Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވަޅަކަށް ވެއްޓި ތުއްތު ކުއްޖަކު ނިޔާވުން

ރަޔާންގެ ވަކިވުން މުޅި ދުނިޔެއަށް ގެނުވީ ފުން ހިތާމައެއް

ރަޔާން ވަނީ މިމަހުގެ 1 ވަނަ ދުވަހު 100 ފޫޓުގެ ވަޅަކަށް ވެއްޓި، ވަޅުގައި ތާށިވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2022 | ހޯމަ 11:23
ވަޅަށް ވެއްޓި ނިޔާވި ރަޔާން އޮރަމް

ވަޅަށް ވެއްޓި ނިޔާވި ރަޔާން އޮރަމް

މޮރޮކޯގެ އިގްރާން ވިލެޖުގައި ދިރިއުޅެމުންދިޔަ އުމުރުން އެންމެ ފަސް އަހަރުގެ ރަޔާން އޮރަމް ދިޔައީ އެ ސަރަހައްދުގެ އުސްބިންތަކުގެ މަތީގައި ކޮންމެވެސް ކުޅިވަރެއްގައި މަޝްއޫލުވެއެވެ. އޭރު ރަޔާންގެ ބައްޕަވެސް އެ ސަރަހައްދުގައި ހުއްޓެވެ. އެކަމަކު އޭނާ ހުރީ މަސައްކަތެއް ކުރަން ކަމުން ރަޔާންގެ ހަރަކާތްތަކަށް މާބޮޑު ސަމާލުކަމެއް ދެވިފައެއް ނުވެއެވެ. އެހެންނަމަވެސް އިރުކޮޅެއް ފަހުން ރަޔާންގެ އެއްވެސް ޚަބަރެއް ނުވެގެން ރަޔާން ހޯދަން ވަނީ ފަށާފައެވެ.

ރަޔާން ހޯދުމުގެ މަސައްކަތް އާއިލާއިން ކުރަމުން ދަނިކޮށް ވަޅެއް ކައިރީގައި ކުޑަކުއްޖެއްގެ ފިޔަވަޅު ހުރިތަން ފެނިގެން އެ އާއިލާއިން ވަނީ އެ ވަޅަށް އަލިކޮށް ވަޅުގެ އެތެރެ ބަލާފައެވެ. އެ ވަޅަކީ ބޭނުންކުރާ ވަޅެއް ނޫނެވެ. އަދި އެވަޅުގައި މައްޗެއްވެސް ޖަހާފައެއް ނެތެވެ. ރަޔާންގެ އާއިލާއިން ވަނީ ފޯނުގެ ކެމެރާ ޖައްސުމަށްފަހު އެ ފޯނު ވަޅަށް ތިރިކޮށްގެން ބަލާފައެވެ. މިގޮތަށް ބެލި ބެލުމުން ރަޔާން އެ ވަޅަށް ވެއްޓިފައި އޮތްކަން ވަނީ ކަށަވަރުކުރެވިފައެެވެ. އެހާ ހިސާބުން ރަޔާންގެ އާއިލާއިން ވަނީ އެކަން އަންގަންޖެހޭ ފަރާތްތަކަށް އަންގާފައެވެ. އެއީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހެވެ.

ރަޔާން ވެއްޓުނު ވަޅަކީ 105 ފޫޓުގެ ފުން ވަޅެކެވެ. އެ ވަޅުގެ އެންމެ މަތިން ފުޅާމިނުގައި 45 ސެންޓިމީޓަރު ހުރިނަމަވެސް ވަޅުގެ އެތެރެ ވަރަށް ހަންޏެވެ. އެހެންކަމުން ވަޅުތެރެއަށް ފައިބައިގެން ރަޔާން ސަލަމަތްކުރުމަށްވެސް ވަނީ ދަތިވެފައެވެ. އަދި އެސަރަހައްދަކީ ފަރުބަދަމަތީ ސަރަހައްދެއް ކަމުން, ވަޅު އިތުރަށް ފުޅާކޮށްފިނަމަ ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ކަމެއް ދިމާވެދާނެތީ އެކަން ކުރުމަށްވެސް ދަތިވީއެވެ. އެހާހިސާބުން ދެން މަސައްކަތްފެށީ ރަޔާން ވެއްޓިފައި އޮތް ހިސާބުން އަޑިން ބިންގަނޑު ކޮނުމަށެވެ.

ރަޔާން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންގެންދިޔައިރު އެ މަސައްކަތުގައި ހަރަކާތްތެރިވި މީހުން ގެންދިޔައީ ރަޔާނަށް ބޭނުންވާ ކާނާއާއި ބޯފެނާއި، އޮކްސިޖަންފަދަ ތަކެތި ފޯރުކޮށްދެމުންނެވެ. އަދި ކެމެރާ ތިރިކޮށްގެން ރަޔާންގެ ހަރަކާތްތައް ބަލަމުންގެންގޮސްފައިވެއެވެ. ވަޅުގައި ރަޔާން އޮތީ އަރިއަކަށް އޮށޯވެލައިގެން ކަމަށާއި, އަދި ބޮލަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް ރެސްކިއު ޓީމުން ބުނެފައިވެއެވެ. ރެސްކިއު ޓީމުން ގެންދިޔައީ ރަޔާން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ. އެވަގުތު ރަޔާންގެ ހިތަށް އަރައި ފައިބާނީ ކީކޭބާއެވެ؟

4 ދުވަހުގެ މަސައްކަތަށްފަހު ރަޔާން ސަލާމަތްކުރެވުނީ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ ވަޅުން ނަގާފައިވަނީ ރަޔާންގެ ފުރާނަ ނެތް މަސްގަނޑެވެ. ރަޔާން ސަލާމަތްކުރެވުމުގެ ކުރިން ރަޔާން ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. 5 ދުވަސްވީއިރުވެސް ރަޔާންގެ އާއިލާއިން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަލް ޖަޒީރާއާ ވާހަކަދައްކަމުން ރަޔާންގެ މަންމަ ބުނީ ދަރިފުޅު ސަލާމަތުން ވަޅުން ނެގޭތޯ ވަރަށް ދުއާކުރިކަމަށެވެ.

ރަޔާންގެ މުޅި އާއިލާ މިވަގުތު ވަނީ ނުހަނު ފުން ހިތާމައެއްގެ ތެރޭގައެވެ. ހަމައެކަނި ރަޔާންގެ އާއިލާއެއް ނޫނެވެ. މުޅި ދުނިޔެއިންވެސް ދަނީ މި ހިތާމައިގައި ބައިވެރިވަމުންނެވެ. ރަޔާންގެ ފުުރާނައަށް ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާތޯ ދުއާ ކުރަމުންނެވެ. މަތްﷲ ރަޔާންގެ މައުސޫމް ފުރާނައަށް ހެޔޮ ރަހުމަތް ލައްވައި، ސުވަރުގޭގެ ދައިމީ ނިއުމަތް މިންވަރު ކުރައްވާށި! އަދި މި އުނދަގޫ ވަގުތުގައި ރަޔާންގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން!

ރަޔާން އޮރަމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

25 ސެޕްޓެމްބަރު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު