Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ130 ކިލޯ ޑްރަގް މައްސަލަ

130 ކިލޯ ޑްރަގް މައްސަލައިގެ އަޑުއެހުން ކެންސަލް

9 ފެބުރުއަރީ 2022 | ބުދަ 06:17

ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ފެބުރުއަރީ 2022 | ބުދަ 06:17
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ޝަހީބު އިބްރާހިމް

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ޝަހީބު އިބްރާހިމް

ދިވެހިންގެ ބަޔަކު ބޭރު ބަޔަކާއި ގުޅިގެން ރާއްޖެއަށް އެތެެރެކުރި ކަމަށް ތުހުމަތު ކުރެވޭ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

ކްރިމިނަލް ކޯޓުން މައުލޫމާތުދޭ ގޮތުގައި މި މައްސަލައިގެ އަޑުއެހުން ކެންސަލްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހިއަރިންގ ރޫމްތަކުގައި އިތުރު އަޑުއެހުންތަކެއް ކުރިއަށްގެންދާތީ މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ޖާގައެއް ނުލިބުމުގެ ސަބަބުންނެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 11 ޖެނުއަރީ 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި މި މައްސަލައިގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުވާ 2 މީހުންގެ ތެރެއިން ހއ. ހޯރަފުށި، ވައިލެޓްވިލާ،އަހްމަދު މޫސާގެ ބަޔާއި، ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ ބައި ވަނީ ވަކިން ކުރިއަށް ގެންގޮސްފައެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި ހުޅުމާލެއާއި މާލޭގެ ގެތަކެއްވެސް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން ފުލުހުން ބުނެފައިވާ ގޮތުގައި، މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ތިބީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

މި މައްސަލައިގެ ދިފާއީ ހެކިންގެ ގޮތުގައި ޝަހީބުގެ ފަރާތުން ވަނީ ދޯނިން މަސްތުވާތަކެތި ފެނުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ސާބިތު ކުރުމަށް ހެކި ހުށައަޅާފައެވެ. އަދި އެކަމާއި ގުޅިގެން ހުށައެޅި ހެކިންގެ އިތުރުން، ކިތާބީ ހެކިވެސް އޭނާ ހުށައަޅާފައިވެއެވެ. އެ މަސްތުވާތަކެއްޗަކީ އަސީލް މާހިރު ކަނޑުމަތިން ހޮވި ތަކެތިކަމަށާއި، ޝަހީބާއި ގުޅުމެއް ނެތްކަމަށް އަސީލް ބުނާ ބުނުން ދިފާއުން ފާހަގަ ކުރެއެވެ.

އޭގެ އިތުރުން، އަހުމަދު މޫސާގެ ފަރާތުން ހުށައެޅި ދިފާއީ ހެކިންގެ ތެރޭގައި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގައި ބޭނުން ކޮށްފައިވާ ދޯންޏަކީ އެކަމަށްޓަކައި ބޭނުންކުރި ދޯންޏެއްކަން ނޭނގޭ ކަން ސާބިތު ކުރުމަށް ހުށައެޅި ހެކިން ހިމެނެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

ޝަހީބް އިބްރާހީމާއި އަހްމަދު މޫސާގެ އިތުރުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާޒާއި އިގްބާލްގެ މައްޗަށެވެ.

އެ ހަ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. މި 3 ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް