Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ބާސާ ހަތަރުވަނައަށް، ރެއާލަށް ހަ ޕޮއިންޓުގެ ލީޑެއް

ރެއާލް މޮޅުވީ ގްރަނާޑާ އަތުން 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2022 | ހޯމަ 03:42
ބާސާ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ބާސެލޯނާ ޖެހިލިއިރު، ގްރަނާޑާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން ލީޑު ފުޅާކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ އެތުލެޓިކޯ އަތުން ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މިދިޔަ ޖެނުއަރީ މަހު ބާސާއާ ގުޅުނު އެޑަމާ ޓްރައޯރޭ ކުޅުނުއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޕިއޭ-އެމެރިކް އޮބާމަޔަންވެސް ވަނީ ކުޅެން އަރާފައެވެ. މި މެޗުގެ ވަރަށް ކުރީކޮޅު އެތުލެޓިކޯއިން ލީޑު ނެގިއިރު، މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަނިކް ކަރާސްކޯއެވެ.

އެކަމަކު އޭގެ ފަހުން ކުޅުން ރަނގަޅުކޮށް، ބާސާއިން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން އެތުލެޓިކޯއިން ލީޑު ނެގިތާ ދެ މިނެޓު ފަހުން ބާސާއިން ނަތީޖާ އެއްވަރުކުރިއިރު، އަލްވޭސް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގިއިރު، ޓްރައޯރޭ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަވީއެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރޮނާލްޑް އަރައުހޯ ވަނީ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ އަލްވޭސްއެވެ. އެކަމަކު މެޗުގެ 58 ވަނަ މިނެޓުގައި ސުއަރޭޒް ވަނީ އެތުލެޓިކޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ބާސާގެ އަލްވޭސްއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދެއްކީ އެތުލެޓިކޯގެ ކަރަސްކޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މި މެޗުން މޮޅުވެ ތާވަލުގެ ހަތަރުވަނައަށް ބާސާ ޖެހިލިއިރު، ރެއާލުން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ގްރަނާޑާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗު ރެއާލުން ކުޅެފައިވަނީ އެ ޓީމުގެ ތަރި ކަރީމް ބެންޒެމާ އާއި، ވިނީޝިއުސް ޖޫނިއާ އާއި، ކަސެމީރޯ އަދި ލޫކަސް ވަޒްކޭޒް ނުލައެވެ. އެކަމަކު މި މެޗުގައި ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންފޮސްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯއެވެ.

މި މޮޅާއެކު ރެއާލުން ވަނީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން ކުޅުނު 23 މެޗުން ރެއާލަށް 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސެވިއްޔާއަށް 23 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ރެއާލް ބެޓިސްއަށް 22 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން އެތުލެޓިކޯ ބަލިކޮށް ބާސާ ހަތަރުވަނައަށް ޖެހިލިއިރު، އެ ޓީމަށް ވަނީ 22 މެޗުން 38 ޕޮއިންޓް ލިބިފައެވެ. އެތުލެޓިކޯއަށް 22 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

ސްޕެނިޝް ލީގުބާސެލޯނާއެތުލެޓިކޯ މެޑްރިޑްރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު