Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރަޕްޝަން

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

ރާއްޖޭގައި ކޮރޮޕްޝަން އިންތިހާ އަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2017 | ހޯމަ 12:30
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެންމެ ގިނައިން ވިދާޅުވާ އެއް ބަސްފުޅަކީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި ހުރިހާ ދުވަހަކު ގާނޫނުތައް ތަންފީޒް ކުރާނެ ކަމުގެ ވާހަކައެވެ. އިންސާފް ގާއިމް ކުރާނެ ކަމުގެ ވާހަކައެވެ. ކޯޓްތަކުން ކުރާ ހުކުމްތައް ނުވަތަ ނިންމާ ނިންމުންތައް ފުރިހަމަ އަށް ތަންފީޒް ކުރާނެ ވާހަކައެވެ. ކުށެއްކޮށްފި ނަމަ އަދަބް ލިބޭނެ ވާހަކައެވެ. އިންސާފް ގާއިމް ކުރުމުގައި މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެ ވާހަކައެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލު ކުރާ އެންމެންނާ ވެސް ގާނޫނު އަރާ ހަމަކުރާނެ ވާހަކައެވެ.

ރައީސް ޔާމީން އެހެން ވިދާޅުވި ނަމަވެސް ފެންނަ މަންޒަރަށް ބަލާއިރު ކަންތައްތައް ހިނގަމުންދަނީ އެ އުސޫލުން ކަން ދެންނެވޭކަށް ނެތެވެ. ފެންނަ މަންޒަރަކީ ސިޔާސީ ގޮތުން އެމަނިކުފާނާ ހިޔާލްތަފާތުވާ ކޮންމެ މީހަކު ހައްޔަރުކޮށް ދައުވާއެއް އުފުލައި ދިގު މުއްދަތަކަށް ޖަލަލަށް މަންޒަރެވެ. އެ ނޫން އެހެން މަންޒަރެއް ފެންނަމުން ނުދާކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޙް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން މި ނޫން ވެސް އެތައް ސިޔާސީ ބޭފުޅުންގެ މައްޗަށް ތަފާތުއެކި ދައުވާތައް އުފުލައި ވަނީ ޖަލުގެ ގޮޅި އަށް ލާފައެވެ. އެ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ހިންގި ޝަރީއަތަކީ ގާނޫނީ ހަމަތަކުގެ ބޭރުން ހިންގާފައިވާ ޝަރީޢަތްތަކެއް ކަމަށް މުޅި ދުނިޔެ އަންނަނީ ބުނަމުންނެވެ.

ސިޔާސީ ގޮތުން ރައީސް ޔާމީންއާ ހިޔާލްތަފާތުވާ މީހުން ޖަލަށް ދާން ޖެހިފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނަށް ތާއިދު ކުރާ މީހުން ހިންގާ ކުށްތަކަށް އަދަބު ނެދެވޭ ކަމީ އެންމެ ގަބޫލު ކުރާ ހަގީގަތެވެ. އެގޮތުން ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ބޮޑެތި ކޮރޕްޝަންގެ އަމަލުތައް ހިންގާފައިވާއިރު އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވެމުން ނުދާ ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. އެގޮތުން ކޮރޮޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ އެތައް ބަޔަކު އެމަނިކުފާނުގެ ސަރުކާރުގެ ތެރޭގައި ތިބިއިރު އެ މީހުންގެ މައްސަލަތައް ނުބަލާ ނުވަތަ އެ މީހުން އިންސާފްގެ ކުރިމައްޗަށް ނުގެނެސް އެހެން މީހުން ޖަލަށް ދާން ޖެހޭ ގޮތަށް ކަންތައްތައް ކުރުމަކީ ރައީސް ޔާމޫންގެ ސަރުކާރުން ގާނޫނުތައް ތަންފީޒް ކުރަމުން ނުދާ ކަމުގެ ހެއްކެކެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހިންގާ ކޮރޮޕްޝަން ނުހުއްޓުވި އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަދަބު ނެދެވި މައްސަލަ ކުރިއަށް ނުގެންދެވޭއިރު ރައީސް ޔާމީން ސަރުކަރާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގައި ހިނގި ބޮޑެތި ޖިނާއީ ކުށްތަކަށް އިންސާފް ނުލިބި ގިނަދުވަސްވެފައިވާކަން އެއީ ވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ހަގީގަތް މިއަދާ ހަމައަށް ހޯދިފައި ނުވާއިރު ރިލްވާންގެ ގާތް އެކުވެރިޔާ ޔާމީން ރަޝީދު މަރާލި މައްސަލަ އަށް ވެސް މިއަދާ ހަމަ އަށް ވެސް އިންސާފް ލިބިފައެއް ނުވެއެވެ. އަދި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މީހުން މަރާލާ އަދި ޖިނާއީ ގޮތުން އެންމެ ބޮޑެތި ކުށްތަށް ވެސް ހިނގާފައި ވަނީ މި ވެރިކަމުގައެވެ. އަދި އެފަދަ އަމަލުތައް ނުހުއްޓުވޭކަމީ ރައީސް ޔާމީންގެ ސަރުކާރު ފެއިލްވުމުގެ ހެއްކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކޮންމެއަކަސް މިއަދު މި ރާއްޖޭގައި ކަންހިގަމުންދާ ގޮތަށް ބަލާއިރު ރާއްޖޭގެ ރައްޔިތުން ފަނޑިޔާރުގެތަކަކަށް އަދި ފަނޑިޔާރުންނަކަށް އިތުބާރެއް ނުކުރެއެވެ. މުއައްސަސާތަކުގައި މައްސަލަތައް ތަހުގީގު ކުރަން ތިބޭ މީހުންނަކަށް ރައްޔިތުން އިތުބާރެއް ނުކުރެއެވެ. އިންސާފުން ދެ ފުށްފެންނަ ގޮތަކަށް ތަހުގީގެއް ކޮށް ޝަރީޢަތެއް ހިންގަފާނެ ކަމަށް ގަބޫލު ކުރާ ރައްޔިތުން މި ރާއްޖޭގައި ވަރަށް މަދެވެ.

ތާރީހުން އެނގޭ ވޮތުގައި ގައުމެއްގައި އިންސާފް ގާއިމް ނުކުރެވި ކުށްކުރާ މީހުންނަށް ހައްގު އަދަބު ނުލިބި ކުށެއް ނެތް މީހުން ޖަލުގެ ގޮޅިއަށް ދާން ޖެހުމަކީ އެތަނެއް ފަސާދަވެގެން ހިނގައިދާނެ ކަމަކެވެ. ރާއްޖޭގައި މިއަދު ހިގަމުންދާ މިފަދަ އަމަލުތައް ނުހުއްޓިވި ހިނގައްޖެ ނަމަ ރާއްޖެ ފުންމިން ނޭނގޭ އަނދުވަޅަކަށް ވެއްޓިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ

ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ

12 މާރިޗު 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު