Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެއި 6ގެ ހަމަލާގެ ޝަރީއަތްތައް

މެއި 6ގެ ހަމަލާގެ ޝަރީއަތްތައް ކުރިޔަށްނުދާތީ އައްބާސް ފާއިޒު ކަންބޮޑުވުން ފާޅުކުރައްވައިފި

7 ފެބުރުއަރީ 2022 | ހޯމަ 18:36

މި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ފެބުރުއަރީ 2022 | ހޯމަ 18:36
މައްސަލަ ކުރިއަށްދާގޮތް މޮނިޓަރކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒު

މައްސަލަ ކުރިއަށްދާގޮތް މޮނިޓަރކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒު

ރައްޔިތުން މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތްތައް ލަސްވާތީ, އެ މައްސަލަ ކުރިއަށްދާގޮތް މޮނިޓަރކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކަމާގުޅިގެން އައްބާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, މޭ ހައެއްގެ ހަމަލާއާ ގުޅޭ ޝަރީއަތްތަކަށް މިހާރު އައިސްފައިވާ ލަސްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލާގައި ހުކުމްކޮށްފައި ވަނީ އެންމެ މީހަކަށް ކަމަށާއި, ދެންތިބި މީހުންގެ ޝަރީއަތްތައް އަދި ތާވަލްކޮށްފައިނުވާ ކަމަށާއި, އެ ޝަރީއަތްތައް އެކުގައި ދިޔުމަކީ މިމައްސަލަ އިތުރަށް ލަސްވުމުން ސަލާމަތްކޮށްދޭނެ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމަށް ހުކުމް އިއްވުމުން އައްބާސް މީގެކުރިން ވިދާޅުވެފައިވަނީ, އަދުހަމްގެ ހުކުމުން އިތުރު ހެއްކާއި، ފަންޑުކުރި މީހުން ހޯދަން ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. ފާއިޒު ވިދާޅުވީ، ހަމަލާ ދިނުމުގައި ޝާމިލުވާ އެކަކަށް ހުކުމް އިއްވުމަކީ ކޯޓަށް ހުށަހެޅިފައިވާ ހެކިތަކުގެ ވަރުގަދަކަން ހާމަވާ ކަމެއް ކަމަށާއި، މިއީ ފުލުހުން ޕްރޮފެޝަނަލްކޮށް ހޯދައި، ޕީޖީ އޮފީހުން ފުރިހަމައަށް ދިރާސާކޮށް ހުށަހެޅި ހެކިތަކުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ހަމަލާއާ ގުޅުންހުރި އިތުރުކަންކަން ހޯދުމަށް, މި ހުކުމުގެ ސަބަބުން ހިޔަނި އެޅިގެން ނުވާނެ ކަމަށްވެސް ފާއިޒު ވިދާޅުވެފައިވެއެވެ.

މޭ މަހުގެ 6 ވަނަ ދުވަހުގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދުހަމް ހިމެނޭގޮތަށް ޖުމްލަ ނުވަ މީހަކަށް މި މައްސަލާގައި ދައުވާކޮށްފައިވެއެވެ. އެއީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ.

ހަމަލާދިނުމުގައި އިސްދައުރެއް އަދާކުރި އިސްހާގަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއާއި, ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއެވެ.

ފަހުމީއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ނާޒިމަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. މުޖާޒް، ތަހުމީން، ހައިޝަމް އަދި އަދުހަމްގެ މައްޗަށް 13 ދައުވާއެއް އުފުލާފައިވެއެވެ.

މޭ6ޓެރާރއެޓޭކްޚާއްސަ މަންދޫބު، އައްބާސް ފާއިޒް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
29 އޮކްޓޯބަރު 2023

މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި

29 އޮކްޓޯބަރު 2023
މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި
29 އޮކްޓޯބަރު 2023

މެއި 6ގެ ހަމަލާ: ހަމަލާގައި ޒަހަމްވި މީހެއްގެ ހެކިބަސް ނަގައިފި

29 އޮކްޓޯބަރު 2023
މެއި 6ގެ ހަމަލާ: ހަމަލާގައި ޒަހަމްވި މީހެއްގެ ހެކިބަސް ނަގައިފި
24 އޮކްޓޯބަރު 2023

ނަޝީދަށް ދިން ބޮމުގެ ހަމަލާ: އައްބާސްގެ ކަންބޮޑުވެވަޑައިގަތުމަކީ ކޯޓުގައި މައްސަލަ ކުރިއަށްދާލެއް ލަސްވުން

24 އޮކްޓޯބަރު 2023
ނަޝީދަށް ދިން ބޮމުގެ ހަމަލާ: އައްބާސްގެ ކަންބޮޑުވެވަޑައިގަތުމަކީ ކޯޓުގައި މައްސަލަ ކުރިއަށްދާލެއް ލަސްވުން
02 ޖޫން 2023

މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު

02 ޖޫން 2023
މެއި 6ގެ ހަމަލާގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު
24 މެއި 2023

ނަޝީދުގެ ސެކިއުރިޓީ އާއި ބޮން ގޮއްވާލުމުގެ ވާހަކަދައްކަނީ ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ވަގުތެއްގައި - މެންބަރު އިސްމާއިލް

24 މެއި 2023
ނަޝީދުގެ ސެކިއުރިޓީ އާއި ބޮން ގޮއްވާލުމުގެ ވާހަކަދައްކަނީ ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ވަގުތެއްގައި - މެންބަރު އިސްމާއިލް
05 އެޕްރީލު 2023

ރައީސްގެ ހާއްސަ މަންދޫބު އައްބާސް ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

05 އެޕްރީލު 2023
ރައީސްގެ ހާއްސަ މަންދޫބު އައްބާސް ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި
21 ނޮވެމްބަރު 2022

މެއި 6 ހަމަލާގެ ޝަރީއަތް ދިގުލައިގެންދާ ސަބަބު ޖުޑީޝަރީ ކޮމިޓީން ސާފުކުރަނީ

21 ނޮވެމްބަރު 2022
މެއި 6 ހަމަލާގެ ޝަރީއަތް ދިގުލައިގެންދާ ސަބަބު ޖުޑީޝަރީ ކޮމިޓީން ސާފުކުރަނީ
14 ސެޕްޓެމްބަރު 2022

ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ސެކިއުރިޓީ ބަލަހައްޓަންތިބި ބޮޑީގާޑުންނަށް މެޑަލް ދެއްވައިފި

14 ސެޕްޓެމްބަރު 2022
ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ސެކިއުރިޓީ ބަލަހައްޓަންތިބި ބޮޑީގާޑުންނަށް މެޑަލް ދެއްވައިފި
08 މެއި 2022

އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގިދެއްވާ އެއްބޭފުޅަކީ އަދުން ހުސައިން – ނަޝީދު

08 މެއި 2022
އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގިދެއްވާ އެއްބޭފުޅަކީ އަދުން ހުސައިން – ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް