Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކައަށް އަރައިފި

ހޯމަ ދުވަހު 2223 މީހަކު ބަލިން ރަނގަޅުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ފެބުރުއަރީ 2022 | އާދީއްތަ 19:22
ކޮވިޑަށް ޓެސްޓުކުރުން

ކޮވިޑަށް ޓެސްޓުކުރުން

ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކައަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އާދީއްތަ ދުވަހުގެ އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން 150،337 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ށް ނެގި ސާމްޕަލްތަކުގެ ތެރެއިން 1757 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އާދީއްތަ ދުވަހު 1757 މީހުން ޕޮޒިޓިވްވިއިރު، ހޮނިހިރު ދުވަހު 1589 މީހުން, އަދި ހުކުރު ދުވަހު 1955 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރިއެވެ.

މި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން ނެގި 2563 ސާމްޕަލާއެކު ޖުމްލަ 5792 ސާމްޕަލް ވަނީ ނަގާފައެވެ. މީގެ ތެރެއިން 1757 މީހުން ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 628 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 815 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 133 މީހުންނެވެ. މިމީހުންގެ އިތުރުން މި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 181 މީހުން ޕޮޒިޓިވްވީ ކޮން ތަނަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.

ހޯމަ ދުވަހު 2223 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ޖުމްލަ 132،872 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 17169ށް އަރާފައިވާއިރު، މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަނީ 52 މީހުންނަށެވެ.

މިހާތަނަށް 283 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ. އާދީއްތަ ދުވަހު 2 މީހަކު ނިޔާވެގެން ރިޕޯޓް ކުރިއެވެ. އެއީ 75 އަހަރުގެ ދިވެހި އަންހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މަހުގެ މިހާތަނަށް 6 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ. ނިމިގެންދިޔަ ޖެނުއަރީ މަހުގައި އެކަނި ވެސް 15 މީހުން ނިޔާވެގެން ރިޕޯޓް ކުރިއެވެ.

މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 2 އިންސައްތައިގައެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.

ކޮވިޑް-19ހެލްތު ޕްރޮޓެކްޝަން އެޖެންސީހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު