Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަން ލީގު

ލެވަކޫސެން އަތުން ޑޯޓްމުންޑަށް ނާކާމިޔާބު

ޑޯޓްމުންޑް ބަލިވީ ލެވަކޫސެން އަތުން 5-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2022 | ހޯމަ 08:55
ޑޯޓްމުންޑާއި ލެވަކޫސެން ބައްދަލުކުރި މެޗުގެ ތެރެއިން

ޑޯޓްމުންޑާއި ލެވަކޫސެން ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބަޔާ ލެވަކޫސެން އަތުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް ބަލިވީ ލެވަކޫސެން އަތުން 5-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ލެވަކޫސެނުން ވަނީ ލީޑު ނަގާފައެވެ. މިއީ ޑޯޓްމުންޑުގެ މަނުއެލް އަކަންޖީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ޑޯޓްމުންޑުން ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑަކީ ލެވަކޫސެންގެ ޖެރެމީ ފްރިމްޕޮންގް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ލެވަކޫސެނުން އަލުން ލީޑު ނެގިއިރު، ކައުންޓަ އެޓޭކެއްގައި ކަރީމް ބެލަރަބީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ވާޓްޒެވެ. އަދި އޭގެ އަށް މިނެޓު ފަހުން ހިލޭ ޖެހުމަކުން ރޮބާޓް އެންޑްރިޗް ވަނީ ލަނޑެއް ޖަހައި، ލެވަކޫސެނުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ލެވަކޫސެނުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ޖޮނަތަން ޓާ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލެވަކޫސެނުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މޫސާ ޑިއާބީއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްޓެފެން ޓެގެސް ވަނީ ޑޯޓްމުންޑުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗުން ޑޯޓްމުންޑް ބަލިވުމާއެކު، ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވަނީ ނުވަ ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެގޮތުން ބަޔާނަށް ކުޅުނު 21 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ޑޯޓްމުންޑް އޮތީ 21 މެޗުން 43 ޕޮއިންޓާއެކުއެވެ. އަދި ޑޯޓްމުންޑް ބަލިކުރި ލެވަކޫސެން އޮތީ ތާވަލުގެ ތިންވަނައިގައި 21 މެޗުން 38 ޕޮއިންޓާއެކުއެވެ.

ޖަރުމަން ލީގުބޮރޫޝިއާ ޑޯޓްމަންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު