Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ ބާޒާރުން ކްލަބްތަކަށް ލިބުނު ގެއްލުން

ޓްރާންސްފާ ތަކުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ކްލަބަކަށް ޔުނައިޓެޑް

8 ފެބުރުއަރީ 2022 | އަންގާރަ 13:45

ކުރި ޖުމްލަ ޚަރަދު 1.55 ބިލިއަން ޔޫރޯއަށް އަރާ

އަތޫފް އާތިފް
އަތޫފް އާތިފް | 8 ފެބުރުއަރީ 2022 | އަންގާރަ 13:45
ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ

ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ

ދުނިޔޭގެ ބޮޑެތި ލީގުތަކުގެ ކުލަބުތަކުން ކުޅުންތެރިން ގަނެ ވިއްކައިގެން މާލީ އެންމެ ބޮޑު ގެއްލުމެއް ލިބުނު ކުލަބަކަށް އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ވެއްޖެއެވެ.

މަޝްހޫރު ސްވިޒަލެންޑް ފުޓްބޯލް އޮބްޒަވޭޓަރީން އާންމުކުރި ރިޕޯޓުގައިވާ ގޮތުން އިނގިރޭސި މަޝްހޫރު ކުލަބު ޔުނައިޓެޑުން ޓްރާންސްފާ މާކެޓްގައި ކުރި ހޭދަތަކަށް ބަލާއިރު، މިދިޔަ 10 އަހަރުތެރޭ އެއް ބިލިއަން ޔޫރޯއަށްވުރެ ބޮޑު ގެއްލުމެއް އެ ކުލަބަށް ވަނީ ލިބިފައެވެ.

މިދިޔަ 10 އަހަރަށް ބަލާއިރު، ޔުނައިޓެޑުން ކުރި ޖުމްލަ ޚަރަދު 1.55 ބިލިއަން ޔޫރޯއަށް އަރައެވެ. މި މުއްދަތުގައި ކުޅުންތެރިން ވިއްކައިގެން އެ ކުލަބަށް ލިބުނީ 470 މިލިއަން ޔޫރޯއެވެ.

މިދިޔަ 10 އަހަރު ތެރޭގައި ޔުނައިޓެޑުން ގަތް ކުޅުންތެރިންނަށް ބަލާއިރު، 2016 ވަނަ އަހަރު އޭރުގެ ރެކޯޑް ފީއެއް ކަމަށްވާ 89.5 މިލިއަން ޕައުންޑަށް ގަތް ފްރާންސްގެ ޕައުލް ޕޮގްބާ ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން 2015 އަހަރު 36 މިލިއަން ޕައުންޑަށް ގަތް އެންތަނީ މާޝިއަލް އާއި 2020 ވަނަ އަހަރު 40 މިލިއަން ޕައުންޑަށް ގަތް ޑެނީ ވެން ޑަ ބީކްގެ އިތުރުން 75 މިލިއަން ޕައުންޑަށް ގަތް ރޮމޭލޫ ލުކާކޫގެ ވެސް އެކަށީގެންވާ ބޭނުން އެ ކުލަބަށް ހިފިފައެއް ނުވެއެވެ.

މި ކުޅުންތެރިންގެ ތެރެއިން ޕޮގްބާއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، މާޝިއަލް އާއި ވެން ޑަ ބީކް މިހާރު ތިބީ ލޯނު އުސޫލުގެ ދަށުން ދޫކޮށްފައެވެ.

ކުޅުންތެރިން ވިއްކައިގެން ލިބުނު އާމްދަނީއާ ނުބައްދަލު ހޭދައެއް ކޮށްގެން އެންމެ ބޮޑު ގެއްލުންވި ލިސްޓުގެ ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ސިޓީއަށް ޓްރާންސްފާ ބާޒާރުގައި ކުރި ހޭދައިގެ ނިސްބަތުން ވަނީ 984 މިލިއަން ޔޫރޯގެ ގެއްލުމެއްވެފައެވެ.

މި ލިސްޓުގެ ތިންވަނައިގައި އޮތީ ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއެވެ. އެ ކުލަބަށް 914 މިލިއަން ޔޫރޯގެ ގެއްލުމެއް ވަނީ ލިބިފައެވެ.

މެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ސިޓީޕީއެސްޖީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް