހު ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހު 1:30 ގައި ރަސްމީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، 2:00 ގައި ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ބައްދަލުވުމަށް މައްޗަންގޮޅީ މާލެ އޮފީހަށް ދިޔައިރު ވެސް މުވައްޒަފުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ބައްދަލުވުން ނިންމައި 3:10 ހާއިރު މީޓިން ރޫމުން ނުކުތްއިިރު އޮފީސް ބަންދުކޮށްފައިވާ ކަމަށާއި، ނުކުމެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އެވަގުތުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ އެކި ބޭފުޅުންނަށް ގުޅި ކަމަށާއި، އޮފީސް ހުޅުވާފައިވަނީ އޭގެ ގާތްގަނޑަކަށް 45 މިނެޓް ފަހުން ކަމަށް ޝިފާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ޑަބްލިޔުޑީސީގެ މެމްބަރުންނަށް އުނދަގޫތައް ކުރިމަތިކުރުވާ ކަމާއި، ސިޔާސީ ގޮތުން އޮންނަ ހިތްހަމަ ނުޖެހުމެއްގެ ސަބަބުން މަސައްކަތްތަކަށް ދަތި ކުރުވާކަމަށް ޑަބްލިއުޑީސީގެ މެމްބަރުން ގެންދަނީ ވިދާޅުވަމުންނެވެ.

ލާމަރުކަޒީ ނިޒާމުމާލެ ސިޓީ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު