Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ބަޔާނުން ޖަރުމަނު ލީގުގެ ތަށި އުފުލާލައިފި

11 މެއި 2025 | އާދީއްތަ 04:55

ބަޔާނާ އެކު ކާމިޔާބު ކުރި ޖަރުމަނު ލީގަކީ، ކޭންގެ ސީނިއާ ކެރިއަރުގައި އޭނާ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މެއި 2025 | އާދީއްތަ 04:55
ބަޔާން މިއުނިކް އިން މި ސީޒަންގެ ޖަރުމަނު ލީގުގެ ތަށި އުފުލާލަނީ

ބަޔާން މިއުނިކް އިން މި ސީޒަންގެ ޖަރުމަނު ލީގުގެ ތަށި އުފުލާލަނީ

ޖަރުމަނު ލީގުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކް އިން ޖަރުމަނު ލީގުގެ ތަށި އުފުލާލައިފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ އަނެއް ލަނޑު ޖަހައިފަ އެވެ.

އެ މެޗާ ކުރިމަތިލީއިރު ވެސް، ބަޔާނަށް ވަނީ މި ސީޒަންގެ ޖަރުމަނު ލީގު ކަށަވަރު ވެފަ އެވެ. އެއީ ކުރީ ހަފުތާގައި ބަޔާ ލެވަކޫސަން ކުޅުނު މެޗުން އެ ޓީމު މޮޅު ނުވުމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އޭނާ އެ ލަނޑު ޖެހީ މައިކަލް އޮލައިސޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގައި ބަޔާންގެ ދެ ވަނަ ލަނޑު އޮލައިސޭ ޖެހީ، މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެެ. އެ ލަނޑު ޖަހަން އޮލައިސޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލެރޯއީ ސާނޭ އެވެ.

މިއީ ބަޔާން މިއުނިކް އިން ޖަރުމަނު ލީގު ކާމިޔާބު ކުރީ 34 ވަނަ ފަހަރެވެ. ބަޔާންގެ މި ކާމިޔާބީ އެންމެ ޚާއްސަވާ ކުޅުންތެރިޔަކީ، މިދިޔަ ސީޒަންގައި އެ ޓީމަށް ބަދަލުވި ކޭން އެވެ.

ބަޔާނާ އެކު ކާމިޔާބު ކުރި ޖަރުމަނު ލީގަކީ، ކޭންގެ ސީނިއާ ކެރިއަރުގައި އޭނާ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ. މީގެ ކުރިން ޓޮޓެންހަމް އަދި އިންގްލެންޑާ އެކު ފައިނަލްގައި ކުޅުނު ނަމަވެސް، ކޭން އަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ޓޮޓެންހަމް ދޫކޮށް މިދިޔަ ސީޒަންގައި އޭނާ ބަޔާނަށް ބަދަލުވީއިރު، ބަޔާނަށް ވަނީ މިދިޔަ ސީޒަންގެ ޖަރުމަނު ލީގު ގެއްލިފަ އެވެ. އަދި ބަޔާނުން މިދިޔަ ސީޒަން ނިންމާލަން ޖެހުނީ ވެސް ތައްޓެއް ކާމިޔާބު ނުކުރެވި އެވެ.

މިއީ މި ސީޒަނާ ދިމާކޮށް ބަޔާންގެ ކޯޗުކަމާ ހަވާލުވި ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ބަޔާން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް