Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޮމިސް ކަޕް

ޕޮމިސް ކަޕް މި އަހަރު ބޭއްވޭތޯ މަސައްކަތް ކުރަނީ

7 ފެބުރުއަރީ 2022 | ހޯމަ 11:17

ޕޮމިސް ކަޕް ބާއްވަން މަސައްކަތް ކުރަނީ ސެޕްޓެމްބަރު މަހު

އަތޫފް އާތިފް
އަތޫފް އާތިފް | 7 ފެބުރުއަރީ 2022 | ހޯމަ 11:17
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލަފާފުޅުގެ މަތިން ބާއްވާ ބައިނަލްއަގްވާމީ ފުޓުބޯޅަ މުބާރާތް "ޕޮމިސް ކަޕް" މި އަހަރު ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އޮންލައިން ނޫސް އަދަދުގެ ކުޅިވަރު ޕްރޮގްރާމް "ފޯރި" ގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، ރައީސްގެ އިންވިޓޭޝަނަލް މުބާރާތެއްގެ ގޮތުގައި ބާއްވާ ޕޮމިސް ކަޕް ބާއްވަން ގަސްދުކުރަނީ އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށެވެ.

ބައްސާމް ވިދާޅުވީ މި މުބާރާތް މިފަހަރު ބޭއްވުމަން ގަސްދުކުރަނީ ގައުމީ ޓީމުތައް ބައިވެރިކޮށްގެން ކަމަށާއި، މި މުބާރާތުގައި ގާތްގަނޑަކަށް ހައެއް ނޫނީ އަށް ވަރަކަށް ޓީމު ބައިވެރިވާނެ ކަމަށެވެ.

މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ވަނީ ރާއްޖޭގައި ކޮންމެ އަހަރަކުވެސް ބައިނަލްއަގްވާމީ އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ ގައުމީ ޓީމުގެ ގިނަ މެޗުތަކެއް މިއަހަރުގެ ތެރޭގައި ސަޕޯޓަރުންނަށް ފެނިގެންދާނެ ކަމަށެވެ. އަދި ގައުމީ ޓީމުން ކާމިޔާބު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރަނީ ދިވެހި ސަޕޯޓަރުން ކަމަށާއި، ދިވެހި ފުޓުބޯޅައަށް މިވަގުތު އެންމެ މުހިންމީ އެންމެ އެއްބާރުލުން ލިބިގެން ކުރަން ޖެހޭ މަސައްކަތް ކަމަށެވެ. ބައްސާމް ވަނީ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ސަޕޯޓު ފާހަގަކުރައްވާފައެވެ.

ގައުމީ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގެ ދަށުގައި ކުޅުނު ފުރަތަމަ މުބާރާތުން މޮޅެއް ނުލިބި ނިންމާލަން ޖެހުމާއި ގުޅިގެން މޮރިއޭރޯ ވަނީ ގައުމީ ޓީމު ދެން ކުޅޭ މެޗުތަކަށް ރަނގަޅު ސްކޮޑެއް އެކުލަވާލާނެ ކަމަށް ބުނެފައެވެ. އަދި މި ފަހުން މޮރިއޭރޯ ވަނީ ކުޅުންތެރިން ޓެސްޓު ކޮށްލުމަށް ހަ ދުވަހުގެ ޓްރެއިނިން ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް