Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްރީލަންކާއިން ގެއްލުނު ދިވެހި ޒުވާނާ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

6 ފެބުރުއަރީ 2022 | އާދީއްތަ 07:48

އަފްހާމްގެ އާއިލާގެ މީހަކުވެސް ވަނީ ދެހިވެލަ ބީޗް ސަރަހައްދުން ފެނިފައިވަނީ އަފްހާމްގެ ހަށިގަނޑުކަން ކަށަވަރު ކޮށްދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ފެބުރުއަރީ 2022 | އާދީއްތަ 07:48
ލަންކާއިން ގެއްލިގެން ހޯދަމުންދިޔަ ދިވެހި ދަރިވަރު އިފްހާމް ނަސީރު

ލަންކާއިން ގެއްލިގެން ހޯދަމުންދިޔަ ދިވެހި ދަރިވަރު އިފްހާމް ނަސީރު

ދެހިވެލަ ބީޗް ސަރަހައްދުން ފެނިފައިވަނީ ސްރީލަންކާއިން ގެއްލުނު ދިވެހި ޒުވާނާ ދ. މީދޫ، މާކޯނި، އަފްހާމް ނަސީރުގެ ހަށިގަނޑުކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އުމުރުން 21 އަހަރުގެ އަފްހާމް ގެއްލިގެން ހޯދަން ފަށާފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ. އޭނާ ގެއްލުނުއިރު ދިރިއުޅެމުން އައީ ލަންކާގެ ދެހިވެލާގައެވެ.

Advertisement - newsAdvertisement

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެހިވެލަ ބީޗް ސަރަހައްދުގައި މަރާލާފައި އޮތް ދެ މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ. އަދި މަރާލާފައި އޮއްވާ ފެނިފައިވާ ދެ މީހުންގެ ތެރެއިން އެކަކީ އަފްހާމް ކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މަރުވެފައި އޮއްވާ ފެނުނު ދެމީހުންގެ ހަށިގަނޑަށްވެސް ބޮޑެތި ޒަޚަމްތަކެއް ދީފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އަފްހާމްގެ އާއިލާގެ މީހަކުވެސް ވަނީ ދެހިވެލަ ބީޗް ސަރަހައްދުން ފެނިފައިވަނީ އަފްހާމްގެ ހަށިގަނޑުކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެކަމާއި ގުޅޭ ތަހުގީގާއި، އެ ޙާދިސާއާއި ގުޅޭ މައުލޫމާތު އަދި އާއިލާއަށްވެސް މުޅިން ސާފު ނުވާކަމަށް އޭނާ ބުންޏެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ ލަންކާގައި ދިވެހި ފިރިހެނަކު މަރާލާފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މި ޙާދިސާއާއި ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން ލަންކާގެ ޓީވީއަކުން މި ޙާދިސާއާއި ގުޅޭ ބައެއް މަންޒަރުތައް ގެނެސްދީފައިވާއިރު، އެ ސަރަޙައްދުން ދެމީހެއްގެ ހަށިގަނޑު ފެނިގެންދެއެވެ. ލަންކާ ފުލުހުންވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ މަންޒަރު ފެންނައިރު، ދެމީހުންގެ ހަށިގަނޑު ފެނުނު ސަރަޙައްދުގައި ގާތްގަނޑަކަށް 300 މީޓަރުގެ ދުރުމިނެއް ހުންނާނެކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ދެވަނަ މީހާގެ ހަށިގަނޑު ފެނުނު ސަރަޙައްދުން ވަޅިއެއްވެސް ފެނިފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

ވީޑިއޯއިންވެސް ފެންނަ ގޮތުގައި އެމީހުންގެ ހަށިގަނޑުގައި ގިނަ ޒަޚަމްތަކެއް ހުއްޓެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީން ބުނީ، އެކަމާއި ގުޅޭގޮތުން ލަންކާގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ދިވެހި ފުލުހުން ލަންކާ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްރީލަންކާމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް