Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް

ހަވާސާއިން ބޭރުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ހަމަޖެހުމުން ނޫނީ އެދެވޭ ޚިދުމަތެއް ފޯރުކޮށެއް ނުދެވޭނެ: ޖެންޑަރ މިނިސްޓަރު

7 ފެބުރުއަރީ 2022 | ހޯމަ 03:04

ޤައުމަށް އުފާވެރިކަން ގެނެސްދޭނެ، އުފެއްދުންތެރި ބަޔަކަށްވުމަށް މަސައްކަތްކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 7 ފެބުރުއަރީ 2022 | ހޯމަ 03:04
''އިބަމަ'' އިފްތިތާޙްކުރި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރު ވާހަކަދައްކަވަނީ

''އިބަމަ'' އިފްތިތާޙްކުރި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރު ވާހަކަދައްކަވަނީ

ހަވާސާއިން ބޭރުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ހަމަޖެހުމުން ނޫނީ އެދެވޭ ޚިދުމަތެއް ފޯރުކޮށެއް ނުދެވޭނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ވ.ފެލިދޫގައި ''އިބަމަ'' އިފްތިތާޙް ކުރުމާއި އިނިޝިއޭޓިވް ޓްރެއިނިން ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އިނިޝިއޭޓިވް ޓްރެއިނިން ޕްރޮގްރާމަކީ ވ. އަތޮޅުގެ، މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް އެޅޭ ބިންގާގެ ފެށުން ކަމަށާއި، މި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޤައުމަށް އުފާވެރިކަން ގެނެސްދޭނެ، އުފެއްދުންތެރި ބަޔަކަށްވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

އިބަމަ ނުވަތަ އިޖްތިމާއީ ބަދަހި މަދަދުވެރިންނަށް ޚާއްސަކޮށްގެން ޖެންޑަރ މިނިސްޓްރީން ތައާރަފްކުރި ޚާއްސަ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސް ނެންގެވުމުގެ މަތިން ފެއްޓެވި ޕްރޮގްރާމެކެވެ. އަދުގެ ސިޔާސަތަކީ، ކޮންމެ ރައްޔިތަކީ ވެސް ރައްކާތެރިކަމާއި އަމާން މާހައުލެއްގައި އުޅެވޭނެ ބަޔަކަށް ހެދުން ކަމަށްވާއިރު، ރައީސްގެ ދުރު ވިސްނުންފުޅާ އެއްގޮތަށް ގިނަ ބަޔަކަށް އެކަމުގެ މަންފާ ކުރާނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިބަމަ ނުވަތަ އިޖްތިމާއީ ބަދަހި މަދަދުވެރިންނަކީ އެރަށެއްގެ ރައްޔިތުން ކަމަށްވާއިރު، އެރަށެއްގެ އިޖުތިމާއީ މައްސަލަތައް ދެނެގަތުމާއި، އެކަންކަމަށް ބޭނުންވާ ހައްލު އެންމެ ރަނގަޅަށް އެނގޭނީ އެރަށެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކަމަށްވާތީ އެފަރާތްތަކަށް ވާޞިލްވެ، އެ ފަރާތްތަކުގެ ހާލަތު އެންމެ ގާތުން ބެލުމަށް މިނިސްޓަރު އިިލްތިމާސްކުރެއްވިއެވެ.

ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ކަމެއް ބޮޑުވެގެން ދިއުމުގެ ކުރިން އެކަމަކަށް ހައްލު ގެނެސްދޭ ބަޔަކަށް އިބަމައިގައި ތިބޭ މީހުން ވާންވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންގެ އިހްސާސްތައް ފުރިހަމަކޮށްދޭ ބަޔަކީ އިބަމަ ކަމަށެވެ. މިހާތަނަށް އައިއިރު ރާއްޖޭގެ 3 ރަށެއްގައި 73 ފަރާތެއް ވަނީ އިބަމަ ޓްރެއިނިން ފުރިހަމަކޮށްފައެވެ.

ރައްކާތެރިކަން ދުރާލާ ކަށަވަރު ކުރުމަށާއި، މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ދުޅަހެޔޮކަމަށް މިފެށުނު ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވިގެން ދާއިރު، މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެދެއްވި އެހީތެރިކަން ޖެންޑަރ މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު
06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި
18 ޖުލައި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ
27 ޖޫން 2023

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި
26 މެއި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި
25 މާރިޗު 2023

ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ

25 މާރިޗު 2023
ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ
24 މާރިޗު 2023

"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"

24 މާރިޗު 2023
"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"
26 ފެބުރުއަރީ 2023

ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި

26 ފެބުރުއަރީ 2023
ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި
06 ފެބުރުއަރީ 2023

ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި

06 ފެބުރުއަރީ 2023
ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި
15 ޖެނުއަރީ 2023

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2023
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް